ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހިރާއްޖޭގެ ވެރިކަމާ ޙަވާލުވެވަޑައިގަތްއިރު މާލީ ގޮތުން ދައުލަތް ވެއްޓިފައި އޮތް ފުން އަނދަވަޅުން ސަލާމަތްކުރުމަށް ސަރުކާރުން އަޅުއްވަމުންދާ ފިޔަވަޅުތަކުގެ ހަރުދަނާކަން، ފިޗް ރޭޓިންގްސްގެ ނިންމުމުން ޔަޤީންވެ ކަށަވަރުވެއްޖެ ކަމަށް ވެރިކަން ކުރާ ކޮންގްރެސް ޕާޓީ (ޕީއެންސީ) އިން ބުނެފިއެވެ.
ޕީއެންސީން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ދުނިޔޭގެ ކްރެޑިޓް ރޭޓިންގް އެޖެންސީއެއް ކަމަށްވާ ފިޗްއިން ރާއްޖޭގެ ރޭޓިންގް "ސީސީ" އިން ސީސީސީ" އަށް މަތިކޮށްފައިވާ ކަމަށެވެ. އެއް ދަރަޖައިގެ މި ކުރިއެރުމަކީ ދުނިޔެއަށް ކުރިމަތިވެފައި އޮތް އިޤްތިޞާދީ ނުތަނަވަސްކަމުގެ ތެރޭގައިވެސް، ރާއްޖޭގެ މާލީ ޙާލަތާއި ސަރުކާރުގެ މާލީ އަދި އިޤްތިޞާދީ ސިޔާސަތުތަކާމެދު މާލީ އިދާރާތަކާއި އެކުވެރި ދައުލަތްތަކުގެ އިތުބާރު އޮތްކަމުގެ އަލިގަދަ ހެެއްކެއް ކަމަށް އެ ޕާޓީން ނެރުނު ބަޔާނުގައި ބުނެފައިވެއެެވެ.
އެ ބަޔާނުގައި ބުނެފައިވާ ގޮތުން، ރައީސް މުޢިއްޒު ވެރިކަމާ ޙަވާލުވެވަޑައިގަތްއިރު ރާއްޖޭގެ ދަރަނި އޮތީ ރެކޯޑު މިންވަރަކަށް މަތިވެފައެވެ. އަދި ބޭރުގެ ދަރަނިތައް އަދާނުކުރެވިދާނެކަމުގެ ކަންބޮޑުވުން އިންތިހާއަށް ބޮޑުވެ، ކްރެޑިޓް ރޭޓިންގް ދަށްވުމުގެ ސަބަބުން ބޭރުގެ މާލީ ބާޒާރުން ފައިސާ ހޯދުމުގައި ދައުލަތަށް ގިނަގުނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަން ޕީއެންސީގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެެ.ނަމަވެސް، ރައީސް މުޢިއްޒު ވެރިކަމާ ޙަވާލުވެވަޑައިގަތުމަށްފަހު އެމަނިކުފާނު އެންމެ އިސްކަމެއް ދެއްވައިގެން ކުރެއްވި މަސައްކަތްޕުޅަކީ ރާއްޖެއާމެދު ބޭރުގެ މާލީ އިދާރާތަކާއި އިންވެސްޓަރުންގެ އިތުބާރު އިއާދަކުރުންކަން ޕީއެންސީން ބުންޏެވެ. އެގޮތުން ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ތެރޭގައި ބޭރުފައިސާއާ ބެހޭ ޤާނޫނެއް ވުޖޫދަށް ގެނެސް، ފަތުރުވެރިކަމުގެ ވިޔަފާރިތަކުން ލިބޭ އާމްދަނީގެ ވަކި މިންވަރެއް ދިވެހި މާލީ ނިޒާމަށް މާރުކުރުން ލާޒިމުކުރުމާއި ސޮވެރިން ޑިވެލޮޕްމެންޓް ފަންޑަށް އަލުން ބޭރުފައިސާ ޖަމާކުރަން ފެށުން ހިމެނޭ ކަމަށް ޕީއެންސީން ނެެރުނު ބަޔާނުގައިވެއެވެ.
ޕީއެންސީގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، މި ސިޔާސަތުތަކުގެ ނަތީޖާ ވަރަށް ހެޔޮ ގޮތުގައި ފެންނަމުންދާ ކަމަށެވެ. އެގޮތުން އޭޕްރީލް މަހު 500 މިލިއަން ޑޮލަރުގެ ސުކޫކު ޕޭމެންޓެއް ދައްކަންޖެހުނުއިރު، ރަސްމީ ރިޒާވްގައި 1.3 ބިލިއަން އެމެރިކާ ޑޮލަރު އަދި ސޮވެރިން ފަންޑުގައި 320 މިލިއަން ޑޮލަރު ރައްކާކުރެވިފައި ހުރިކަން ފާހަގަކޮށްފައިވެއެވެ.
"ނަތީޖާއެއްގެ ގޮތުން، އިތުރު ދަރަންޏެއް ނުނަގައި އެ ސުކޫކުގެ ފައިސާ އަދާކުރެވުނެވެ. އަދި އިންޑިއާގެ ރިޒާވް ބޭންކުން ނެގި ކަރަންސީ ސްވޮޕްގެ 400 މިލިއަން ޑޮލަރާއި، 2020 ވަނަ އަހަރު އިންޑިއާއިން ނެގި 200 މިލިއަން ޑޮލަރުގެ ތެރެއިން އޭޕްރީލް މަހު ދައްކަންޖެހުނު 50 މިލިއަން ޑޮލަރުވެސް ދިވެހި ދައުލަތުގެ އަމިއްލަ ބާުރުވެރިކަމުގައި ވަނީ ދައްކައި ޚަލާޞްކުރެވިފައެވެ." ޕީއެންސީގެ ބަޔާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން ރާއްޖެއަށް ކުރިމަތިވެފައި އޮތް މާލީ ދަތިތަކުން ޤައުމު ސަލާމަތްކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ ސަރުކާރުން ކުރައްވަމުންދާ ބުރަ މަސައްކަތްޕުޅުތަކަށް ސާބަސްދެމުން، ޕީއެންސީން ވަނީ މި ލިބުނު ބޮޑު ކާމިޔާބީއާ ގުޅިގެން ރައީސަށާއި ސަރުކާރަށް ހޫނު މަރުޙަބާއެއް ކިޔައި، ޝުކުރު އަދާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު