މާލީ އިދާރާތަކުގެ މެދުގައި އޮންނަ ވަރުގަދަ ގުޅުމާއި، ސަރުކާރުގެ ހަރުދަނާ މާލީ މެނޭޖްމަންޓުގެ ސަބަބުން ރާއްޖެއިން ދައްކަންޖެހޭ ސޮވެރިން ސުކޫކު ކާމިޔާބުކަމާއެކު އަނބުރާ ދައްކާފައިވާ ކަމަށާއި، މިއީ ރާއްޖޭގެ އިގްތިސާދީ ދެމެހެއްޓެނިވިކަން ކަށަވަރުކޮށްދޭ ކަމެއް ކަމަށް މިނިސްޓަރ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އަލަށް ތައާރަފުކުރި "ފައިނޭންޝަލް ސެކްޓަރ އެވޯޑްސް" އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޒަރީރު ވިދާޅުވީ، އިގްތިސާދީ ކުރިއެރުމާއި މާލީ ހަމަޖެހުން ގާއިމުކުރުމަށްޓަކައި ސަރުކާރުގެ މުއައްސަސާތަކުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރަށް ވަރުގަދަ ކުރަންޖެހޭ ކަމަށެވެ. ވަކިން ހާއްސަކޮށް، ރައްޔިތުންނަށް ބުރަ ނުވާނޭ ފަދަ ގޮތަކަށް މާލީ އަދި ފައިސާއާ ބެހޭ ސިޔާސަތުތައް ތަންފީޒު ކުރުމުގައި ފައިނޭންސް މިނިސްޓްރީއާއި އެމްއެމްއޭ ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ހަމައެއާއެކު މިނިސްޓަރ ވިދާޅުވީ، އިގްތިސާދީ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ބައެއް އުނދަގޫ ނިންމުންތައް ނިންމަން ޖެހުނު ނަމަވެސް، ގައުމުގެ މުސްތަގުބަލަށްޓަކައި އިގްތިސާދީ އޮނިގަނޑަށް ބަދަލުތައް ގެންނަންޖެހޭ ކަމަށެވެ. އަދި ދާދި ފަހުން ސޮވެރިން ސުކޫކް އަނބުރާ ދެއްކުމަކީ ރާއްޖޭގެ މާލީ ހާލަތު ރަނގަޅުވަމުންދާ ކަމުގެ ހެއްކެއް ކަމަށާއި، މީގެ ސަބަބުން އިންވެސްޓަރުންގެ އިތުބާރު ބޮޑުވެ، ރާއްޖޭގެ ކްރެޑިޓް ރޭޓިންގް ރަނގަޅުވަމުންދާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"ސުކޫކް އަނބުރާ ދެއްކުމަކީ އަޅުގަނޑުމެންގެ މާލީ މެނޭޖްމަންޓްގެ ހަރުދަނާކަން ދޭހަކޮށްދޭ ކަމެއް. މީގެ ސަބަބުން ދަރަނި އަދި ޖީޑީޕީގެ ނިސްބަތް ދަށްވެ، ބައިނަލްއަގުވާމީ މާލީ އިދާރާތަކުގެ އިތުބާރު ރާއްޖެއަށް ދަނީ ލިބެމުން،" މިނިސްޓަރ ޒަރީރު ވިދާޅުވިއެވެ.
އެމްއެމްއޭއިން ވޭތުވެދިޔަ 45 އަހަރު ދުވަހު ރާއްޖޭގެ މާލީ ނިޒާމު ތަރައްގީ ކުރުމަށް ކޮށްފައިވާ މަސައްކަތްތަކަށް ތައުރީފު ކުރައްވަމުން، ސަރުކާރުގެ މާލީ ސިޔާސަތުތައް ކާމިޔާބު ކުރުމުގައި މަރުކަޒީ ބޭންކުން އަދާކުރާ ދައުރު މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. މި ރަސްމިއްޔާތުގައި ދައުލަތުގެ އިސް ބައެއް ބޭފުޅުންނާއި މާލީ ދާއިރާގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ARG
ކިޔުންތެރިންގެ ހިޔާލު