ސަރުކާރުގެ ބައެއް ކުންފުނިތަކުން މުވައްޒަފުން ވަކިކުރަމުންދަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ރައްޔިތުންގެ މެދުގައި އޮތް ތާއީދު ކުޑަކޮށް، އެމަނިކުފާނު ފެއިލްކޮށްލުމުގެ ނުބައި ރޭވުމެއްގެ ދަށުން ކަމަށް ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އިން ބޭއްވި ޓައުން ހޯލް ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ފެނަކަ އާއި އެސްޓީއޯ ފަދަ ސަރުކާރު ހިއްސާވާ ކުންފުނިތަކަކީ ވަކިވަކި މުއައްސަސާތަކެއްގެ ގޮތުގައި ބެލެވުނު ނަމަވެސް، އެއީ ހަމަ ސަރުކާރުގެ ބައެއް ކަމަށެވެ. އަދި އެ ކުންފުނިތަކުގެ ތަފާތު ބަލާކަށް ރައްޔިތުން ބޭނުން ނުވާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ކުންފުނިތަކުގެ މެނޭޖިންގ ޑިރެކްޓަރުން (އެމްޑީން) މުވައްޒަފުން ވަކިކުރާނެ ކަމުގެ އިންޒާރުދީ ބިރުދައްކަމުންދާ މައްސަލައަށް އަލިއަޅުއްވާލައްވަމުން ޔާމީން ވިދާޅުވީ، އެއީ އެ ބޭފުޅުންނަށް ކުރެވިގެންވާނެ އަދި ކުރެވޭނެ ފަދަ ކަމެއް ނޫން ކަމަށެވެ. ކުންފުނިތަކުގެ ވެރިން އަމުރުކޮށްގެން ވަޒީފާ ދިން ކަމަށް ދެއްކި ނަމަވެސް، އެ ވަޒީފާތަކަކީ ސަރުކާރުން ދީފައިވާ ވަޒީފާތަކެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑު މިއަށް ނަގާ މާނައަކީ، އެސް.ޓީ.އޯ ގެ އެމް.ޑީ ވިޔަސް، ފެނަކަ އެމް.ޑީ ވިޔަސް، މި ހުރިހާ ރިސޯޓުތަކުގެ، މި އެންމެން ބޭނުންވަނީ މީހުން ކަނޑާލައިގެން، އެންމެންގެ ނަފުރަތު މުއިއްޒަށް ދީފަ، މުއިއްޒު ފެއިލްކޮށްލަން. އޭރުންކަ މުއިއްޒަށް ވޯޓެއް ނުލާނެ."ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން އިތުރަށް ތުހުމަތު ކުރެއްވި ގޮތުގައި، މިހާރުގެ ރައީސްގެ ދަށުން ރާއްޖޭގެ އިޤްތިޞާދަށާއި ކުންފުނިތަކަށް އެއްވެސް ދިރުމެއް ނާންނާނެކަން ކުންފުނިތަކުގެ ވެރިންނަށް އެނގެއެވެ. އެހެންކަމުން، މިއީ އެންމެން ގުޅިގެން ރާވައިގެން ހިންގާ ކަމެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.މީގެ އިތުރުން، ވަޒީފާތަކުން މީހުން ކަނޑަމުންދިއުމުގެ ސަބަބުން އުފެދޭ ރައްޔިތުންގެ ރުޅިވެރިކަމާއެކު، ވަޒީފާއިން ވަކިކުރާ މުވައްޒަފުންނާއި، އެމީހުންގެ އާއިލާތަކުގެ އިތުރުން އެ ރަށްރަށުގެ ރައްޔިތުންގެ ވޯޓު ކުރިއަށް އޮތް ތަނުގައި ރައީސް މުޢިއްޒަށް ނުލިބޭނެކަން ކަށަވަރުވާ ކަމަށްވެސް ޔާމީން ވިދާޅުވިއެވެ.
ޔާމީން މިހެން ވިދާޅުވެފައިވާއިރު ދައުލަތުގެ ކުންފުނިތަކަށް ކޮންމެ އަހަރަކު ބޮޑު ހޭދައެއް ކުރަންޖެހޭތީ، ޚަރަދު ކުޑަކުރުމުގެ ފިޔަވަޅެއްގެ ގޮތުން ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު މަދުކުރުމަށް ފިނޭންސް މިނިސްޓްރީން މިދިޔަ އޭޕްރިލް މަހު ވަނީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އަށް އަންގާފައެވެ.
ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، އެ އެންގުމާ އެއްގޮތަށް ކުންފުނިތަކުން މިހާރު ވަނީ މުވައްޒަފުން މަދުކުރުމުގެ މަސައްކަތް ފަށާފައެވެ. އެގޮތުން، ފެނަކަ ކޯޕަރޭޝަނުން މުވައްޒަފުން ހީނަރުކުރުމަށް ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން، 4 މަހުގެ މުސާރަ ދިނުމަށްފަހު އަމިއްލައަށް ވަޒީފާއިން ވަކިވުމުގެ ފުރުސަތު މިހާރު ވަނީ މުވައްޒަފުންނަށް ހުޅުވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު