ފިލިޕީންސް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ނޮން-ރެސިޑެންޓް ސަފީރު، ހާރ އެކްސެލެންސީ ނީނާ ޕީ. ކައިންގްލެޓް، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް މިއަދު އަރުވައިފިއެވެ.
މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސް އޮފީހުގައެވެ. އާ ސަފީރު ރައީސް އޮފީހަށް ވަޑައިގެންނެވީ، ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ ޑްރަމް އެންޑް ޓްރަމްޕެޓް ބޭންޑާއެކު، ދިވެހި ސަގާފީ 'ހައިކޮޅު' ގައެވެ. މިއީ ރާއްޖެއަށް ކަނޑައަޅުއްވާ ސަފީރުން ފަތްކޮޅު އެރުވުމަށް ވަޑައިގަންނަވާއިރު އަރުވާ ހާއްސަ ޝަރަފެކެވެ.
ރަސްމިއްޔާތުގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ ވަނީ ސަފީރުގެ ފަތްކޮޅު ގަބޫލުފުޅުކުރައްވައި، ފިލިޕީންސްގެ އާ ސަފީރަށް މަރުޙަބާ ވިދާޅުވެފައެވެ. ފަތްކޮޅު އެރުވުމަށްފަހު، ރައީސް އާއި ސަފީރު ވަނީ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމާ ގުޅޭގޮތުން ހާއްސަ ބައްދަލުކުރެއްވުމެއް ބާއްވަވާފައެވެ.
މި ބައްދަލުކުރެއްވުމުގައި، ރާއްޖެއާއި ފިލިޕީންސާ ދެމެދު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ. މީގެ އިތުރުން، ރާއްޖޭގެ އެކި ދާއިރާތަކުގައި މަސައްކަތްކުރާ ފިލިޕީންސްގެ ރައްޔިތުންނަށް ދިވެހި ސަރުކާރުން ބަހައްޓަވާ ގާތްކަމާއި މެހެމާންދާރީއަށްޓަކައި ސަފީރު ވަނީ ރައީސްއަށާއި ދިވެހި ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.
ދިވެހިރާއްޖެއާއި ފިލިޕީންސާ ދެމެދު ސިޔާސީ ގުޅުން ގާއިމުކޮށްފައިވަނީ 12 ޖުލައި 1974 ގައެވެ. މިއަދުގެ ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި އޮތް ބައިލެޓްރަލް ގުޅުން ކުރިއަށް އޮތް ތަނުގައި އިތުރަށް ހަރުދަނާކޮށް ބަދަހިކުރުމަށް ދެ ފަރާތުންމެ ވަނީ އަލުން އިގުރާރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު