މާލެ ސަރަހައްދުން ހިމަބިއްސަށް (މީސަލްސް) ޕޮޒިޓިވްވި މީހުންގެ ޢަދަދު 15 އަށް އިތުރުވުމާ ގުޅިގެން، ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރަން ފަށައިފިއެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ފާއިތުވި މެއި މަހުން ފެށިގެން މިހާތަނަށް ރެކޯޑުކުރެވުނު މި ހުރިހާ ކޭސްއެއްވެސް ނިސްބަތްވަނީ މާލެ ސަރަހައްދަށެވެ. މީގެ ތެރެއިން ހަތަރު ކޭސްއެއް ފެނިފައިވަނީ ހުސްވި ހަފުތާގެ ތެރޭގައެވެ. މިކަމާ ގުޅިގެން އެޗްޕީއޭއިން ދަނީ ބަލިޖެހުނު މީހުންނާ ބައްދަލުވި ފަރާތްތައް ދެނެގަނެ، އެމީހުންގެ ޙާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ.
އެޗްޕީއޭއިން ބުނިގޮތުގައި ބަލި ފެތުރުން ހުއްޓުވުމަށްޓަކައި މިހާރު ކުރިއަށްދާ ކޮންޓެކްޓް ޓްރޭސިންގްގެ މަސައްކަތަށް އާންމުންގެ އެއްބާރުލުން ނުހަނު ބޭނުންވެއެވެ. އަދި ބަލިން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ ޑޯޒްތައް ފުރިހަމަނުކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ޚާއްޞަ ވެކްސިން ކެމްޕޭނެއް ފެށުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ. މިވަގުތު ވެކްސިން ދެމުން ދަނީ ހަމައެކަނި ބަލިމީހުންނާ ކޮންޓެކްޓްވި ފަރާތްތަކަށެވެ.
ދުނިޔޭގެ އެކި ޤައުމުތަކާއި އަވައްޓެރި ޤައުމުތަކުގައިވެސް މި ބަލި ހަލުވިކަމާއެކު ފެތުރެމުންދާތީ، ދަތުރުފަތުރުގެ ތެރެއިން ރާއްޖެއަށް ބަލި އެތެރެވުމުގެ ފުރުޞަތު ބޮޑެވެ. ނަމަވެސް، ރާއްޖޭގައި މީގެ ކުރިން ހިންގާފައިވާ ކާމިޔާބު ވެކްސިން ޕްރޮގްރާމްތަކުގެ ސަބަބުން، އާންމުކޮށް ބަލީގެ ނުރައްކާ އޮތް މިންވަރު ކުޑަވާނެ ކަމުގެ ޔަޤީންކަން އެޗްޕީއޭއިން ދެއެވެ.
ހިމަބިހީގެ މައިގަނޑު ޢަލާމާތްތަކުގެ ތެރޭގައި ހުން އައުމާއެކު ގައިގައި ރަތްކުލައިގެ ބިހިތަކެއް ނެގުން ހިމެނެއެވެ. މިފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް ސިއްޙީ އިދާރާތަކުން އިރުޝާދުދެއެވެ. ޚާއްޞަކޮށް ދިފާޢީ ނިޒާމު ބަލިކަށި މީހުންނާއި، ދާއިމީ ބަލިތަކަށް ބޭސްކުރާ ފަރާތްތަކުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުމަކީ ރައްކާތެރިކަމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.
މީގެ އިތުރުން، ބަލިމަޑުކަމުން ރައްކާތެރިވުމަށްޓަކައި ރޯގާގެ އަސަރު ހުރިނަމަ މާސްކު އެޅުމަށާއި، ގިނަގިނައިން އަތްދޮވުމުގެ އިތުރުން، މީހުން ގިނައިން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް ސިއްޙީ މާހިރުން ވަނީ ނަސޭހަތްތެރިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު