ދިވެހިރާއްޖޭގެ ނާޒުކު ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި، ކޮންމެ އަހަރަކު މޯލްޑިވްސް ގްރީން ފަންޑުން 7 މިލިއަން ރުފިޔާ ޚަރަދުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
ރައީސް މިކަން ހާމަކުރެއްވީ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި ދިވެހި ރައްޔިތުންނަށް ފޮނުއްވި ޚާއްޞަ ޚިޠާބުގައެވެ.
މި މުނާސަބަތުގައި ރައީސް ފޮނުއްވި ޚިޠާބުގައި، ދިވެހިރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް އިޚުލާޞްތެރިކަމާއެކު އަރިސްކުރެއްވިއެވެ. އަދި މިއަދަކީ އަޅުގަނޑުމެންގެ ވަށައިގެންވާ ތިމާވެށްޓާމެދު ފުންކޮށް ވިސްނައި، މި ނާޒުކު ތިމާވެށި ރައްކާތެރިކޮށް ހިމާޔަތްކުރުމަށްފަހު، އަންނާން އޮތް ޖީލުތަކަށް އޭގެ އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށް ޢަޒުމު ވަރުގަދަ ކުރަންވީ ދުވަހެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސްގެ ޚިޠާބުގައި އިތުރަށް ބަޔާންކުރައްވާފައިވަނީ، މޫސުމަށް އަންނަ ބަދަލުތަކާއި ޤައުމުގެ ތަރައްޤީގެ ދުވެއްޔާއެކު ތިމާވެށްޓަށް އަންނަ ބަދަލުތައް ދެނެގަނެ، ލިބޭ ގެއްލުންތައް ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ޒަމާނުންސުރެ އޮތް އެންމެ ބޮޑު ހުރަހަކީ އެކަށީގެންވާ މިންވަރަށް މާލީ ވަސީލަތްތައް ނުލިބުން ކަމަށެވެ. އެހެންކަމުން، މޯލްޑިވްސް ގްރީން ފަންޑުން ކޮންމެ އަހަރަކު ޚަރަދުކުރުމަށް މި ކަނޑައެޅި 7 މިލިއަން ރުފިޔާއަކީ، އާންމުކޮށް ތިމާވެށީގެ ދާއިރާއަށް ދައުލަތުގެ ބަޖެޓުން ކަނޑައަޅާ ފައިސާގެ އިތުރަށް ޚަރަދުކުރާނޭ ފައިސާއެއް ކަމަށް ރައީސް ވިދާޅުވިއެވެ. މިކަމުގެ ސަބަބުން ގްރީން ފަންޑުން މިހާތަނަށް ދެމުން އައި އަހަންމިއްޔަތުކަން އިތުރަށް ހަރުދަނާވެ، މަތީ ހަރުފަތަކަށް ގެންދެވޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި ފައިސާ މައިގަނޑު ގޮތެއްގައި ޚަރަދުކުރުމަށް ހަމަޖެހިފައިވަނީ ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކާއި އެ ސަރަހައްދުތަކުގެ ދިރުންތައް ބެލެހެއްޓުމަށާއި، އެތަންތަނަށް ބޭނުންވާ މަރާމާތާއި މޮނިޓަރިންގ މަސައްކަތްތަކަށެވެ. މީގެ އިތުރުން ތިމާވެށީގެ ދިރާސާތައް ކުރުމަށާއި، މި ދާއިރާގެ ފަންނީ ޤާބިލުކަން އިތުރުކުރުމުގެ އިތުރުން، މަދަނީ ޖަމްޢިއްޔާތަކާއި ސްކޫލްތަކުގެ ތިމާވެށި ކްލަބުތަކާ ގުޅިގެން ހޭލުންތެރިކުރުމުގެ އެކި ޕްރޮގްރާމްތައް ހިންގައި، ވީހާވެސް ގިނަ ބައެއްގެ ބައިވެރިވުން މި މަސައްކަތުގައި ހޯދުމަށްވެސް ވަނީ ނިންމާފައެވެ.
ރައީސްގެ ޚިޠާބު ނިންމަވާލެއްވީ، މިއަހަރުގެ ތިމާވެށީގެ ދުވަހުގެ ޝިޢާރު ކަމަށްވާ "އަ ގްލޯބަލް ކޯލް ފޯރ ކްލައިމެޓް އެކްޝަން" އަކީ ރާއްޖެފަދަ ޖަޒީރާ ޤައުމުތަކަށް ނުހަނު މުހިންމު ޝިޢާރެއްކަން ފާހަގަކުރައްވަމުންނެވެ. އަދި މޫސުމީ ބަދަލުތަކާ ދެކޮޅަށް މަސައްކަތް ކުރުމަށްޓަކައި ދިރިއުޅުމުގެ އާދަކާދަތަކަށް ބަދަލުތަކެއް ގެނެސް، އިހަށްވުރެ ބޮޑަށް އަތުކުރި އޮޅާލުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ. މި ބަދަލުތަކާއެކު ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތްތައް އިތުރަށް ހަރުދަނާވެ، އޭގެ ފައިދާ މުސްތަޤުބަލުގެ ޖީލުތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ލިބިގެންދާނެ ކަމަށް ރައީސް އުއްމީދު ކުރައްވައެވެ.

ކިޔުންތެރިންގެ ހިޔާލު