ގާޒާގެ ކަމާލް އަދުވާން ހޮސްޕިޓަލްގެ ޑިރެކްޓަރު ޑރ. ހުސާމް އަބޫ ސަފިއްޔާ
ގާޒާގެ ކަމާލް އަދުވާން ހޮސްޕިޓަލްގެ ޑިރެކްޓަރު ޑރ. ހުސާމް އަބޫ ސަފިއްޔާ
ގާޒާގެ ކަމާލް އަދުވާން ހޮސްޕިޓަލްގެ ޑިރެކްޓަރު ޑރ. ހުސާމް އަބޫ ސަފިއްޔާ، އިޒްރޭލުގެ ޖަލެއްގައި ހުންނަވައިގެން އަލްޖަޒީރާގެ ނޫސްވެރިޔާ އަނަސް އަލް ޝަރީފަށް ފޮނުއްވި މެސެޖަކީ، އިޒްރޭލުގެ އަނިޔާވެރި ޖަލުތަކުގައި ފަލަސްތީނުގެ ގައިދީން އުފުލަމުންދާ ވޭނާއި، އެތަނުގައި ގެންގުޅޭ އެކަހެރިކުރުމުގެ ހަރުކަށި އުސޫލުތައް ހާމަވެގެންދިޔަ ހިތާމަވެރި ހާދިސާއެކެވެ.

އިޒްރޭލުގެ ޖަލުތަކުގެ އެންމެ އަނދިރި ފުންމިނުގައި ހުންނަވައިގެން ޑރ. އަބޫ ސަފިއްޔާ އޭނާގެ ވަކީލު މެދުވެރިކޮށް އަނަސްއަށް ފޮނުވި މެސެޖުގައި، އިޒްރޭލުގެ ޖަލުތަކުގައި ހިންގަމުންދާ އިންސާނީ ހައްގުތަކާ ހިލާފު ޖަރީމާތައް ދުނިޔޭގެ ސަމާލުކަމަށް ގެނެސްދިނުމަށް ވަނީ އާދޭސްކުރައްވާފަ އެވެ.

ނަމަވެސް، މި މެސެޖުގެ ފަހަތުގައި ވަނީ ފުން ހިތާމައެކެވެ. ޑރ. އަބޫ ސަފިއްޔާ ބޭރު ދުނިޔެއާ އެއްވެސް ގުޅުމެއް ނެތި، ހަރުކަށި އެކަހެރިކަމެއްގެ ތެރޭގައި ހުންނެވުމުގެ ސަބަބުން، އޭނާ މުހާތަބު ކުރެއްވި އަލްޖަޒީރާގެ ހިތްވަރުގަދަ ނޫސްވެރިޔާ އަނަސް އަލް ޝަރީފް، މިދިޔަ އަހަރުގެ ތެރޭގައި އިޒްރޭލުގެ ހަމަލާއެއްގައި ޝަހީދުކޮށްލާފައިވާކަން އެނގިވަޑައިގެންފައެއް ނުވެ އެވެ.

މިއީ ހަމައެކަނި ޑރ. އަބޫ ސަފިއްޔާގެ އަމިއްލަ ނިކަމެތިކަމެއް ނޫނެވެ؛ މިއީ ޣައްޒާގައި އިޒްރޭލުން ހިންގަމުންދާ ހަނގުރާމައިގެ ތެރޭގައި މައުލޫމާތުގެ ދޮރުތައް ބަންދުކޮށް، ނޫސްވެރިންނާއި އިންސާނީ ޚިދުމަތްތެރިންނަށް ދެމުންދާ ހަމަލާތަކުގެ ނަތީޖާ އެވެ.

އިޒްރޭލުގެ ޖަލުތަކުގައި ހައްޔަރުކޮށްފައިވާ އެތައް ހާސް ފަލަސްތީނުގެ ރައްޔިތުންނެކޭ އެއްފަދައިން، ޑރ. އަބޫ ސަފިއްޔާގެ އަޑުވެސް ދުނިޔެއަށް ނީވޭ ގޮތަށް ފޮރުވުމަށް މަސައްކަތްކުރަމުންދާކަން މި ހާދިސާއިން ވަނީ ސާބިތުވެފަ އެވެ.



ކިޔުންތެރިންގެ ހިޔާލު