ރައްޔިތުންގެ މަޖިލީހުގެ ބައި-އިލެކްޝަން ކާމިޔާބު ކުރެއްވި އަބްދުއްސާދިޤު (ސޯބެ) މަޖިލީހާ ގުޅިވަޑައިގަތުމަކީ އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕަށް ލިބިގެންދިޔަ ވަރަށް ބޮޑު ބާރެއް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ތިނަދޫގައި އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ މީކާއީލް އަހުމަދު ނަސީމްގެ ކެމްޕޭނު ޓީމުގެ ފަރާތުން ބޭއްވި ޚާއްޞަ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވަނީ ބައި-އިލެކްޝަން ކާމިޔާބު ކުރެއްވި ސޯބެއަށް އެމަނިކުފާނާއި އެމްޑީޕީގެ ހުރިހާ މެންބަރުންގެ ނަމުގައި ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ. އަދި ސޯބެ ހޯއްދެވި މި ކާމިޔާބީއަކީ މިވަގުތު އެމްޑީޕީ ކުރިއަށްދިއުމަށްޓަކައި ނުހަނު ބޭނުންތެރިވެފައި އޮތް މުހިންމު ކާމިޔާބީއެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.
ވެރިކަން ކުރާ ސަރުކާރަށް ފާޑުވިދާޅުވަމުން ރައީސް ސޯލިހު ވިދާޅުވީ، ވޭތުވެދިޔަ ދުވަސްތަކުގައި ބޭއްވުނު އިންތިޚާބުތަކުން ފެނިގެންދިޔައީ ރައްޔިތުން މިހާރުގެ ސަރުކާރަށް 'ނޫނެކޭ' ބުނަމުންދާ މަންޒަރު ކަމަށެވެ. އަދި ރައްޔިތުންގެ ހައްގުގައި މަޖިލީހުގައި ކުރަންޖެހިފައިވާ ބުރަ މަސައްކަތްތައް މިހާރު އޮތީ އެމްޑީޕީއާ ހަވާލުވެފައި ކަމަށްވެސް ވިދާޅުވިއެވެ.
"އެމްޑީޕީގައި މިވަގުތު ތިއްބެވި ބާރަ މެންބަރުންނަށް އެކަނި ކުރެވޭވަރަށްވުރެ، އުނދަގޫ ބުރަ މަސައްކަތްތަކެއް އެއީ،" މަޖިލީހުގެ މިހާރުގެ ހާލަތަށް އަލިއަޅުއްވާލައްވަމުން ރައީސް ސޯލިހު ވިދާޅުވިއެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ، މިފަދަ ދަނޑިވަޅެއްގައި ސޯބެ މަޖިލީހަށް އިންތިޚާބުވުމަކީ އެމްޑީޕީގެ ޕީޖީ ގުރޫޕަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށާއި، ސޯބެއަކީ އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގައި ހުރިހާ މެންބަރުންވެސް ފަޚުރުވެރިވާ ފަދަ ނަމޫނާ މަސައްކަތްތަކެއް ކުރައްވާނެ ބޭފުޅެއް ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު