ބޮލީވުޑްގެ ކާމިޔާބު ބަތަލާ ތާޕްސީ ޕަންނޫ ހާމަކުރި ގޮތުގައި، އޭނާގެ އުމުރުން 30 އަހަރު ފުރުނުއިރު، ލޯބީގެ މަޖާ ފިލްމުތައް ނުވަތަ "ރޮމް-ކޮމް" ކުޅެން އޭނާއަކީ މިހާރު ޒުވާން ކުއްޖެއް ނޫން ކަމަށް ބުނެ ފިލްމީ ދާއިރާގެ ބައެއް ފަރާތްތަކުން ވަނީ އޭނާއަށް ފާޑުކިޔާފައެވެ.
"ޓައިމްސް އެންޓަޓެއިންމަންޓް" އަށް ދިން އިންޓަވިއުއެއްގައި ތާޕްސީ ބުނީ، މިއީ ހަމައެކަނި ބޮލީވުޑްގައި އޮތް މައްސަލައެއް ނޫން ކަމަށާއި، އިންޑިއާގެ ދެކުނު ފިލްމީ ސިނާއަތުގައި ވެސް ކަންކަން ހުރީ މިފަދަ ގޮތަކަށް ކަމަށެވެ. އޭނާ ފާހަގަކުރި ގޮތުގައި، ފިލްމީ ދާއިރާގައި ފައިތިލަ ސާބިތުކޮށްލެވޭވަރު ވަނީ ގިނަ ދުވަސްތަކެއްގެ މަސައްކަތުން ކަމަށްވާއިރު، އެ ހިސާބަށް ދާއިރު އުމުރުން 30 އަހަރު ފުރި، "ޒުވާން ބަތަލާއެއްގެ" ދަރަޖަ ގެއްލިފައިވާ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.
ތާޕްސީ އިތުރަށް ބުނި ގޮތުގައި، ވަކި ރޯލަކަށް އެއަށްވުރެ ޒުވާން ކުއްޖަކު ބޭނުން ނުވި ނަމަވެސް، ފިލްމު އުފައްދާ ފަރާތްތަކުން އަބަދުވެސް ބޭނުންވަނީ އުމުރުން ހަގު ކުދިންނެވެ. އަދި މިފަދަ ތަފާތުކުރުންތައް ފިރިހެން އެކްޓަރުންނަށް ދިމާނުވާކަން ފާހަގަކުރަމުން އޭނާ ބުނީ، ފިލްމީ ދާއިރާގައި އަންހެނުންގެ އުމުރަށް ބަލައި ތަފާތުކުރުން ގެންގުޅުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ.
ދެކުނުގެ ފިލްމީ ދާއިރާގެ ތަޖުރިބާ ހިއްސާކުރަމުން އޭނާ ބުނީ، ދޮށީ އެކްޓަރަކާއެކު ފިލްމެއް ކުޅެފިނަމަ، އޭގެ ފަހުން ޒުވާން އެކްޓަރުން އޭނާއާއެކު މަސައްކަތް ކުރަން ފަސްޖެހޭ ކަމަށެވެ. ނަމަވެސް ބޮލީވުޑްގައި ޝާހްރުކް ޚާން ފަދަ ތަރިންނާއެކު މަސައްކަތް ކުރުމުން ބަތަލާއެއްގެ މަގުބޫލުކަން އިތުރުވާ ކަމަށާއި، ދެކުނުގައި އޮތް އެ ފިކުރު ބޮލީވުޑްގައި އެހާ ބޮޑަށް ނެތް ކަމަށް ތާޕްސީ ބުންޏެވެ.
މީގެ އިތުރުން، ސޯޝަލް މީޑިއާއާ ދުރުގައި އަހަރެއްހާ ދުވަހު ހުރުމަށްފަހު، ތާޕްސީ މިހާރު ވަނީ އަލުން އިންސްޓަގްރާމް ފަދަ ވަސީލަތްތަކުގައި ހަރަކާތްތެރިވާން ފަށާފައެވެ. "އެޗްޓީ ސިޓީ" އަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނީ، ސޯޝަލް މީޑިއާއާ ދުރުވީ އަމިއްލަ ސަބަބުތަކަކަށްޓަކައި ކަމަށާއި، މިހާރު އޭނާ ބޭނުންވަނީ ސްކްރީނުން ބޭރުގައި އޭނާގެ އަމިއްލަ ދިރިއުޅުމަށް އިސްކަންދޭށެވެ.

ކިޔުންތެރިންގެ ހިޔާލު