ފިނޭންސް މިނިސްޓަރަކަށް ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމުގައި ހުންނެވި ހަސަން ޒަރީރު މިއަދު އައްޔަން ކުރަށްވައިފިއެވެ.
އެ މަގާމަށް ޒަރީރު އައްޔަން ކުރެއްވީ، ކުރިން އެ މަގާމުގައި ހުންނެވީ މޫސާ ޒަމީރު އިސްތިއުފާ ދެެއްވުމާއި ގުޅިގެންނެވެ. ޒަމީރު އިސްތިއުފާ ދެއްވީ ސިއްހީ ހާލުކޮޅު ހުރި ގޮތުން ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރުކަމުގެ ހުވައި ޒަރީރަށް ލައިދެއްވީ ރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޒު މުހައްމަދު ސަލީމެވެ.
ހުވާ ކުރެއްވުމަށްފަހު، ޒަރީރު ވަނީ މަގާމުގެ އިގްރާރުގައި ސޮއިކުރަށްވައިފައެވެ.
ޙަސަން ޒަރީރަކީ ޓެކްސް އަދި އޮޑިޓާ ގުޅޭ އެކި މަޤާމުތަކުގައި 2000 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. ޓެކްސް ކޮމިޝަނަރަކަށް އައްޔަނު ކުރެއްވުމުގެ ކުރިން ޙަސަން ޒަރީރު ވަނީ ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރ އޮފް ފައިނޭންސް އެންޑް ގްރޫޕް ޗީފް ކޮމްޕަލަޔަންސް އޮފިސަރގެ މަޤާމު އަދާކުރަށްވާފައެވެ.
އޭގެ އިތުރުން ބެންކް އޮފް މޯލްޑިވްސްގެ ޗެއަރޕަރސަންގެ މަޤާމު 7 މާރިޗު 2024 އިން 23 މެއި 2024 އަށް އަދާކުރަށްވާފައިވެއެވެ. ޒަރީރު މީގެ ކުރިން ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމުވެސް އަދާކުރަށްވާފައިވެއެވެ.
ޙަސަން ޒަރީރު ވަނީ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިއާ (އައި.އައި.ޔޫ.އެމް) ގައި ބެޗެލަރ އޮފް އެކައުންޓިންގ އަދި މާސްޓަރ އޮފް ސައިންސް ފައިނޭންސް ޑިގްރީ ހާޞިލްކުރަށްވާފައެވެ. އޭގެ އިތުރުން ޙަސަން ޒަރީރު ވަނީ، އިނގިރޭސިވިލާތުގެ ފެލޯ ޗާޓަރޑް މެނޭޖްމަންޓް އެކައުންޓަންޓް (އެފް.ސީ.އެމް.އޭ، ސީ.ޖީ.އެމް.އޭ) އާއި، އޮސްޓްރޭލިއާގެ ސަރޓިފައިޑް ޕްރެކްޓިސިންގ އެކައުންޓަންޓްގެ ކޮލިފިކޭޝަން ހާސިލްކުރަށްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު