ބުރޫނާއީގެ ރަސްގެފާނު ސުލްޠާން ޙަސަނަލް ބޮލްކިއާ، އެމަނިކުފާނުގެ ކެބިނެޓަށް ގެންނެވި ބޮޑު ބަދަލުތަކެއްގެ ތެރެއިން، ދަރިކަލުން ޕްރިންސް އަބްދުލް މަތީން ފޮރިން މިނިސްޓަރުގެ މަގާމަށް އައްޔަން ކުރައްވައިފިއެވެ.
މިއީ ތެލުން މުއްސަނދިވެފައިވާ އެ ގައުމުގެ ވެރިކަމުގެ ނިޒާމަށް އާ ޖީލެއްގެ ލީޑަރުން ތައްޔާރުކުރުމުގެ ގޮތުން އެޅުއްވި މުހިންމު ފިޔަވަޅެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ. 79 އަހަރުފުޅުގެ ރަސްގެފާނުގެ ސިއްހީ ހާލަތާ މެދު ކަންބޮޑުވުންތަކެއް އުފެދިފައިވާ މި ދަނޑިވަޅުގައި މި ބަދަލުތައް ގެންނެވިއިރު، މިއީ 2022 ވަނަ އަހަރަށްފަހު އެ ގައުމުގެ ކެބިނެޓަށް ގެނައި ފުރަތަމަ ބޮޑު ބަދަލެވެ.
ސޯޝަލް މީޑިއާގައި ބޮޑު މަގުބޫލުކަމެއް ހޯއްދަވާފައިވާ، އުމުރުން 33 އަހަރުގެ ޕްރިންސް މަތީން، މީގެ ކުރިންވެސް ރަސްގެފާނުގެ ރަސްމީ ދަތުރުފުޅުތަކުގައި ގިނައިން ބައިވެރިވެވަޑައިގަންނަވައެވެ.
އަސްކަރީ އޮފިސަރެއް އަދި ހެލިކޮޕްޓަރު ދުއްވާ ޕައިލެޓެއްގެ ގޮތުގައި ހުންނެވި ޕްރިންސް މަތީން، މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ވެސް އަސްކަރީ ޚިދުމަތުގައި ދެމިހުންނަވާނެކަމަށް ސުލްޠާން ވަނީ ހާމަކުރައްވާފައެވެ.
މި ބަދަލުތަކުގެ ތެރޭގައި ޕްރިންސް އަބްދުލް މާލިކް ވެސް ވަނީ ފުރަތަމަ ފަހަރަށް ކެބިނެޓް މިނިސްޓަރެއްގެ މަގާމަށް (މިނިސްޓަރ އިން ދަ ޕްރައިމް މިނިސްޓަރސް އޮފީސް) އައްޔަން ކުރައްވާފައެވެ. އެ ގައުމުގެ ވާރުތަވެރި ރަސްކަލުން ކަމަށްވާ ކްރައުން ޕްރިންސް އަލް-މުހްތަދީ ބިއްލާ ވަނީ ސީނިއާ މިނިސްޓަރުގެ މަގާމުގައި ދެމިހުންނަވާފައެވެ.
ރަސްގެފާނު ވިދާޅުވި ގޮތުގައި މި އައްޔަން ކުރުންތަކަކީ އެ ބޭފުޅުންގެ ޝައުގުވެރިކަމާއި، ސަރުކާރުގެ އިދާރީ ކަންކަމުގައި މީގެ ކުރިން ލިބިފައިވާ ތަޖުރިބާތަކަށް ރިއާޔަތްކޮށް އެޅުއްވި ފިޔަވަޅުތަކެކެވެ.
ރަސްގެފާނު އަމިއްލަފުޅަށް ބޮޑުވަޒީރުކަމާއި، ޑިފެންސް މިނިސްޓަރުކަމާއި، ފައިނޭންސް މިނިސްޓަރުކަމުގެ މަގާމުތައް މީގެ ފަހުން ވެސް އަދާކުރައްވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު