ދިވެހި ފުލުހުންގެ ހިދުމަތުގެ ހިންގުން އިތުރަށް ހަރުދަނާކޮށް، ރައްޔިތުންނަށް ދެވޭ ހިދުމަތުގެ ފެންވަރު މަތިކުރުމުގެ މަގުސަދުގައި އެ މުއައްސަސާގެ އިދާރީ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފިއެވެ.
ފުލުހުންގެ އިދާރާއިން މިއަދު ހާމަކުރި ގޮތުގައި، އިއްޔެއިން ފެށިގެން އަމަލުކުރަން ފެށި މި އާ އޮނިގަނޑުގެ ދަށުން މަގާމުތަކަށް އޮފިސަރުން އައްޔަންކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. މި ބަދަލާއެކު، ފުލުހުންގެ މައިގަނޑު ހިދުމަތްތައް ވަނީ ތަފާތު ކޮމާންޑުތަކެއްގެ ދަށުން ތަރުތީބުކުރެވިފައެވެ. އޭގެ ތެރޭގައި ތަހުގީގީ ދާއިރާ، އިންޓެލިޖެންސް، ފޮރެންސިކް، އޮޕަރޭޝަނަލް ސަޕޯޓް، ޓެކްނޮލޮޖީ، ޓްރޭނިން އަދި ކޯޕަރޭޓް ސަޕޯޓް ފަދަ މުހިންމު ދާއިރާތައް ހިމެނެއެވެ.
އާ އޮނިގަނޑުގައި ކޮމާންޑް ލެވެލްގައި ހިމެނޭ މައިގަނޑު ބައިތަކަކީ:
- އޮފީސް އޮފް ދަ ކޮމިޝަނާ
- ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް
- ޕްރޮފެޝަނަލް ސްޓެންޑާޑްސް
- ނޭޝަނަލް އިންޓެލިޖެންސް ސާވިސް
- އިންޓާނަލް ސެކިއުރިޓީ އެންޑް އޮޕަރޭޝަނަލް ސަޕޯޓް
- ފޮރެންސިކް ސާވިސަސް
- ސެންޓްރަލް އިންވެސްޓިގޭޝަންސް
- މާލޭ ޕޮލިސް އަދި ހުޅުމާލޭ ޕޮލިސް
- ނޮދަން ޕޮލިސް އަދި ސަދަން ޕޮލިސް
- ސާވިސް ޑިވެލޮޕްމަންޓް އަދި ސާވިސް ސަޕޯޓް
- ޑިޖިޓަލް ޑޭޓާ އެންޑް ޓެކްނޮލޮޖީ
ފުލުހުންގެ އިދާރާއިން ހާމަކުރި ގޮތުގައި މި އާ އޮނިގަނޑު ފަރުމާކޮށްފައިވަނީ ތަފާތު ދާއިރާތަކުގެ މެދުގައި އޮންނަ ގުޅުން މިހާރަށްވުރެ ބަދަހިކޮށް، އޮޕަރޭޝަނަލް ހިންގުން ހަރުދަނާކުރުމަށެވެ. އަދި މީގެ އެންމެ ބޮޑު އެއް ބޭނުމަކީ ރައްޔިތުންނާ ވީހާވެސް ގާތުން ހިދުމަތް ފޯރުކޮށްދޭ ނިޒާމެއް ގާއިމްކުރުމެވެ.
މީގެ އިތުރުން، ހިދުމަތް ދިނުމުގެ އިސް ސަފުގައި ހަރަކާތްތެރިވާ އޮފިސަރުންގެ ދައުރު ފުޅާކުރުމާއި، ގައުމުގެ އަމާންކަމާއި ރައްކާތެރިކަމަށް އަންނަ ބަދަލުތަކަށް ރިއާޔަތްކޮށް، ލިބެންހުރި ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފާކަން ކަށަވަރުކުރުމަކީވެސް މި ބަދަލުތައް ގެނައި މައިގަނޑު ސަބަބެއް ކަމަށް އެ އިދާރާއިން މައުލޫމާތުދެއެވެ.

ކިޔުންތެރިންގެ ހިޔާލު