ބައިނަލްއަގުވާމީ ކްރެޑިޓް ރޭޓިން އެޖެންސީ، ފިޗް ރޭޓިންގްސް އިން ދިވެހިރާއްޖެއަށް ދީފައިވަނީ "ސީސީސީ މައިނަސް" އެއް ނޫން ކަމަށާއި، ރާއްޖެއަށް ހަގީގަތުގައި ލިބުނީ "ސީސީސީ ޕްލަސް" އެއް ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޖަގަހަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޒަމީރު ވިދާޅުވީ، ރާއްޖޭގެ ރޭޓިންއާ ގުޅޭގޮތުން ދެކެވޭ ވާހަކަތަކުގެ ހަގީގަތަކީ އެއީ ކަމަށާއި، މިއީ އެބޭފުޅާ އަމިއްލަފުޅަށް ދައްކަވާ ވާހަކައެއް ނޫން ކަމަށެވެ. އަދި މިއީ ރައީސުލްޖުމްހޫރިއްޔާ ދައްކަވާ ވާހަކަފުޅެއް އެކަނި ނޫން ކަމަށާއި، މިއީ ސީދާ ފިޗްގެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ރަސްމީ މައުލޫމާތު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ޒަމީރު ވިދާޅުވި ގޮތުގައި ފިޗްގެ ރިޕޯޓުގައިވާ ހިސާބުތަކަށް ބަލާއިރު ރާއްޖޭގެ ހާލަތު އޮތީ އަސްލު ދެ ދަރަޖަ މައްޗަށް ގޮސްފައެވެ. ނަމަވެސް، ފިޗްގެ ރޭޓިންގް ކޮމިޓީގެ އެންމެ ފަހުގެ ނިންމުމަކަށްވީ ރޭޓިން "މައިނަސް" ގައި ބޭއްވުން ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ޒަމީރު ވިދާޅުވީ މި ގައުމު ދަރުވާނުލައި، ސަލާމަތްކޮށްދެއްވީތީ ރައީސް މުއިއްޒަށް އަތްތިލަ ބަޑިއެއް ހައްގު ކަމަށެވެ. އެހެން ނޫންނަމަ، ރާއްޖެ އޮންނާނީ އަވައްޓެރި ސިލޯނު އޮތް ހާލަތުގައި ކަމަށް ޒަމީރު ވިދާޅުވިއެވެ.
"މިއަދު އެއްވެސް ތަނަކުން ނެރޭ ރިޕޯޓެއްގަ ނޯންނާނެ ކައިރި މުސްތަގުބަލެއްގައި ރާއްޖެ ދަރަނިވެރިވާނެޔޭ. ދެން އަތް ޖަހާ" ޒަމީރު ވިދާޅުވިއެވެ.
ދުނިޔޭގެ ބާޒާރުގައި ހިނގަމުންދާ ހަނގުރާމަތަކާއި، އިގްތިސާދީ ގޮތުން ކުރިމަތިވެފައިވާ މިފަދަ ދަތި އުނދަގޫ ހާލަތެއްގައިވެސް ފިޗް އިން ރާއްޖެއަށް މިވަރުގެ ރޭޓިންއެއް ދިނީ ސަރުކާރުގެ ސިޔާސަތުތައް ވަރުގަދަވުމުން ކަމަށް ޒަމީރު ވިދާޅުވިއެވެ.
"އަޅުގަނޑު މިދަންނަވަނީ ހަނގުރާމައިގެ މި ދަތި ހާލަތުގައި ރައީސް ގެންގުޅުއްވާ އިގްތިސާދީ ސިޔާސަތު ރަނގަޅުވީމާ ނޫންތޯއޭ ފިޗްއިން ރާއްޖެ އަށް މިވަރުގެ ރޭޓިން އެއް ދޭނީ،" ޒަމީރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު