މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 3 ވަނަ ދުވަހު އެމްޑީޕީން ބޭއްވި މުޒާހަރާއަށްވުރެ މާ ބޮޑު މުޒާހަރާއެއް މާލޭގައި ބާއްވާނެ ކަމުގެ އިންޒާރު، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢިލް ދެއްވައިފިއެވެ.
އެމްޑީޕީގެ ޗެއާޕާސަން ކަމުގެ މަޤާމަށް ވާދަކުރައްވާ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ކެމްޕެއިން ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފައްޔާޒު ވިދާޅުވީ، އިސާހިތަކު މާލޭގައި ބޮޑު މުޒާހަރާއެއް ބާއްވައި، މި ސަރުކާރު ބަލިކުރުމަށްޓަކައި މާލެއަށް އަރައި، މާލެ ފުރާލުމަށް ދިވެހި ހުރިހާ ރައްޔިތުން ތައްޔާރުވުމަށް ގޮވާލައްވާ ކަމަށެވެ.
ފައްޔާޒު ވިދާޅުވި ގޮތުގައި، ޖޫން 12 ގައި ރައީސް މުޙައްމަދު ނަޝީދު އެނބުރި ވަޑައިގެން، ޕާޓީގެ ޗެއާޕާސަންގެ މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގަތުމާއެކު މި މަސައްކަތް ރަސްމީކޮށް ފެށިގެންދާނެއެވެ. އަދި އެމްޑީޕީން ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ގާތަށް ދަތުރުކޮށް، މުޅި ރާއްޖޭގައި ޕާޓީ ރުކުރުވާލައި، ޤައުމަށް ބޮޑު ބަދަލެއް ގެންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ޑޮކްޓަރ މުޢިއްޒުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ފައްޔާޒު ވިދާޅުވީ، ސަރުކާރު އިންތިޚާބަކުން ބަލިވާ ކޮންމެ ފަހަރަކު ރައްޔިތުންނަށް ދޭ އަނިޔާ އިތުރުކުރަމުންދާ ކަމަށެވެ. އެގޮތުން، މިދިޔަ އަހަރުގެ އޮކްޓޯބަރު 3 ގައި އެމްޑީޕީން ކުރި މުޒާހަރާއާ ގުޅުވައިގެން 8 މީހެއްގެ މައްޗަށް މިހާރު ދަޢުވާ އުފުލާފައިވާކަން ފާހަގަކުރެއްވިއެވެ. އޭނާ ތުހުމަތު ކުރެއްވި ގޮތުގައި މިއީ ދާދިފަހުން ބޭއްވުނު އައްޑޫގެ ބައި އިލެކްޝަން އިންތިޚާބުގެ ނަތީޖާއާ ގުޅިގެން ސަރުކާރުން އެޅި ފިޔަވަޅެކެވެ.
"އަޅުގަނޑުމެން މިއުޅެނީކީ ދިވެހިރާއްޖޭގެ ވެރިކަން އެކަނި ހޯދާކަށްނޫން. އަޅުގަނޑުމެން މިއުޅެނީ އަނިޔާވެރި ވެރިންގެ ކިބައިން ތާ އަބަދަށް ދިވެހި ރައްޔިތުން ސަލާމަތް ކުރެވޭނެ ގޮތެއް ހޯދަން. އަޅުގަނޑުމެން މިއުޅެނީ އަޅުގަނޑުމެންގެ ދަރިންގެ މުސްތަޤްބަލް ކަށަވަރުކުރަން،" ފައްޔާޒު ވިދާޅުވިއެވެ.
ފައްޔާޒުގެ ވިދާޅުވީ، މިހާރުގެ ސަރުކާރުން ދަނީ ރައްޔިތުންގެ ޙައްޤުތައް އެއް ހައްޤުން އަނެއް ހައްޤުން ނިގުޅައިގަންނަމުން ކަމަށެވެ. އަދި ކުރީގެ ޖީލުތަކުން ތަހައްމަލްކުރި ފަދަ އަނިޔާވެރި ޙާލަތަކަށް ޤައުމު އަލުން އަނބުރާ ދިޔަނުދިނުމަށް އެމްޑީޕީން ކުރަންޖެހުނު ކޮންމެ މަސައްކަތެއް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

IRN
ކިޔުންތެރިންގެ ހިޔާލު