މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ކާމިޔާބު ކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް، ޢަބްދުﷲ ޞާދިޤް (ސޯބެ) އަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު މަރުޙަބާ ވިދާޅުވެއްޖެއެވެ.
މިއަދު ހެނދުނު 08:00 އިން ހަވީރު 17:00 އަށް ކުރިއަށްދިޔަ މި ވޯޓުލުމުގެ ވަގުތީ ނަތީޖާތައް ދައްކާގޮތުން، މި އިންތިޚާބުގައި ވާދަކުރެއްވި ކެންޑިޑޭޓް އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް ސޯބެ ވަނީ ބޮޑުތަފާތަކުން ކުރި ހޯއްދަވާފައެވެ.
މި އިންތިޚާބުގައި ސޯބެއާ ވާދަކުރެއްވީ ވެރިކަންކުރާ ޕީއެންސީގެ ފަރާތުން، ހިތަދޫ މޫލެކެޑެ ދާއިރާގެ ކުރީގެ ކައުންސިލަރު އަޙްމަދު ސަޢީދު (ސޮޑާ) އެވެ. މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާތަކަށް ބަލާއިރު، މި އިންތިޚާބުގައި ބެހެއްޓި ޖުމުލަ ހަތް ވޯޓު ފޮށީގެ ތެރެއިން، މާލޭގައި ބެހެއްޓި އެއް ފޮށި ފިޔަވައި ހުރިހާ ފޮށްޓެއްގެ ކުރި ހޯއްދަވާފައިވަނީ ސޯބެއެވެ.
މި އިންތިޚާބުގެ ވަގުތީ ނަތީޖާއާ އެކު، ސޯބެ ހޯއްދެވި ކާމިޔާބީ ފާހަގަކުރައްވައި ރައީސް ނަޝީދު އެކްސް (ކުރީގެ ޓްވީޓާ) ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއަދު ބޭއްވި ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި މުޅި ރާއްޖެއަށާއި، އައްޑޫ ސިޓީއަށް އަދި އެމްޑީޕީއަށް ސޯބެ ހޯއްދަވައި ދެއްވީ މަތިވެރި ކާމިޔާބީއެއް ކަމަށެވެ. އަދި އެކަމަށްޓަކައި ސޯބެއަށް ނުހަނު އިޚްލާޞްތެރިކަމާ އެކު ފަޚުރުވެރިކަމާއެކު މަރުޙަބާ ވިދާޅުވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ އިތުރުން އެމްޑީޕީގެ އިސް ބޭފުޅުންނާއި ގިނަ އަދަދެއްގެ ސަޕޯޓަރުން އަންނަނީ ސޯބެއަށް ސޯޝަލް މީޑިއާގައި މަރުޙަބާ ކިޔަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު