މިއަހަރު ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްފަހު، ދިވެހި ހައްޖުވެރިން އެނބުރި ރާއްޖެ އަންނަން ފަށައިފިއެވެ. މިގޮތުން ހައްޖުވެރިންގެ ފުރަތަމަ ގްރޫޕް ރޭ ވަނީ ރާއްޖެ އައިސްފައެވެ.
ހައްޖުވެރިންނަށް އެއާޕޯޓުން ފަސޭހައިން ދަތުރުފަތުރުގެ އިންތިޒާމްތައް ހަމަޖައްސައިދިނުމުގެ ގޮތުން، އެމްއޭސީއެލް އާއި އެމްޓީސީސީ ގުޅިގެން ހާއްސަ އިންތިޒާމްތަކެއް ވަނީ ގާއިމްކޮށްފައެވެ.
އެގޮތުން، އެއާޕޯޓުގައި ހާއްސަ ޑެސްކެއް ގާއިމްކޮށް، ސަރުކާރުގެ ޓެކްސީ ލައިންގެ އެހީތެރިކަމާއެކު ހައްޖުވެރިންނަށް މާލެއަށް ދަތުރުކުރުމަށް ފަސޭހަ މަގުތަކެއް ވަނީ ފަހިކޮށްދީފައެވެ.
މިފަހަރުގެ ހައްޖުވެރިން ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މޯލްޑިވިއަން އަދި ސައުދީ އެއާލައިން މެދުވެރިކޮށް، ހަތަރު ދުވަހަކަށް ބަހާލައިގެންނެވެ.
ރޭ ފުރަތަމަ ގްރޫޕް އައިސްފައިވާއިރު، ބާކީ ތިބި ހައްޖުވެރިން މާދަމާއާއި ހޯމަ އަދި އަންގާރަ ދުވަހުގެ ތެރޭގައި ރާއްޖެ އަންނާނެ ކަމަށް މައުލޫމާތު ލިބެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މިއަހަރު 1،019 ދިވެހިން ހައްޖުގެ އަޅުކަން އަދާކުރީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ހަވާލުގައެވެ.

ކިޔުންތެރިންގެ ހިޔާލު