މިއަހަރުގެ ޙައްޖުގެ އަޅުކަން ނިންމުމަށްފަހު އެނބުރި ރާއްޖެ އަންނަ ޙައްޖުވެރިންގެ ތެރެއިން ރޯގާގެ އަލާމާތްތައް ފެންނަ މީހުންނަށް ފަރުވާ ދިނުމަށް، ހުޅުމާލޭ ހޮސްޕިޓަލުގައި ޚާއްޞަ ފްލޫ ކްލިނިކެއް މިއަދު ހުޅުވައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ ހުޅުމާލޭ ހޮސްޕިޓަލުގެ މައި ކައުންޓަރު ސަރަޙައްދުގައި ހުޅުވި މި ކްލިނިކުން، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ މެންދުރުފަހު 2:00 އިން ރޭގަނޑު 10:00 އަށް ޚިދުމަތް ލިބޭނެ ކަމަށެވެ. އަދި ކްލިނިކަށް ދައްކަންދާ ފަރާތްތަކުން މާސްކު އެޅުމަށް އެ އިދާރާއިން ވަނީ އިރުޝާދު ދީފައެވެ.
ޙައްޖުން އަންނަތާ 14 ދުވަހުގެ ތެރޭގައި ހުންއައުން، ކެއްސުން ނުވަތަ ނޭވާލާން އުނދަގޫވުން ފަދަ ކަމެއް ދިމާވެއްޖެނަމަ ލަސްނުކޮށް ފަރުވާ ހޯދުމަށް ސިއްހީ މާހިރުން ލަފާދެއެވެ.
އަދި ބަލީގެ އަލާމާތް ހުންނަ މީހުން، ގޭގައި އުޅޭ މާބަނޑު މީހުންނާއި ދިފާޢީ ނިޒާމު ބަލިކަށި މީހުންނާ ގައިގޯޅިވެ ނޫޅުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.
ރާއްޖެއިން ޙައްޖަށް ދިޔަ މީހުންގެ ތެރެއިން ފުރަތަމަ ގްރޫޕް މިހާރު ރާއްޖެ އައިސްފައިވާއިރު، ބާކީ ތިބި ޙައްޖުވެރިން މިއަދާއި ކުރިއަށް އޮތް ހޯމަ އަދި އަންގާރަ ދުވަހު ރާއްޖެ އައުމަށް ވަނީ ތާވަލުކުރެވިފައެވެ.

ކިޔުންތެރިންގެ ހިޔާލު