ކުރީގެ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަހީދު 25 އަހަރަށް ޖަލަށްލާން ޙުކުމް ކޮށްފިއެވެ.
ދަޢުލަތުން ޝަމްއާންގެ މައްޗަށް ކްރިމިނަލް ކޯޓުގައި އުފުލާފައި ވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާ އާއި ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ. މި މައްސަލައިގައި ޝަމްއާންގެ މައްޗަށް ތުހުމަތު ކުރަނީ އިމިގްރޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ޑިޓެންޝަން ސެންޓަރަށް ގެންދިޔަ ބިދޭސީ މީހެއްގެ އަތުން ފެނުނު 530،000 މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ހޯދި ކަމުގެ ތުހުމަތެވެ.
މި ތިން ދައުވާވެސް އޭނާގެ މައްޗަށް ސާބިތުވާ ކަމަށް ކޯޓުން ކަނޑައެޅީ މިއަދުއެވެ. ޝަމްޢާން ވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ދަޢުވާތަކަކީ އޭނާ ފްރޭމް ކުރުމަށްފު އުފުލާފައިވާ ދަޢުވާތަކެއް ކަމަށް ބުނެފައެވެ.
މި މައްސަލާގައި ދައުލަތުން އެދިފައިވަނީ، ފެނަކަ ކޯޕަރޭޝަންގެ ކުރީގެ އެމްޑީ މުހައްމަދު ސައީދުގެ މައްޗަށް ހުކުމް އިއްވި އުސޫލުން ޝަމްއާންގެ މައްޗަށްވެސް އެންމެ ބޮޑު އަދަބު ކަނޑައަޅައި ދިނުމަށެވެ. އެއީ ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބަވައިގެން ހިންގާ ކުށްތަކަށް ބޮޑެތި އަދަބު ދިނުމަށް ކޯޓުން ނިންމާފައިވާތީއެވެ.
އެގޮތުން ފޭރުމުގައި ބައިވެރިވިކަމުގެ ދައުވާގެ އަސާސީ އަދަބަކީ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެވެ. ނަމަވެސް ޤާޟީ އިބްރާހިމް އިހުސާން ކަނޑައެޅުއްވީ އެ އަދަބު އަށް އަހަރުގެ ޖަލު ހުކުމަކަށް ބޮޑުކުރުމަށެވެ. ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާގެ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހުގެ ޖަލު ހުކުމެވެ. ނަމަވެސް ޤާޟީ އިބްރާހިމް އިހުސާން ކަނޑައެޅުއްވީ އެ ދައުވާއަށް ދެ އަހަރުގެ ޖަލު ހުކުމެކެވެ.
މަނީ ލޯންޑްރިންގެ ދައުވާގެ އަދަބަކީ ފަސް އަހަރާއި 15 އަހަރާ ދެމެދަށް ޖަލަށްލުމާއި ޖޫރިމަނާކުރުމެވެ. އެ މައްސަލާގައި ޤާޟީ އިބްރާހިމް އިހުސާން ކަނޑައެޅުއްވީ ޝަމްއާން 15 އަހަރަށް ޖަލަށް ލުމަށާއި، އޭނާ ފަސް ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުމަށެވެ. އަދި ފޭރުނު ކަމަށް ބުނާ ފަސް ލައްކަ ރުފިޔާ ތިން މަސް ދުވަހުގެ ތެރޭގައި އަނބުރާ އެމީހާއާ ހަވާލު ކުރަން ވެސް ކޯޓުން ހުކުމް ކުރިއެވެ.
އޭގެއިތުރުން ޝަމްޢާންގެ ގެއިން ފެނުނު ފައިސާ ދައުލަތަށް އަތުލުމުގެ އަމުރެއް ވެސް ފަހުން ނެރުއްވާނެ ކަމަށް ޤާޟީ ވިދާޅުވިއެވެ. ޝަމްޢާންގެ މައްޗަށް ޖުމްލަ 25 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު، މައްސަލައިގެ ޝަރީއަތުގެ މުއްދަތުގައި ޝަމްއާން ބަންދުގައި ހޭދަކުރި ނުވަ މަހާއި 10 ދުވަސް ޖަލު ހުކުމުން ވަނީ އުނިކޮށްފައެވެ.
ޝައްމާން ވަނީ އިމިގްރޭޝަނުގައި 14 ވަރަކަށް އަހަރު މަސައްކަތްކުރަށްވާފައެވެ. އޭނާ އިމިގްރޭޝަން ކޮންޓްރޯލަރ ކަމަށް އައްޔަންކުރީ 2023 ނޮވެމްބަރު 19 ގައެވެ. އޭނާ މަގާމުން ވަކިކުރީ މިދިޔަ އަހަރުގެ މާޗު 21 ގައެވެ.
ޝަމްޢާންގެ އިތުރުން އިމިގްރޭޝަންގެ ބައެއް އޮފިސަރުންނާއި އާންމު ފަރާތްތަކެއްގެ މައްޗަށްވެސް މި މައްސަލައިގައި ތުހުމަތުކޮށްފައިވާއިރު، އޭގެ ތެރެއިން ބައެއް މީހުން ވަނީ ދައުލަތާއެކު އިއުތިރާފު އެއްބަސްވުން ހަދާފައެވެ.

ކިޔުންތެރިންގެ ހިޔާލު