އަޟްހާ ޢީދު ތެރޭގައި އަންހެންކުއްޖެއްގެ ގަޔަށް ކުލަޖެހި ކަމަށް ބުނެ އއ. އުކުޅަހު ގެއަކަށް ވަދެ ކުޑަކުއްޖަކަށް އަނިޔާކުރި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ ނޯތު ސެންޓްރަލް ޕޮލިސް ޑިވިޜަންގައި ހިމެނޭ ރަށެއްގައި 17 އަހަރުގެ ފިރިހެން ކުއްޖަކަށް އަނިޔާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް، 2026 މެއި 29 ވީ ހުކުރު ދުވަހުގެ ރޭ ދަންވަރު 02:30 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ހަމަ އެ ދުވަހު 28 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

"މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، ތުހުމަތު ކުރެވޭ މީހާ ވަނީ ހުއްދަ ނެތި ގެއަކަށް ވަދެ، އެ ކުއްޖާއަށް ހަމަލާދީ އަނިޔާކޮށްފައެވެ." ފުލުހުންގެ އިދާރާ އިން ބުނެފައިވެއެވެ.

މިއީ ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭ މައްސަލައަކަށް ވާތީ، މި ހާދިސާ ހިނގި ރަށަކީ ކޮބައިކަން ފުލުހުން ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.

މި ހާދިސާ ހިނގަން މެދުވެރިވީ އީދު ކުޅިވަރުގެ ތެރެއިން އަންހެން ކުއްޖެއްގެ ގަޔަށް ކުލަޖެހުނު މައްސަލައެއްގައެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު