ށ. ގޮއިދޫ މިސްކިތުގެ އިމާމު، އެ ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ހިމެނޭ ވައިބާ ގުރޫޕަކަށް އޭނާ އެއްޖިންސުން ގުޅުންހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް ފޮނުވި މައްސަލައެއް ފެންމަތިވެ، އޭނާ މަގާމުން ވަކިކޮށްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ށ. ގޮއިދޫ ރައްޔިތުން ހިމެނޭ ބޮޑު ވައިބާ ގުރޫޕަކަށް އެ ރަށު އިމާމްގެ ފަރާތުން އެއްޖިންސުން ގުޅުންހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް ފޮނުވުނީ އޮޅުމަކުން ކަމަށް ބެލެވެއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މައުލޫމާތުތަކަށް ބަލާއިރު، މި އިމާމަކީ މީގެ ކުރިންވެސް އެއްޖިންސުން ގުޅުން ހިންގުމުގެ ކުށް ސާބިތުވެފައިވާ މީހެކެވެ. އަދި އޭނާ އިމާމުކަމުގެ މަގާމަށް އައްޔަންކުރި ފަހުންވެސް އެކި ފަހަރު މަތިން މިފަދަ ބޮޑެތި ތުހުމަތުތައް ކުރެވިފައިވެއެވެ.
ނަމަވެސް، މި ހާދިސާ ހިނގުމާ ހަމައަށްވެސް އޭނާ ހުރީ ރަށު މިސްކިތުގެ އިމާމުގެ މަގާމުގައެވެ.މި ހާދިސާއާ ގުޅިގެން ގޮއިދޫ ރައްޔިތުންގެ މެދުގައި ވަނީ ވަރަށް ބޮޑު ނުތަނަވަސްކަމެއް އުފެދިފައެވެ. ދީނީ ގޮތުން އެންމެ އިސްކޮށް ހުންނަ ފަރާތުގެ ކިބައިން ފެނުނު މި ދަށު ދަރަޖައިގެ އަމަލުގެ ސަބަބުން، ރަށުގެ ގިނަ ބަޔަކު ވަނީ އޭނާގެ ފަހަތުގައި ނަމާދުކުރުމަށް ދެކޮޅު ހަދާފައެވެ. އަދި މިއީ މުޅި ރަށުގެ ދީނީ އަދި އަހުލާގީ މިންގަނޑަށް ލިބުނު ބޮޑު ހުތުރެއްގެ ގޮތުގައި ރައްޔިތުން ސިފަކުރެއެވެ.
ރައްޔިތުންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް އިންތިހާއަށް އިތުރުވެފައި ވަނިކޮށް، ބައެއް މީޑިޔާތަކަށް މައޫލޫމާތު ދެއްވަމުން އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، އެ މައްސަލަ ބަލައި މިހާރު އޭނާ އިމާމުކަމުގެ ވަޒީފާއިން ވަކިކޮށްފައިވާ ކަމަށެވެ.
މި ހާދިސާއާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތާ ސުވާލު ކުރުމުން، މިހާތަނަށް އެ މުއައްސަސާއިން ވަކި ޖަވާބެއް ދީފައެއް ނުވެއެވެ.
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އާއި ފުލުހުން ގުޅިގެން މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކޮށް، އިސްލާމީ ޝަރީއަތާއި ގާނޫނުގެ ތެރެއިން އެ ފަރާތަށް އެކަށީގެންވާ ހަރުކަށި ފިޔަވަޅު އެޅުމަށް ގޮއިދޫ ރައްޔިތުން އަންނަނީ ގޮވާލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު