ޣައްޒާގެ "ސޭފް ޒޯން" އެއް ކަމަށް ބުނާ އަލް-މަވާސީއަށް އިޒްރޭލުން ދިން ހަމަލާއެއްގައި، 40 ދުވަސްވީ ތުއްތު ކުއްޖެއް ކަމަށްވާ މުހައްމަދު އަހުމަދު އަލް-ޚާތިބުގެ ފައި ބުރިކޮށްލަން ޖެހުނު ހިތާމަވެރި ހާދިސާއެއް ހިނގައިފިއެވެ.
މި ހަމަލާގައި އެ ކުއްޖާގެ މަންމަ ހަނާ އަބްދުލް ނާސިރު މަހްމޫދު ވަނީ ހަމަލާ އަމާޒުވި ވަގުތު މުހައްމަދު ގޮވައިގެން އުޅެނިކޮށް އެތަނުގައި މަރުވެފައެވެ. މި ހަމަލާގެ ސަބަބުން މުހައްމަދުގެ ބައްޕަގެ ހާލުވެސް ސީރިއަސްވެ މިހާރު ފަރުވާ ހޯދަމުން އަންނައިރު، އޭނާގެ ދެ އަހަރުގެ ބޭބެއަށް ވަނީ ކުދި އަނިޔާތަކެއް ލިބިފައެވެ.
މުހައްމަދުގެ ބޮޑުބޭބެ އިބްރާހިމް އަލް-ޚާތިބު މައުލޫމާތު ދޭ ގޮތުގައި، އިޒްރޭލުގެ ޑްރޯންތަކުން ދިން މި ހަމަލާގެ ސަބަބުން މުހައްމަދުގެ ފައި ބުރިކޮށްލަން ޖެހުމުގެ އިތުރުން، އޭނާގެ އަތްވެސް ބުރިކޮށްލަން ޖެހިދާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ.
ޚާން ޔޫނިސްގެ ނާސިރު ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން އަންނަ މުހައްމަދުގެ އަތް ސަލާމަތް ކުރެވޭނީ ގައްޒާއިން ބޭރަށް ގެންގޮސްގެން ކަމަށާއި، އެކަމަށް 8 ޖޫންއާ ހަމައަށް ވަގުތު އޮތް ކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ.
ޣައްޒާގެ ސިއްހީ ނިޒާމަށް އިޒްރޭލުން އަމާޒުކޮށް ދެމުން އަންނަ ހަމަލާތަކާއި، އެކުލަވާލާފައިވާ ހިސާރުގެ ސަބަބުން ބޭސްފަރުވާއަށް ބޭނުންވާ ސާމާނު ނުލިބި، އެތައް ހާސް ބަޔަކު ދަނީ ނުހަނު ދަތި ހާލުގައި އުޅެމުންނެވެ. އިބްރާހިމް ބުނާ ގޮތުގައި މުހައްމަދުގެ ބޭސްފަރުވާއަށް ބޭނުންވާ ލިޔެކިޔުންތައް ހަމަޖެހިފައި ވީނަމަވެސް، އޭނާ ޣައްޒާއިން ބޭރަށް ގެންދިއުމަށްޓަކައި އިޒްރޭލުން ބޯޑަރު ހުޅުވައިދިނުން މުހިންމެވެ.
މިއީ މުޅި ދުނިޔޭގެ ސަމާލުކަމަށް ގެންނަން ޖެހޭ ހާލަތެއް ކަމަށާއި، މުހައްމަދުގެ ފުރާނަ ސަލާމަތް ކުރުމަށްޓަކައި އެންމެންގެ އެހީތެރިކަން ބޭނުންވާ ކަމަށް އޭނާ ވަނީ ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު