އައްޑޫ ސިޓީ ހިތަދޫ ބޮޑުމަގުގައި މިދިޔަ ހަފުތާގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ސިކުނޑިއަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ހިތަދޫ، ރަމީޒް އަބްދުﷲ މިއަދު ނިޔާވެއްޖެއެވެ.
ރަމީޒް ނިޔާވީ އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް މިއަދުގެ ވަގުތެއްގައެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ މިދިޔަ މެއި މަހުގެ 31 ވީ ހުކުރު ދުވަހުގެ ރޭގަނޑު 9:30 އެހާކަންހާއިރު، ހިތަދޫ ބޮޑުމަގުގައި ދެ ސައިކަލު ޖެހިގެންނެވެ. އެކްސިޑެންޓް ހިނގި މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި، ބާރު ސްޕީޑުގައި ނުބައި ފަޅިން ދުއްވާފައި ދިޔަ ސައިކަލެއް ވަނީ މަގުގެ ރަނގަޅު ފަޅިން އަމާންކަމާއެކު ދުއްވާފައި ދިޔަ ރަމީޒުގެ ސައިކަލުގައި ބާރަށް ޖެހިފައެވެ.
މި ހާދިސާގައި ރަމީޒުގެ ބޮލުގެ ނާށިގަނޑު ފަޅައިގެން ގޮސް ސިކުނޑިއަށް ނުރައްކާތެރި ގެއްލުންތަކެއް ލިބިފައިވެއެވެ. އެކްސިޑެންޓަށްފަހު ފުރަތަމަ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު، ހާލަތު އިތުރަށް ގޯސްވަމުން ދިއުމުގެ ސަބަބުން އޭނާ މާލެ ބަދަލުކުރީ އިތުރު ފަރުވާއަށެވެ. ނަމަވެސް، ލިބިފައިވާ ގެއްލުންތަކުގެ ބޮޑުކަމުން އޭނާ މިއަދު ވަނީ ނިޔާވެފައެވެ.
ފުލުހުން ދަނީ މި އެކްސިޑެންޓާ ގުޅޭ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު