އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓްކުރުމާ ބެހޭ ބިލު ތަޞްދީޤު ނުކުރައްވައި، އެ ބިލާ މެދު އަލުން ވިސްނާވަޑައިގަތުމަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު އެ ބިލު ރައްޔިތުންގެ މަޖިލީހަށް އަނބުރާ ފޮނުއްވައިފިއެވެ.
މި ބިލަކީ މި ހިނގާ 2026 މެއި 14 ވީ ބުރާސްފަތި ދުވަހު ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 19 ވަނަ ޖަލްސާއިން ފާސްކުރައްވައި، ތަޞްދީޤުކުރެއްވުމަށްޓަކައި އެ މަހުގެ 19 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ފޮނުއްވާފައިވާ ބިލެކެވެ.
މި ބިލު ތަޞްދީޤު ނުކުރައްވައި އަނބުރާ މަޖިލީހަށް ފޮނުއްވަން ރައީސުލްޖުމްހޫރިއްޔާ ނިންމެވީ، މަޖިލީހުން ބިލު ފާސްކުރިއިރު ގެނައި ބަދަލުތަކުގެ ސަބަބުން، އެ ބިލުގައި ހުރި ކަންކަން އަމަލީގޮތުން ތަންފީޒުކުރުމުގައި ދަތިތަކެއް ދިމާވެދާނެތީއެވެ.
އެހެންކަމުން، ބިލު މިހާރު އޮތް ގޮތް މުރާޖައާކުރައްވައި، އޭގެއަށް ބައެއް އިސްލާހުތައް ގެންނަންޖެހޭ ކަމަށް ފެނިވަޑައިގަންނަވާތީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 91 ވަނަ މާއްދާގެ (ހ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ވަނީ މި ބިލާ މެދު އަލުން ވިސްނުމަށް އެދިވަޑައިގެން މިރޭ ބިލު އަނބުރާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު