މިހާރުގެ ހާސްކަން ބޮޑު ދުނިޔޭގައި، ފުރާވަރުގެ ކުދިންގެ ފަރާތުން ފެންނަ ބަސްނާހާ އަމަލުތަކާއި ކިޔަމަންތެރިކަން ކުޑަވުމަކީ ބެލެނިވެރިންނަށް ނުހަނު ބޮޑު ގޮންޖެހުމަކަށް ވެދާނެއެވެ.
ފުރާވަރުގެ ކުދިންގެ މިޒާޖަށް އަންނަ ބަދަލުތަކަކީ ބެލެނިވެރިން ފޫހިވެ، ހިތްހަމަނުޖެހި، އަދި ބައެއް ފަހަރު ކެތްތެރިކަން ކޮޅުންލާ ފަދަ ކަންކަމެވެ. މި އުމުރުގެ ކުދިންނަކީ ވިސްނާލުމެއް ނެތި ކުއްލިއަކަށް ބަސްތައް ބޭރުކުރާ ބަޔަކަށް ވީނަމަވެސް، އެއީ އެކުދިންނަށް ބޭނުންހާ އެއްޗެއް ބުނެ، ބަސްނާހާ އުޅުމަށް ދެވޭ ހުއްދައެއް ނޫނެވެ. "މަންމަމެން ދައްކާ ވާހަކަ އަޑުއަހާކަށް ނުޖެހޭނެ" ނުވަތަ "މަންމަމެންނަކީ ވަރަށް ގޯސް ބައެއް" ފަދަ އިބާރާތްތަކުން ނުވަތަ އެއަށްވުރެ ހަޑިހުތުރު ބަހުން ހަޅޭއްލަވައި، ހިތްހަމަނުޖެހުން ފާޅުކުރުމަކީ ބެލެނިވެރިން އިންތިހާއަށް ދެރަވެ ރުޅިއަންނާނެ ކަމެކެވެ.
ތިރީގައިވާ ކަންކަމަކީ ތިޔަ ބެލެނިވެރިޔާއަށް ދިމާވާ ކަންކަން ހެއްޔެވެ؟
• ދަރިފުޅު ތިޔަ ބެލެނިވެރިޔާއާ ދެބަސްވެ ރައްދު ދީ ހަދާތަ؟
• ތިޔަ ބެލެނިވެރިޔާއަށް ބޭއަދަބީކޮށް ކަންތައް ކުރާތަ؟
• ހަޑިހުތުރު ބަހުން ވާހަކަދައްކާތަ؟
• މަލާމާތުގެ ގޮތުން ލޯ އަނބުރާލާ ހަދާތަ؟
• ވާހަކަދައްކަމުން ދަނިކޮށް މެދުތެރެއިން ހުރަސްއަޅާތަ؟
• ޚާއްޞަކޮށް ވާހަކަދައްކަން އުޅުމުން، ބާރަށް ދޮރު ލައްޕާފައި ދޭތަ؟
ދިރާސާތަކުން ދައްކާގޮތުގައި ފުރާވަރުގައި ބޭއަދަބީކޮށް އުޅޭ ކުދިން ބޮޑުވުމުންވެސް އެފަދަ ގޮތްގޮތަށް އުޅުމުގެ ފުރުސަތު ބޮޑެވެ. އެހެންކަމުން، މައިންބަފައިންނަށް އިހްތިރާމް ނުކުރުމާއި ބަސްނުއެހުމާއި، ދޮރުތައް ބާރަށް ލެއްޕުމާއި، ނުވަތަ ފާރުގައި ތެޅުން ފަދަ އުދުވާނީ އަމަލުތަކުގެ ބަދަލުގައި، މިފަދަ ބަދަލުތައް ކުއްޖާއަންނަށް މެދުވެރިވާ ސަބަބުތައް ދަނެގެނެ، އެފަދަ ހާލަތުތަކުގައި އަދަބުވެރިކަމާއެކު ރުޅި ކޮންޓްރޯލްކުރަން ދަރިފުޅަށް ދަސްކޮށްދިނުމަކީ ނުހަނު މުހިންމު ކަމެކެވެ.
ކުދިން ބެލެނިވެރިންނަށް އިހުތިރާމް ނުކުރާ 10 ސަބަބު
ކަމާބެހޭ މާހިރުން ވިދާޅުވާ ގޮތުގައި އިހުތިރާމް ކުޑަކުރުމަކީ އަސްލު މައްސަލައެއް ނޫނެވެ. އެއީ އެހެން ކަމެއްގެ ސަބަބުން ފެންނަ ނިޝާނެކެވެ.
ސީދާ އުސޫލުތަކެއް ނެތުން: ގޭތެރޭގެ ހުދޫދުތައް ސާފުކޮށްދީފައި ނެތުމުން، އިހުތިރާމްކުރުމުގެ މުހިންމުކަން ކުދިންނަށް އިހުސާސެއް ނުކުރެވޭނެއެވެ.
އުސޫލުތަކުގައި ސާބިތުކަން ނެތުން: އުސޫލުތައް ތަންފީޒުކުރުމުގައި ބެލެނިވެރިޔާގެ ސާބިތުކަން ނެތްނަމަ، ބަހުގެ ނުފޫޒު ކުޑަވެއެވެ.
މާބޮޑަށް ބާރުފޯރުވުން: ކުއްޖާގެ ކޮންމެ ކަމަކަށް މާބޮޑަށް ބާރުފޯރުވަން އުޅުމުން، އެކުދިން ބާގީވެ އިހުތިރާމް ކުޑަކުރަން ފަށައެވެ.
އަޑުނޭހުން: ކުއްޖާގެ ޝުއޫރުތަކާއި ޚިޔާލުތައް ބަލައިނުގަންނަނަމަ، އެކުދިންނަށް އިހުސާސްވަނީ އެކުދިންނަކީ ބޭކާރު ބައެއްގެ ގޮތުގައެވެ.
ނަމޫނާ ނުދެއްކުން: ބެލެނިވެރިން އެހެން މީހުންނާ މުއާމަލާތްކުރާއިރު އިހުތިރާމް ކުޑަކޮށް އުޅޭނަމަ، ކުދިން އެކަން ނަކަލުކުރާނެއެވެ.
ހަމްދަރުދީ ނެތުން: ކުއްޖާ ތަހައްމަލުކުރާ ކަންކަން ބަލައިނުގަތުމަކީ މުއާމަލާތް ކެނޑި، ނުރުހުން އުފެދޭ ކަމެކެވެ.
މާބޮޑަށް ފާޑުކިޔުން: އަބަދު ކުއްޖާގެ އުނިކަންކަމަށް ފާޑުކިޔުމުން، ކުއްޖާގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ގެއްލިގެންދެއެވެ.
އަޅާކިޔުން: އެހެން ކުދިންނާ އަޅާކިޔުމުން ހަސަދަވެރިކަން އުފެދި، އާއިލާގެ ތެރޭގައި ނުތަނަވަސްކަން އުފެދެއެވެ.
އުއްމީދުތައް މާ މަތިވުން: ކުއްޖާއަށް ނުކުރެވޭވަރުގެ ކަންކަން ހާސިލުކުރަން މަޖުބޫރުކުރުމުން، ބެލެނިވެރިންނާ މެދު އޮންނަ އިހުތިރާމް ކުޑަވެއެވެ.
ވަގުތު ނުދިނުން: ކުއްޖާއާ އެކު އޮންނަ ގުޅުން ބަދަހިކުރަން ވަގުތު ނުދޭނަމަ، ސަމާލުކަން ހޯދުމުގެ ގޮތުން ކުދިން ނުރަނގަޅު އަމަލުތައް ކުރެއެވެ.
ފުރާވަރުގެ ކުދިންގެ ކިބައިން ފެންނަ އިހުތިރާމް ކުޑަ 5 އަމަލެއް
ބަހުގެ ހަމަލާދިނުމާއި ނަންނަމުން ގޮވުން: މިއީ އެކުދިންގެ މިނިވަންކަން ދެއްކުމަށް ނުވަތަ ހިތްހަމަނުޖެހުން ބޭރުކުރުމުގެ ގޮތުން ކުރާ ކަމެކެވެ.
ބުނާ ބަހަށް ނުކިޔަމަންތެރިވުން: ގަޑިތަކަށް ސަމާލުކަން ނުދިނުމާއި، ޒިންމާތަކަށް ފަރުވާކުޑަކުރުމަކީ ބެލެނިވެރިންގެ ބާރު ކަނޑުވާލުމަށް ކުރާ ކަމެކެވެ.
ބޭއަދަބީ އިޝާރާތްތަކާއި ފުރައްސާރަކުރުން: މޫނު ކުނިކޮށްލުމާއި ލޮލުން ހަޖޫޖެހުމަކީ ބެލެނިވެރިޔާ ދައްކާ ވާހަކައިގެ އަގު ވައްޓާލުމަށް ކުރާ ކަމެކެވެ.
ބިރުދެއްކުމާއި އިންޒާރުދިނުން: މިއީ އާއިލާގެ އަމާންކަމަށް އޮތް ނުރައްކަލެކެވެ. މިފަދަ ހާލަތްތަކުގައި ބެލެނިވެރިން ހުށިޔާރުވާން ޖެހޭނެއެވެ.
ޝުކުރުވެރިނުވުމާއި އަގުވަޒަންނުކުރުން: ބެލެނިވެރިން ކޮށްދޭ ކަންކަމުގެ އަގުވަޒަންނުކުރުމަކީ ގުޅުންތަކަށް ބުރޫއަރައި، އިހުތިރާމްކުރާ މާހައުލެއް އުފެއްދުމަށް އޮތް ހުރަހެކެވެ.
ނުކިޔަމަންތެރި ކުދިންނާ މުއާމަލާތްކުރުމުގައި ބޭނުންކުރެވިދާނެ މުހިންމު 5 ގޮތެއް ތިރީގައި އެވަނީއެވެ.
ސީދާ އުސޫލުތަކާއި ނަތީޖާ ކަނޑައެޅުން: ގޭތެރޭގައި ހުއްދަ ކަންކަމާއި މަނާ ކަންކަން ކުއްޖާއަށް ސާފުކޮށް ބުނެދޭންޖެހެއެވެ. އުސޫލާ ޚިލާފުވެއްޖެނަމަ ލިބޭނެ އަދަބު ނުވަތަ ކުރިމަތިވާނެ ނަތީޖާ ކުރިއާލާ ބުނެދިނުމަކީ މުހިންމު ކަމެކެވެ. އަދި ކަނޑައަޅާފައިވާ އުސޫލުތައް ތަންފީޒުކުރުމުގައި ބެލެނިވެރިން ސާބިތުކަންމަތީ ދެމިތިބެންވާނެއެވެ.
އިހުތިރާމްގެ ނަމޫނާ ދެއްކުން: ކުއްޖާ ނުކިޔަމަންތެރިވާ ވަގުތު ބެލެނިވެރިޔާ ރުޅިގަދަވުމުގެ ބަދަލުގައި، ކެތްތެރިކަމާއި އޯގާތެރިކަން އިސްކުރަންވާނެއެވެ. ތިބާ ކުއްޖާއާ މުއާމަލާތްކުރުމުގައި އިހުތިރާމް ދޭނަމަ، ދަރިފުޅަށްވެސް އަނެކުންނަށް އިހުތިރާމްކުރަން ދަސްވާނެއެވެ.
މުއާމަލާތުގެ ދޮރު ހުޅުވާލުން: ކުއްޖާއާ ވާހަކަދެއްކުމަށްވުރެ ބޮޑަށް، އެކުދިން ދައްކާ ވާހަކަ އަޑުއެހުމަށް އިސްކަންދޭށެވެ. ކުއްޖާގެ ޚިޔާލުތައް ފާޅުކުރުމަށް ފުރުސަތު ދިނުމުން، އެކުދިންނަށް ގަދަރުކުރެވޭކަމުގެ އިހުސާސް ކުރެވި، ބެލެނިވެރިންނާ އޮންނަ ގުޅުން ބަދަހިވެއެވެ.
އިހުސާސްތައް ބަލައިގަތުން: ކުއްޖާގެ ވިސްނުމާ ތިބާ އެއްބަސްނުވި ނަމަވެސް، އެވަގުތު އެކުއްޖާއަށް އިހުސާސްވާ ގޮތް (މިސާލަކަށް ރުޅިއައުން ނުވަތަ ދެރަވުން) ބަލައިގަންނާށެވެ. މިއީ އެކުދިންގެ ނުބައި އަމަލުތައް ބަލައިގަތުމެއް ނޫނެވެ. ނަމަވެސް އެކުދިންގެ ޝުއޫރުތަކުގެ އަގުވަޒަންކުރުމުން، ރުޅިގަދަވެގެން ކުރާ އަމަލުތައް މަދުވުމަށް މަގުފަހިވެއެވެ.
ކަމާބެހޭ މާހިރުންގެ އެހީތެރިކަން ހޯދުން: އިހުތިރާމް ކުޑަކުރުމުގެ އަމަލުތަކަކީ ނަފްސާނީ ނުވަތަ އިހުސާސީ އެހެން މައްސަލައެއްގެ ނަތީޖާ ކަމަށް ބެލެވޭނަމަ، ލަސްނުކޮށް ތެރަޕިސްޓެއް ނުވަތަ ކައުންސިލަރެއްގެ އެހީތެރިކަން ހޯދުމަކީ ވަރަށް މުހިންމު ކަމެކެވެ.
އާންމުކޮށް ކުރެވޭ ސުވާލުތަކާއި އޭގެ ޖަވާބު
ސުވާލު: އާންމު ފުރާވަރުގެ އުޅުމާއި، ހަގީގީ އިހުތިރާމް ކުޑަ އަމަލުތައް ވަކިކުރާނީ ކިހިނެއް؟
ޖަވާބު: ފުރާވަރުގެ އާންމު އުޅުމަކީ އަމިއްލަ މިނިވަންކަން ހޯދަން މަސައްކަތް ކުރުމެވެ. ނަމަވެސް، ހަގީގީ އިހުތިރާމް ކުޑަކުރުމަކީ އަބަދުވެސް އަނެކާގެ އިހުސާސްތަކަށް ނުވަތަ އުސޫލުތަކަށް ގަސްތުގައި ގޮންޖަހައި، ދަށްކޮށްލުމެވެ.
ސުވާލު: ރައްޓެހިންގެ ނުފޫޒު މިކަމުގައި އޮންނަނީ ކިހާވަރަކަށް؟
ޖަވާބު: ރައްޓެހިންގެ މެދުގައި މަގުބޫލުވުމަށްޓަކައި، އެހެން ކުދިން ކުރާ ކަންކަން ނަކަލުކުރުމަކީ ފުރާވަރުގެ ކުދިންގެ އާދައެކެވެ. މިކަން ހައްލުކުރެވޭނީ ކުއްޖާއާ ގާތް ގުޅުމެއް ބާއްވައި، ރަނގަޅު ރައްޓެހިން އިޚްތިޔާރުކުރަން ދަސްކޮށްދީގެންނެވެ.
ސުވާލު: އިތުރު ހަމަނުޖެހުން ނުއުފެދޭ ގޮތަށް އަދަބު ދެވޭނީ ކިހިނެއް؟
ޖަވާބު: އެންމެ ރަނގަޅު ގޮތަކީ ކުއްޖާ ކުރި އަމަލަކާ ގުޅުންހުރި ނަތީޖާއެއް ކުރިމަތިކުރުވުމެވެ. މިސާލަކަށް، ފޯނު ބޭނުންކޮށްގެން މީހަކަށް އިހުތިރާމް ކުޑަ މެސެޖެއް ފޮނުވިނަމަ، ވަކި މުއްދަތަކަށް ފޯނު އަތުލުމެވެ. މިއީ ރުޅިވެރިކަން އުފެއްދުމުގެ ބަދަލުގައި، އަމަލުތަކަށް ޒިންމާދާރުވާން ދަސްކޮށްދޭނެ ކަމެކެވެ.
ސުވާލު: ގެއްލިފައިވާ އިތުބާރު އަލުން ހޯދޭނީ ކިހިނެއް؟
ޖަވާބު: މިއީ ވަގުތު ނަގާނެ ކަމެކެވެ. ތެދުވެރިކަމާއެކު ވާހަކަދެއްކުމާއި، ބެލެނިވެރިޔާގެ ފަރާތުން ކަމެއް ގޯސްކޮށް ކުރެވިފައިވާނަމަ އެކަމަށް މައާފަށް އެދުމާއި، ކުއްޖާއާ އެކު އުފާވެރި ވަގުތުތަކެއް ހޭދަކުރުމަކީ ގުޅުން އަލުން ބަދަހިވާނެ ކަންކަމެވެ.
ސުވާލު: ފުރާވަރުގެ ކުދިން ބާގީވުމަކީ އާދައިގެ ކަމެއްތަ؟
ޖަވާބު: އާނއެކެވެ. އެއީ އަމިއްލަ މިނިވަންކަން ހޯދުމުގެ މަރުހަލާގައި ފެންނަ އާންމު ކަމެކެވެ. ބެލެނިވެރިންގެ ޒިންމާއަކީ ކުއްޖާއަށް މިނިވަންކަން ދޭއިރު، އިހުތިރާމްގެ ހުދޫދުތަކުގެ ތެރޭގައި އެކަން ބެހެއްޓުމަށް މަގުދެއްކުމެވެ.
ފުރާވަރުގެ މަރުހަލާއަކީ ދަރިންނަށާއި ބެލެނިވެރިންނަށްވެސް ގޮންޖެހުންތަކުން ފުރިގެންވާ ދުވަސްވަރެކެވެ. އިހުތިރާމް ކުޑަކުރުމުގެ އަމަލުތަކަކީ ހަމައެކަނި ބާރުގެ ބޭނުންކޮށްގެން ހުއްޓުވޭނެ ކަންކަމެއް ނޫނެވެ. އޭގެ ބަދަލުގައި ބޭނުންވަނީ ކެތްތެރިކަމާއި، ސާފު އުސޫލުތަކާއި، އަދި އެންމެ މުހިންމުކޮށް ލޯތްބާއި ހަމްދަރުދީއާއެކު ދަރިންނަށް މަގުދެއްކުމެވެ. މި އުނދަގޫ ދުވަސްވަރުން އަރައިގަނެވޭނީ އޯގާތެރިކަމާއެކު ކުރާ މުއާމަލާތްތަކުގެ އެހީގައެވެ. އޭރުން ދަރިފުޅަކީ މުޖުތަމައަށް ފައިދާހުރި، އަދަބުވެރި މީހަކަށް ވެގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު