އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް (އޭއައިއޭ) ގެ ބޯޑް އޮފް ޑިރެކްޓަރުންގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި އަޒާން ޒުހައިރު، އޭނާގެ ބައްޕަ ވަޒީފާއިން ވަކިކުރި މައްސަލައިގައި މިއަދު މަގާމުން އިސްތިއުފާދެއްވައިފިއެވެ.
އަޒާން މަގާމުން އިސްތިއުފާދެއްވީ، މޯލްޑިވްސް ޓްރާންސްޕޯޓޭޝަން ސޭފްޓީ ބޯޑު (އެމްޓީއެސްބީ) ގެ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އޭނާގެ ބައްޕަ، ސަރުކާރުން ކުއްލި ގޮތަކަށް އެ މަގާމު އުވާލައި ވަޒީފާއިން ވަކިކުރުމާ ގުޅިގެން ކަމަށް އޭނާ ހާމަކުރެއްވިއެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އަޒާން ވިދާޅުވީ، އޭނާގެ ބައްޕައަކީ އެމްޑީޕީއަށް ތާއީދުކުރާ ބޭފުޅެއް ނަމަވެސް، އެމްޓީއެސްބީގެ މަގާމަށް އައްޔަންކުރެވުނީ އޭވިއޭޝަން ދާއިރާގެ ތަޖުރިބާއަށް ބަލައި އިންޓަވިއު މަރުހަލާއަކަށް ފަހުގައެވެ. އަދި އެ މަގާމާ ބައްޕަ ހަވާލުވީ ވެރިކަންކުރާ ޕީއެންސީއަށް ތާއީދުކުރަންޖެހޭނެ ފަދަ އެއްވެސް ސިޔާސީ ޝަރުތަކާ ނުލާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން އަޒާން ވިދާޅުވީ، ފާއިތުވި އަހަރެއްހާ ދުވަހު ސިޔާސީ އެއްވެސް ހަރަކާތެއްގައި ބައްޕަ ބައިވެރިވެފައި ނުވާނެ ކަމަށާއި، ހަމައެކަނި ބައިވެރިވީ އާއިލީ ގުޅުމެއް އޮންނަ އަބްދުﷲ ސޯދިގް (ސޯބެ) ގެ ކެމްޕެއިން ހަރަކާތެއްގައި ކަމަށެވެ. މިކަން މީގެ 15 ދުވަސް ކުރިން މިނިސްޓްރީއަށް އަންގާފައިވާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
އަޒާން ތުހުމަތުކުރެއްވި ގޮތުގައި، އޭނާގެ ބައްޕަ އަދާކުރެއްވި ވަޒީފާއިން ވަކިކުރުމަށްޓަކައި ސަރުކާރުގެ ތެރެއިން ބަޔަކު ނުފޫޒު ފޯރުވައިގެން އެ މަގާމު ވަނީ އެއްކޮށް އުވާލާފައެވެ.
މިފަދަ ގޮތަކަށް އަމަލުކުރާ ސަރުކާރެއް ތަމްސީލުކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެ، އަޒާން ވަނީ އޭއައިއޭގެ ޗެއާޕާސަންގެ މަގާމުން ވަގުތުން އިސްތިއުފާ ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު