ދިވެހިރާއްޖޭގެ ކަނޑުދަތުރުފަތުރުގެ ތާރީޚުގައި ހިނގާދިޔަ އެންމެ ހިތާމަވެރި އެއް ހާދިސާ ކަމަށްވާ "އެނަމާ" ބޯޓު ބަންޑުން ޖަހާލި ހާދިސާގައި، މާމަދަރިފުޅު ސަލާމަތްކުރުމަށް އާދަޔާޚިލާފު ހިތްވަރެއް ދެއްކި ގދ. ތިނަދޫ، މަރިޔަމް ފާއިޒާ (މަރިޔަންފާންތާ) ނިޔާވެއްޖެއެވެ.
މުޅި ގައުމު ރޮއްވާލި އެނަމާ ބޯޓުގެ ހިތާމަވެރި ހާދިސާ ހިނގާފައިވަނީ 2004 ވަނަ އަހަރުގެ މާޗް މަހުގެ 17 ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ. ގއ. ވިލިނގިލިން ފުރައިގެން 122 މީހުންނާއެކު ގދ. ތިނަދުއަށް ދަތުރުކުރި އެ ބޯޓު ބަންޑުން ޖަހާލި މި ހާދިސާގައި 22 މީހުން މަރުވެ، ދެ މީހަކު ވަނީ ގެއްލިފައެވެ.
މި ބިރުވެރި ހާދިސާ ހިނގި ވަގުތު، މަރިޔަމް ފާއިޒާގެ މާމަދަރިފުޅު ޒައިން އިނީ އެ ހާދިސާގައި ނިޔާވި ތިނަދުއަށް ނިސްބަތްވާ މަޝްހޫރު ފިލްމީ ތަރި އަމީޒާ އަހުމަދުގެ އުނގުގައެވެ. ބޯޓު ކުއްލިއަކަށް ފުރޮޅިގެން ދިޔަ ނާޒުކު ވަގުތު، ކަނު އަނދިރީގެ ތެރޭގައިވެސް ޒައިން ސަލާމަތްކުރުމުގެ އަޒުމުގައި އެންމެ ފުރަތަމަ އެ ކުއްޖާގެ އަތުގައި ހިފީ މާމަ ފާއިޒާއެވެ.
މި ހާދިސާއާ ގުޅިގެން ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އަށް ކުރިން ދީފައިވާ އަސަރުގަދަ އިންޓަވިއުއެއްގައި ފާއިޒާ ބުނެފައިވަނީ، ބޯޓު ބަންޑުން ޖަހާލުމާއެކު ޒައިންގެ އަތުގައި ހިފައިގެން އޮއްވާ، ކޮންމެވެސް މީހަކު ގޮވާފައި ޒައިން އޭނާއާ ހަވާލުކުރުމަށް އެދުނު ކަމަށެވެ. އަދި އޭނާގެ އަތުން ޒައިން އަތުލީވެސް އެ މީހާ ކަމަށް ބެލެވޭ ކަމަށާއި، އެ ހިސާބުން ލޯމަތިން ޒައިން ގެއްލުނު ކަމަށް އޭނާ ކިޔައިދީފައިވެއެވެ.
މަރިޔަމް ފާއިޒާ ނިޔާވުމާ ގުޅިގެން ތިނަދޫގެ ރައްޔިތުންނަށާއި، އެ ހާދިސާގެ ހިތްދަތި ހަނދާންތައް ހުރި ގިނަ ބަޔަކަށް ވަނީ ފުން އަސަރެއް ކޮށްފައެވެ. އޭނާއަކީ އެނަމާ ހާދިސާގެ ބިރުވެރި ވަގުތު އާއިލީ ލޯތްބާއި ހިތްވަރުގެ ނަމޫނާއެއް ދެއްކި ކެރޭ އަންހެނެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު