ޒަމާނީ މައިންނަކީ ގިނަ ރޯލުތަކެއް އަދާކުރަންޖެހޭ ބައެއް ކަމަށް ބެލެވޭއިރު، ނަފްސާނީ މާހިރުން ވިދާޅުވާ ގޮތުގައި މިކަމުގެ ސަބަބުން ކުރިމަތިވާ ފިއްތުންތަކުން ފައިދާއަށްވުރެ ބޮޑަށް ލިބޭ ގެއްލުން އިތުރެވެ.
ދުނިޔޭގައި ތަފާތު އެކި ކަހަލަ މައިން އުޅެއެވެ. ބައެއް މައިންނަކީ ވަރަށް މަޑުމައިތިރި، އަނެއްބަޔަކީ ވަރަށް ހަރުދަނާ މައިންނެވެ. ނަމަވެސް، "އެވްރީތިންގ ބޭގަލް ޕޭރަންޓް" ނުވަތަ ހުރިހާ ކަމަކަށް އަތްބާނާ ބެލެނިވެރިންވެސް އުޅެއެވެ. އެފަދަ ބެލެނިވެރިއަކަށް ތިޔަބޭފުޅުން ވެދާނެ ހެއްޔެވެ؟
"އެވްރީތިންގ ބޭގަލް ޕޭރަންޓް"މި ލަފުޒަކީ ފަހަރުގައި ތިޔަބޭފުޅުންނަށް އަދި އިވިފައި ނުވާ ލަފުޒަކަށް ވެދާނެއެވެ. އަސްލު ބުނާނަމަ، މިއީ އަޅުގަނޑު އަމިއްލައަށް އުފެއްދި ލަފުޒުތަކެއްވެސް ނޫނެވެ. މިއީ ބައެއް މައިންގެ ކިބައިން ފެންނަ ގޮތް ނުވަތަ ވައްޓަފާޅިއަށް ނިސްބަތްކޮށް، އެގޮތް ބަޔާންކޮށް ދިނުމުގެ ގޮތުން ކަމުގެ މާހިރުން ބޭނުން ކުރާ ލަފުޒުތަކެވެ. މި ހާއްސަ ބެލެނިވެރިކަމުގެ ވައްޓަފާޅި ބަޔާންކޮށްދިނުމަށް މާހިރުންގެ ދީހަފައިވާ އިރުޝާދުތަކުން، "އެވްރީތިންގ ބޭގަލް ޕޭރަންޓިންގ" އަކީ ހަގީގަތުގައި ވެސް އޮތް ކަމެއްކަން އެފަދަ އިރުޝާދުތަކަށް ނަޒަރު ހިންގާލުމުން ވަރަށް އަވަހަށް ސާފުވެގެން ދިޔައެވެ.
އަޅުގަނޑުމެންގެ ބެލެނިވެރިންގެ ކިބައިން އުއްމީދު ކުރެވެނީ ދަރިންގެ ނަފްސާނީ އެހީތެރިޔާއަށް ވުމަށާއި، ދަތުރުފަތުރުގެ ކަންކަން ބަލަހައްޓާ މީހަކަށް ވުމަށާއި، އިޖުތިމާއީ ކަންކަން ރާވާ މީހަކަށާއި، ފިލާވަޅު ހަދަން އެހީތެރިވާ މީހަކަށާއި، ކާނާގެ މާހިރަކަށާއި، ހަރަކާތްތައް ރާވާ މީހަކަށެވެ. އަދި ރައްޓެހިންގެ މެދުގައި ޖެހޭ މައްސަލަތަކުން ފެށިގެން ދިރިއުޅުމުގެ ހުނަރުތަކާ ހަމައަށް ހުރިހާ ކަމެއްގެ މާހިރަކަށް ވުމަށް ވެސް އުއްމީދު ކުރެވެއެވެ. މީގެ އިތުރުން، މި ހުރިހާ ކަމެއް ކުރަން މިޖެހެނީ ވަޒީފާ އަދާކުރުމާއި، ރަނގަޅު ބައިވެރިއަކަށް ވުމާއި، އަދި އަމިއްލަ ނަފްސަށް އަޅާލުމަށްވެސް ކޮންމެވެސް ވަގުތުކޮޅެއް ހޯދަމުންނެވެ.
މިކަމުގެ ސަބަބުން ކޮންމެ މީހަކަށް ވެސް އިހުސާސް ކުރެވެނީ "އެވްރީތިންގ ބޭގަލް" އެއް ފަދައިންނެވެ. އެބަހީ، ބޮލުގައި އެތައް މަސްއޫލިއްޔަތުތަކެއް އެޅި، އުފުލޭ ވަރަށްވުރެ ބޮޑު ބުރައެއް އުފުލަން ޖެހިފައިވާ ކަމުގައެވެ.
އެހެންކަމުން، "އެވްރީތިންގ ބޭގަލް ޕޭރަންޓް" އަކީ ބެލެނިވެރިކަމުގެ ރަސްމީ ލަފުޒަކަށް ނުވި ނަމަވެސް، އޭގެ ފަހަތުގައިވާ އިހުސާސްތައް ގިނަ ބަޔަކަށް ދެނެގަނެވޭނެ ކަމެކެވެ. މާހިރުން ކަށަވަރުކޮށްދޭ ގޮތުގައި، ޒަމާނީ ބެލެނިވެރިންނަށް ހަމައެކަނި ދަރިން ބޮޑުކުރުމުގެ ބަދަލުގައި، އެކުދިންގެ ދިރިއުޅުމުގެ ކޮންމެ ދާއިރާއެއް އެންމެ ފުރިހަމައަށް ބައްޓަންކުރުމުގެ ބޮޑު ފިއްތުމެއް ކުރިމަތިވެއެވެ. އަދި މީގެ ސަބަބުން ނޭދެވޭ އަސަރުތަކެއް ކުރަމުންދާކަމީ ހައިރާންވާންޖެހޭ ކަމެއް ނޫން ކަމަށްވެސް އެބޭފުޅުން ފާހަގަކުރައްވައެވެ.
"އެވްރީތިންގ ބޭގަލް ޕޭރަންޓް" އަކީ ކޮބައި ހެއްޔެވެ؟
މީގެ އަސްލު މާނައަކީ، ދަރިފުޅަށް ބޭނުންވާ ކޮންމެ ކަމެއްގެ ޒިންމާ އަމިއްލައަށް އުފުލަންޖެހޭ ކަމަށް ގަބޫލުކުރާ ބެލެނިވެރިޔާއެވެ.
މިއީ ހަމަ އާދައިގެ މައެއްގެ ސިފައެއް ކަމަށް ތިޔަބޭފުޅުންނަށް ހީވެދާނެއެވެ. އަދި އެއީ ތެދެކެވެ. މައިންނަކީ ގުދުރަތީ ގޮތުން ވެސް ދަރިންގެ ބޭނުންތައް ފުއްދައިދިނުމަށް މަސައްކަތްކުރާ ބައެކެވެ. ނަމަވެސް، މިއީ ހަމައެކަނި އަސާސީ ބޭނުންތައް ފުއްދައިދިނުމެއް ނޫނެވެ. މީގެ 5 ނުވަތަ 10 އަހަރު ކުރިއާ އަޅާބަލާއިރު މިހާރު ބެލެނިވެރިކަން ވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. އިޖުތިމާއީ މިންގަނޑުތަކާއި، ވަސީލަތްތަކަށް ވާސިލުވުމުގެ ފުރުސަތުތަކާއި، އަދި އުއްމީދުތައް ވެސް ވަނީ ބަދަލުވެފައެވެ.
"މިހާރުގެ ބެލެނިވެރިންނަށް އިހުސާސް ކުރެވެނީ ދަރިންނަށްޓަކައި ހުރިހާ ކަމެއް ކުރަންޖެހޭ ކަމަށާއި، ހުރިހާ ކަމެއްގައި ބައިވެރިވާންޖެހޭ ކަމަށް،" ކްލިނިކަލް ސައިކޮލޮޖިސްޓް ޑރ. އެންޖެލް ކްލޯޒް ވިދާޅުވިއެވެ. "ގަބޫލުކުރެވެނީ ބުރަކޮށް މަސައްކަތްކޮށް، ގިނަ ދިރާސާތައްކޮށް، އަދި ދަރިފުޅުގެ ކަންކަމުގައި މާ ބޮޑަށް ބައިވެރިވެގެން މެނުވީ ދަރިފުޅަކީ ދުޅަހެޔޮ، އުފާވެރި، އަދި ކާމިޔާބު ކުއްޖަކަށް ނުވާނެ ކަމަށެވެ. މިއީ އުފުލަންޖެހޭ ވަރަށް ބޮޑު ބުރައެކެވެ."
ކްލިނިކަލް ސައިކޮލޮޖިސްޓް އަދި އެގްޒެކެޓިވް ކޯޗް ޑރ. އޭން ވެލްޝް ވިދާޅުވާ ގޮތުގައި، މި ހިޔާލަކީ އޭނާއަށް ވަރަށް ބޮޑަށް ގަބޫލުކުރެވޭ ހިޔާލެކެވެ.
"ލޯބިވާ ބެލެނިވެރިއަކަށް ވުމުން އެކަނި މިހާރު ފުދޭ ކަމަކަށް ނުވޭ،" އޭނާ ވިދާޅުވިއެވެ. "އަޅުގަނޑުމެން މިހާރު ޖެހެނީ ހަރަކާތްތައް ހިންގާ މީހަކަށް، ފިލާވަޅު ބަލައިދޭ ކޯޗަކަށް، އިޖުތިމާއީ ކަންކަން ރާވާ މީހަކަށް، ކާނާގެ މާހިރަކަށް، އަދި ތެރަޕިސްޓަކަށް ވެސް ވާށެވެ. އަދި މި ހުރިހާ ކަމެއް ކުރާއިރު، އަމިއްލަ ނަފްސުގެ ޖަޒުބާތުތައް ވެސް ހުންނަންޖެހެނީ ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިފައެވެ."
އެހެން ގޮތަކަށް ބުނާނަމަ، ބެލެނިވެރިކަން މިހާރު ވަނީ ކުދިންނަށް ކާންބޯންދީ، އަންނައުނު ހޯދައިދީ، އަދި ރައްކާތެރިކަން ފޯރުކޮށްދިނުމަށްވުރެ މާ ދުރަށް ފެތުރިފައެވެ. އަދި ހާއްސަ އެހީއަށް ބޭނުންވާ ކުދިން ތިބޭ މައިންނަށް މި ފިއްތުންތައް މާ ބޮޑަށް އިހުސާސް ކުރެވެއެވެ.
ބެލެނިވެރިކަން ކުރިއަށްވުރެ ބުރަކަމަށް އިހުސާސް ކުރެވެނީ ކީއްވެ؟
ޒަމާން ވަނީ ބަދަލުވެފައެވެ. ނަމަވެސް، މާހިރުން ފާހަގަކުރާ ގޮތުގައި މި ބަދަލުތަކުގެ ތެރެއިން ބައެއް ބަދަލުތަކަކީ ރަނގަޅު ނިޔަތެއްގައި އައިސްފައިވާ ބަދަލުތަކެވެ. ކުރީގެ ޖީލުތަކަށްވުރެ ބޮޑަށް ކުދިން ބޮޑުވަމުން އަންނަ ގޮތުގެ މައުލޫމާތު މިހާރު އަޅުގަނޑުމެންނަށް އެނގެއެވެ. ނަފްސާނީ ގުޅުމުގެ މުހިންމުކަން ވިސްނެއެވެ. އަދި އަޅުގަނޑުމެންނަށް ނުލިބުނު ކަންކަން ދަރިންނަށް ހޯދައިދޭން ބޭނުންވެއެވެ.
އެދެވޭ ނަތިޖާއަށްވުރެ ގެއްލުން ބޮޑުވާ މައިގަނޑު ސަބަބަކީ ކޮބައި ހެއްޔެވެ؟
މައިގަނޑު ސަބަބަކީ، ކޮންމެ ނަތީޖާއެއްގެ ޒިންމާ އުފުލަންޖެހޭނީ އަމިއްލައަށް ކަމަށް ގަބޫލުކުރެވޭ ބޮޑު ހިޔާލު އަޅުގަނޑުމެން ބެލެނިވެރިންގެ ނަފްސަށް ވަދެފައިވުމެވެ. މީގެއިތުރުން
ސޯޝަލް މީޑިއާގެ ސަބަބުން ވެސް، އެހެން މީހުންގެ ދިރިއުޅުމުގެ ފުރިހަމަ މަންޒަރުތައް ފެނުމުން، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ކުޑަވެ، އިތުރު ފިއްތުންތަކާ ކުރިމަތިލާން ޖެހުމެވެ.
މާ ބޮޑަށް ޒިންމާ ނެގޭކަމުގެ ނިޝާންތަކަކީ ކޮބައި ހެއްޔެވެ؟
ޑރ. ވެލްޝް ވިދާޅުވާ ގޮތުގައި ތިރީގައިވާ ކަންކަމަކީ ބެލެނިވެރިކަމުގައި މާ ބޮޑަށް ބުރަ އުފުލޭ ކަމުގެ ނިޝާންތަކެވެ:
1. ދަރިފުޅަށް ދިމާވާ ކޮންމެ ދަތިކަމަކީ ތިމާގެ ނާކާމިޔާބީއެއް ކަމަށް ގަބޫލުކުރެވުން.
2. ދަރިފުޅުގެ މައްސަލަތައް ހައްލުކުރުމަށާއި، ކަންކަން ރޭވުމަށް ދަރިފުޅަށްވުރެ ބޮޑަށް ތިމާ މަސައްކަތް ކުރުން.
3. އަމިއްލަ ނަފްސަށް ވަގުތު ހޯދުމުން ނުވަތަ ދަރިފުޅަށް ހުރަސްތަކެއް ކުރިމަތިވުމުން އިންތިހާއަށް ދެރަވުން.
4. ދަރިފުޅަށް "ފުރިހަމަ" ކުޑަކުދިންގެ ދުވަސްތަކެއް ހޯދައިދޭން އުޅުމުގެ ތެރޭގައި އަމިއްލަ ދިރިއުޅުން ގެއްލުން.
5. ވަރުބަލިވެ، ހަކަތަ ހުސްވެފައި ހުރި ނަމަވެސް، ކަންކަމުން ދުރުވެލައިފިނަމަ އެއީ "ނުބައި މައެއް" ކަމަށް ގަބޫލުކުރެވުން.
މިއީ ބޮޑު މަޅިއެކެވެ. ތިބާ ހުންނަނީ އިންތިހާއަށް ވަރުބަލިވެފައެވެ. ނަމަވެސް، މަސައްކަތްތައް ހުއްޓާލައިފިނަމަ ތިމާއީ "ނުބައި މައެއް" ކަމަށް އަމިއްލަ ނަފްސަށް ވިސްނައިދެވެނީއެވެ.
މިކަން ހައްލުކުރުމަށް ކުރެވިދާނެ ކަމަކީ ކޮބަ؟
މާހިރުން އިރުޝާދު ދޭގޮތުގައި މި ހުރިހާ ކަމަކީ ތިމާއާ ގުޅުންހުރި ކަންކަން ކަމަށް އިހުސާސް ކުރެވޭނަމަވެސް، މި ހުރިހާ ކަމެއް އެކަނި ކުރުމަކީ ތިބާގެ މައްޗަށް އޮތް ވާޖިބެއް ނޫނެވެ.
"ދިރިއުޅުމުގެ ހަގީގީ މައިދާނުގައި، އަމިއްލަ ނަފްސަށް އިހުތިރާމްކުރުމާއި، ކަންކަމުގައި އިންތައް ކަނޑައެޅުމާއި، އަދި ދަތިތަކުން އަރައިގަންނަ ގޮތް ބެލެނިވެރިންގެ ކިބައިން ފެނުމަކީ ދަރިންނަށް ލިބޭނެ ވަރަށް ބޮޑު ފިލާވަޅެއް،" ޑރ. ކްލޯޒް ވިދާޅުވިއެވެ. "ދަރިފުޅުގެ ހުރިހާ ބޭނުންތަކެއް ފުއްދައިދިނުމަކީ އެންމެ މީހަކަށް ކުރެވޭނެ ކަމެއް ނޫނެވެ."
ހަގީގަތަކީ، ދަރިފުޅަށްޓަކައި ހުރިހާ ކަމެއް ކޮށްދޭން އުޅުމުގެ ސަބަބުން، ދަރިފުޅު އަމިއްލައަށް ދަސްކުރަންޖެހޭ މުހިންމު ހުނަރުތަކުން އެކުދިން މަހުރޫމްވެދެއެވެ.
"ދަރިން ފޫހިވުމާއި، މާޔޫސްވުމާއި، ނުވަތަ ދަތިތަކާ ކުރިމަތިލުމަކީ ބެލެނިވެރިޔާގެ ނުކުޅެދުންތެރިކަމެއް ނޫން—އެއީ އިންސާނަކަށް ވުމަށްޓަކައި ދަސްކުރަންޖެހޭ ފިލާވަޅުތަކެއް،" ޑރ. ވެލްޝް ހަނދާންކޮށްދެއްވިއެވެ. "އިންތަކެއް ކަނޑައެޅުމުގެ ހައްގު ތިބާއަށް ލިބިގެންވެއެވެ. އަދި އެކަން ދަސްވުމަކީ ދަރިންނަށް ލިބޭނެ ފައިދާއެކެވެ. އަޅުގަނޑުމެންގެ މަސައްކަތަކީ ދަރިންނަށް އެއްވެސް ދަތިކަމެއް ނެތް ދިރިއުޅުމެއް ހޯދައިދިނުމެއް ނޫނެވެ. އޭގެ ބަދަލުގައި، ދަތިތަކާ ކުރިމަތިލާއިރު އެކުދިންނަށް ބޭނުންވާ ރައްކާތެރިކަމާއި، އެހީތެރިކަމާއި، ސާބިތުކަން ފޯރުކޮށްދިނުމެވެ."
އެންމެ ފަހުން ބުނަން އޮތީ، ބެލެނިވެރިންނަކީ ވެސް އިންސާނުން ކަމެވެ. ޑރ. ވެލްޝް ފާހަގަކުރެއްވި ގޮތުގައި، "ތިބާގެ ބޭނުންތަކާއި، ހުވަފެންތަކާއި، އަދި ދުޅަހެޔޮކަމަކީ ދަރިންނަށް ވެސް މުހިންމު ކަންކަމެވެ. އަމިއްލަ ނަފްސަށް އަޅާލުމަކީ ދަރިންނަށް އަޅާލުން ފަދަ ކަމެކެވެ."
އެހެންކަމުން، "އެވްރީތިންގ ބޭގަލް ޕޭރަންޓިންގ" އިން ސަލާމަތްވުމަށް އޮތް މަގަކީ، ދަރިން ދެކެވާ ލޯބި ކުޑަކުރުމެއް ނޫނެވެ. އޭގެ ބަދަލުގައި، އެކަކަށް ހުރިހާ ކަމެއް ނުކުރެވޭނެކަން ގަބޫލުކޮށް، އެ ނުބައި ވިސްނުމުން ދުރުވުމެވެ.
ތިބާގެ ދަރިން ބޭނުންވަނީ ފުރިހަމަ ބެލެނިވެރިއެއް ނޫނެވެ. އެކުދިން ބޭނުންވަނީ ހަމައެކަނި ތިބާއެވެ.

ކިޔުންތެރިންގެ ހިޔާލު