އައްޑޫ ސިޓީ ހިތަދޫގައި މަސްތުވާތަކެތި ބޭނުންކުރުމާއި އެ ނޫންވެސް އެކި ބާވަތުގެ ކުށްތަކަށް އަރައިގަތުމަށް ބޭނުންކުރަމުންދިޔަ ގެއެއް ކޯޓު އަމުރެއްގެ ދަށުން ފުލުހުން މިއަދު ބަންދުކޮށްފިއެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރެއްގެ ދަށުން ބަންދުކޮށްފައިވަނީ އެ ރަށު "ލާމިޔާގެއާގެ" އެވެ. މި ގެ ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވަނީ އިއްޔެއިން ފެށިގެން އަންނަ ސެޕްޓެންބަރު މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށެވެ.

މި ގެ ބަންދުކުރަން ޖެހުނު ސަބަބާ ގުޅޭގޮތުން ފުލުހުން ބުނީ، އެ ތަނަކީ މަސްތުވާތަކެތި ބޭނުންކުރުމުގެ އިތުރުން ވައްކަމާއި ފޭރުން ފަދަ އެކި ކުށްތަކަށް އަރައިގަންނަ މީހުން އާންމުކޮށް އެއްވެ އުޅޭ ތަނެއް ކަމަށެވެ. އަދި އެ ގޭގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ އާންމު ރައްޔިތުންނަށް ނުހަނު ބޮޑެތި އުނދަގޫތަކާއި ކުރިމަތިލާންޖެހޭ ކަމުގެ ޝަކުވާ ތަކުރާރުކޮށް ލިބެމުންދާތީ، އެކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމަކީ މި ފިޔަވަޅުގެ މައިގަނޑު މަގުސަދު ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުންގެ މުއައްސަސާއިން ވަނީ ކޯޓު އަމުރެއްގެ ދަށުން ބަންދުކޮށްފައިވާ ތަންތަނަށް ހުއްދައާ ނުލައި ވަދެނިކުމެ އުޅުމަކީ ގާނޫނީ ގޮތުން ކުށެއްކަން ހަނދާންކޮށްދީފައެވެ. އަދި އެފަދަ ތަންތަނަށް ވަންނަ މީހުންނާއި، އެ ތަންތަނަށް އެކި ގޮތްގޮތުން ގެއްލުންދޭ ފަރާތްތަކާ މެދު ގާނޫނީ ގޮތުން އެޅޭނެ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ފުލުހުން ވަނީ ދީފައެވެ.

މަސްތުވާތަކެތީގެ ހާލިތައް ނައްތާލުމަށް ފުލުހުން ފަށާފައިވާ މަސައްކަތުގެ ދަށުން، މިދިޔަ މަހު ފުވައްމުލަކު ސިޓީގައި ވެސް ވަނީ "ކެފޭ އުސޫލުން" މަސްތުވާތަކެތި ބޭނުންކުރާ ކަ

މަށް ތުހުމަތުކުރެވޭ ތަނެއް ބަންދުކޮށްފައެވެ. އެއީ މާލޭން ބޭރުގައި މިފަދަ ތުހުމަތެއްގައި ބަންދުކުރި ފުރަތަމަ ތަނެވެ.



ކިޔުންތެރިންގެ ހިޔާލު