ކުއްޖަކު މިދުނިޔެއަށް އުފަންވާ ދުވަހުން ފެށިގެން، މައިންބަފައިން އެމީހުންގެ މުޅި ހަޔާތް ހުސްކުރަނީ އެ ދަރިފުޅުގެ ހަމަޖެހުމާއި ކުރިމަގަށްޓަކައެވެ. އެމީހުންގެ އަމިއްލަ އަރާމާއި، އުފަލާއި، އަދި އަމިއްލަ ހުވަފެންތައް ގުރުބާންކުރަނީ ދަރިފުޅަށް އުޖާލާ މުސްތަގުބަލެއް ހޯދައިދިނުމަށެވެ. ދަރިއަކަށް ލިބޭ ކޮންމެ ކާމިޔާބީއެއްގެ ފަހަތުގައިވަނީ، މައިންބަފައިން އަހަރުތަކެއް ވަންދެން ވީ މިންނެތް ލޯތްބާއި، ތަރުބިއްޔަތާއި، އަދި ބުރަ ގުރުބާނީއެވެ.
މައެއްގެ ނިދިނެތް ރޭތަކަކީ ދަރިފުޅުގެ ސިއްހަތާއި، ތައުލީމާއި، އަދި އުފާވެރިކަމަށްޓަކައި ވޭތިކުރާ ވަގުތުތަކެކެވެ. ހަމައެފަދައިން، ބައްޕައަކީ ދަރިފުޅަށް ބޭނުންވާ އަސާސީ ހިދުމަތްތަކާއި ފުރުސަތުތައް ހޯދައިދިނުމަށްޓަކައި، ކެނޑިނޭޅި ބުރަ މަސައްކަތްކުރާ މީހެކެވެ. މައިންބަފައިން މިކަންކަން ކުރަނީ އެއްވެސް ބަދަލަކަށް އެދިގެންނެއް ނޫނެވެ. އެމީހުންގެ އެންމެ ބޮޑު އުފަލަކީ، އެމީހުންގެ ދަރިފުޅަކީ މުޖުތަމައު ގަބޫލުކުރާ ހެޔޮލަފާ އަދި ކާމިޔާބު މީހަކަށް ވެގެންދިއުމެވެ.
ދަރިން ބޮޑުވަމުން އަންނަ ވަރަކަށް، ދިރިއުޅުމުގެ އާ ގުޅުންތައް ގާއިމުވެއެވެ. ކައިވެންޏަކީ ދިރިއުޅުމުގެ މުހިންމު ބައެކެވެ. އަދި ހަޔާތުގެ ބައިވެރިޔާއަށް ލޯތްބާއި އިހުތިރާމް ދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ނަމަވެސް، މައްސަލަ ކުރިމަތިވަނީ އާ ދިރިއުޅުމަށް ހުސްވެ، ތިމާ މިއަދުގެ މި ހިސާބަށް ގެނެސްދިނުމަށް އެންމެ ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތްކުރި މައިންބަފައިންގެ މަތިން ހަނދާން ނެތުމުންނެވެ.
ބައެއް ދަރިން ކައިވެންޏަށްފަހު މައިންބަފައިންނަށް ވަގުތު ނުދީ، އެމީހުންނަށް ކުރިން ދިން އިހުތިރާމާއި އަޅާލުން ކުޑަކުރުމަކީ މައިންބަފައިންގެ ހިތުގައި ނުހަނު ބޮޑަށް ޖެހޭނެ ކަމެކެވެ. އަނބިމީހާއަކީ މުޅި ދިރިއުޅުން ކަމަށް ބުނެ ފަހުރުވެރިވާއިރު، މައިންބަފައިން ވީ ގުރުބާނީގެ މަތިން ހަނދާން ނައްތާލުމަކީ، ދިހަވަރަކަށް އަހަރު ވަންދެން ލޯތްބާއެކު ބަލައިބޮޑުކުރި މައިންބަފައިން ބާކީވެފައިވާކަމުގެ އިހުސާސް ކުރުވާނެ ކަމެކެވެ.
ބުއްދިވެރި މީހަކީ ލޯތްބަކީ ވަކި ބަޔަކަށް ހާއްސަވެފައިވާ އެއްޗެއް ނޫންކަން ދަންނަ މީހާއެވެ. އަނބިމީހާދެކެ ލޯބިވުމަކީ މައިންބަފައިންނަށް އިހުމާލުވުމެއް ނޫނެވެ. ދިރިއުޅުމުގައި މި ދެ ގުޅުމަށްވެސް ވަނީ މުހިންމު މަގާމެއް ދެވިފައެވެ. ހެޔޮލަފާ ދަރިއަކީ، މައިންބަފައިން މުސްކުޅިވާ ދުވަހު އެމީހުންނަށް އޯގާތެރިވެ، ޝުކުރުވެރިކަމާއެކު ބަލަހައްޓާ މީހާއެވެ. ހަމައެއާއެކު، އަނބިދަރިންގެ ހައްގުތައްވެސް އެންމެ ފުރިހަމައަށް އަދާކުރާ މީހާއެވެ.
ދިރިއުޅުމުގައި ލިބޭ ކާމިޔާބީއަކީ ތިމާގެ އަސްލު ހަނދާން ނައްތާލަންޖެހޭ ސަބަބަކަށް ވެގެންނުވާނެއެވެ. ކޮންމެ ކާމިޔާބު ދަރިއެއްގެ ފަހަތުގައިވަނީ، އެތައް ތަހައްމަލުތަކެއްކޮށް، ދަރިފުޅަށްޓަކައި ހެޔޮ ދުއާކުރި މައިންބަފައިންނެވެ. އެމީހުންނަށް އިހުތިރާމްކޮށް، ގަދަރު އުފުލުމަކީ ހަމައެކަނި އަހުލާގީ ވާޖިބެއް ނޫނެވެ. އެއީ ތިމާގެ ހުރި އިންސާނިއްޔަތުކަމާއި ޝުކުރުވެރިވުމުގެ ސިފަ އަންގައިދޭ ކަމެކެވެ.
މައިންބަފައިން ދަރިންގެ ފަރާތުން ބޮޑެތި ކަންތައްތަކަކަށް ނޭދެއެވެ. އެމީހުން އެދެނީ ހަމައެކަނި އިހުތިރާމާއި، ކުޑަ ވަގުތުކޮޅަކާއި، އަދި އެމީހުން ބާކީވެފައި ނުވާކަމުގެ ޔަގީންކަމަށެވެ. އެމީހުންގެ ގުރުބާނީއަކީ މުޅި އުމުރަށްވެސް އަގުވަޒަންކުރަންޖެހޭ މާތް މަސައްކަތެކެވެ.

ކިޔުންތެރިންގެ ހިޔާލު