މިއަދު ބޭއްވި ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ރައްޔިތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށާއި ސަރުކާރުގެ މިނިސްޓްރީތަކާއި މުއައްސަސާތަކަށް ވަރުގަދަ މެސެޖެއް ދީފި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކެންޑިޑޭޓް ސޯބެ ކާމިޔާބު ކުރެއްވުމާ ގުޅިގެން، އައްޑޫ ރައްޔިތުން ދިން މެސެޖަށް އަލިއަޅުއްވާލައްވަމުން އަޙްމަދު ދީދީ ވިދާޅުވީ، ކުރިއަށް އޮތް ދެ އަހަރާއި ބައިގެ މުއްދަތަކީ ބޭކާރު ދުވަސްތަކެއްގެ ގޮތުގައި ދިއުމަށް ރައްޔިތުން ބޭނުންނުވާ ކަމަށެވެ.
މެންބަރު އަޙްމަދު ދީދީ ވިދާޅުވީ، ރައީސް މުޢިއްޒު ރައްޔިތުންނަށް ވެވަޑައިގެންފައިވާ ބޮޑެތި ވައުދުތައް ކުރިއަށް އޮތް ތަނުގައި ފުއްދަވައިދެއްވަން ޖެހޭނެ ކަމަށެވެ. އަދި އެ ވައުދުތައް ފުއްދައިނުދެވޭ ނަމަ، ކުރިއަށް އޮތް އެއްވެސް އިންތިޚާބެއް މި ސަރުކާރަށް ކާމިޔާބުވުމުގެ ފުރުސަތު ރައްޔިތުން ނުދޭނެ ކަމަށް ދީދީ ވިދާޅުވިއެވެ.
"ރައްޔިތުން ބޭނުމެއް ނޫން ކުރިއަށް އޮތް ދެ އަހަރަކީ ވެސް ބޭކާރު ދެ އަހަރަކަށް ވެގެންދާކަށް. އެހެންވީމާ މިކަމާ ވިސްނަވައިގެން ރައީސް މުޢިއްޒު ވެސް ކުރައްވަން ޖެހޭނެ ކަމަކީ ރައްޔިތުންނަށް ވެވަޑައިގަތް ވައުދުތައް ފުއްދަވައިދެއްވުން،" އަޙްމަދު ދީދީ ވިދާޅުވިއެވެ.
ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި ސޯބެއަށް މަރުޙަބާ ދަންނަވަމުން އަޙްމަދު ދީދީ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި ސޯބެ ވެގެންދާނީ އޭނާގެ "ޑެސްކު މޭޓް" އަށް ކަމަށާއި، މަޖިލީހުގެ ތަޅުމުން ސޯބެއަށް ބޭނުންވާނެ ފުރިހަމަ އެހީތެރިކަން ލިބިގެންދާނެ ކަމަށެވެ.މީގެ އިތުރުން، އިދިކޮޅު ކޯލިޝަންގެ ބާރަ މެންބަރުން ސާބިތުކަމާއެކު ރައްޔިތުންގެ ޙައްޤުގައި މަސައްކަތް ކުރުމުގައި ދެމިތިބޭނެ ކަމުގެ ޔަގީންކަން ވެސް އޭނާ ދެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު