ދ. މީދޫ ކައުންސިލްގެ ރައީސް އިންތިޚާބު ކުރުމަށް ބާއްވާ އިތުރު ބުރުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ވަގުތީ ރަޖިސްޓަރީ އާންމުކޮށް، އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ.
މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ޖުމްލަ 1049 މީހަކަށް ލިބިފައިވާއިރު، ރަޖިސްޓަރީއާ ގުޅޭގޮތުން ހުރި ޝަކުވާތައް މިއަދު ހަވީރު 4:00ގެ ކުރިން އެ ކޮމިޝަނަށް ހުށަހެޅުމަށް ވަނީ އަންގާފައެވެ.
މި އިންތިޚާބުގައި ވޯޓުލުން ކުރިއަށްދާނީ މީދޫގައި ބަހައްޓާ ދެ ފޮއްޓަކާއި، މާލޭގައި ބަހައްޓާ އެއް ފޮށީގައެވެ. ރަޖިސްޓްރޭޝަނާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުން މައުލޫމާތު ދިން ގޮތުގައި، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2026ގައި މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ވޯޓުލުމަށް ރަޖިސްޓަރީކުރި ފަރާތްތަކުން މި އިންތިޚާބުގައި ވޯޓުލާނީ މާލޭގައެވެ.
ނަމަވެސް އެހެނިހެން ރަށްރަށާއި ރިސޯޓުތަކުގެ އިތުރުން ޖަލުތަކުގައި ކުރިން ރަޖިސްޓަރީވި މީހުން މިފަހަރު ވޯޓުލާނީ އެމީހެއްގެ ރަށުގެ ދާއިމީ އެޑްރެހުގައެވެ.
މިމަހުގެ 13 ވަނަ ދުވަހު މި އިންތިޚާބުގެ އިތުރު ބުރު ބާއްވަން ޖެހުނީ، ކުރިން ބޭއްވި އިންތިޚާބުގައި ވޯޓު ފޮއްޓެއްގެ ސައްޙަކަމާމެދު ކޯޓުން ކުރި ޙުކުމަކާ ގުޅިގެންނެވެ. އެ ޙުކުމުގެ ސަބަބުން ކުރިން އިންތިޚާބުގައި ވާދަކުރި ކެންޑިޑޭޓުންނަށް ލިބުނު ވޯޓުގެ އަދަދު އެއްވަރުވުމުން، ގާނޫނީ ގޮތުން އިންތިޚާބުގެ އިތުރު ބުރެއް ބޭއްވުން ލާޒިމްވީއެވެ.

ކިޔުންތެރިންގެ ހިޔާލު