ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހުގައި މިހާރު ޤައުމުގެ ކަންކަމާ ގުޅޭގޮތުން ވިސްނޭ، ތަނެއް ދޮރެއް އެނގޭ ފަދަ ޤާބިލު ބޭފުޅުންނެއް ނެތް ކަމަށާއި، އެހެންކަމުން މި ސަރުކާރަށް މާބޮޑު ކަމެއް ކޮށްދެވިދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގެ ކެމްޕޭނަށް ހއ. ހޯރަފުއްޓަށް ވަޑައިގެން އެ ރަށުގެ އެމްޑީޕީ މެމްބަރުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރައީސް މުޢިއްޒުގެ އަރިހުގައި މިހާރު ޤައުމުގެ ކަންކަމާ ގުޅޭގޮތުން ވިސްނޭ، ތަނެއް ދޮރެއް އެނގޭ ފަދަ ޤާބިލު ބޭފުޅުންނެއް ނެތް ކަމަށެވެ. ނަޝީދު ވިދާޅުވީ ރައީސް މުޢިއްޒު އަރިހުގައި ތިބި ތަންދޮރު ރަނގަަޅަށް އެނގޭ ބޭފުޅުން މިހާރު ޕީއެންސީ ދޫކުރައްވައި ވަޑައިގެންފި ކަމަށާއި އެބޭފުޅުން މިހާރު ތިބީ ރައީސް ޔާމިނާއެކު ކަމަށެވެ. އެހެންކަމުން މިހާރުގެ ސަރުކާރުން ކަންކަން ކުރުމުގެ ޤާބިލުކަން ހުރި މިންވަރާމެދު އެމަނިކުފާނު ސުވާލު އުފެއްދެވިއެވެ.
"އެބޭފުޅުންނަށް މިކަންކަން ކުރެވޭކަށެއް ނެތް. ޙަޤީޤަތަކީ އެބޭފުޅުންގެ ގާތަކު، ރައީސް މުޢިއްޒުގެ ގާތުގައި ނެތް އެއްވެސް ކަހަލަ، ތަނެއް ދޮރެެއް، މާބޮޑަކަށް މިކަހަލަ ކަމަކާ ގުޅޭގޮތުން ވިސްނޭ ކަހަލަ ބޭފުޅުންނެއް. ރައީސް ޔާމީނާ އެކީގައި ޕީ.އެން.ސީ ގާ ތިއްބެވި އޭގެ ބޭފުޅުން ހިނގައްޖެ." ރައީސް ނަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ ޕްރޮޖެކްޓްތަކަށްވުރެ މުހިންމީ ޖީބަށް ވަންނަ ފައިސާ އިތުރުވުން ކަމަށެވެ.
އެގޮތުން ސަރުކާރުން އެކި ކަހަލަ ތަރައްޤީގެ ޕްރޮޖެކްޓްތައް ހިންގާ ވާހަކަ ދެއްކި ނަމަވެސް، މިވަގުތު ރައްޔިތުންނަށް އެންމެ މުހިންމީ އެފަދަ މަޝްރޫޢުތަކެއް ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. މިހާރު އެންމެ ބޮޑަށް ބޭނުންވަނީ ރައްޔިތުންގެ ޖީބަށް ވަންނަ ފައިސާ ނުވަތަ އާމްދަނީ އިތުރުކުރެވޭނެ ގޮތްތަކެއް ހޯދުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ މިއަދުގެ ޙާލަތަށް ބަލާއިރު، ކޮންމެ މީހަކަށް 9،000 ނުވަތަ 10،000 ރުފިޔާ ލިބުނު ކަމުގައި ވިޔަސް، އަދި ގޭގެ ހުރިހާ އެންމެން އާމްދަނީ ހޯދި ކަމުގައި ވިޔަސް، ދިރިއުޅެވޭނީ ކިރިޔާ ސަރުކާރުން އެއްޗެއް ދީގެން ކަމަށެވެ. އެހެން ނޫންނަމަ އަނެއްކާވެސް ޖެހޭނީ ދަރަނިވެރިވާން ކަމަށް ނަޝީދު ވިދާޅުވިއެވެ.ރާއްޖޭގެ ޢާއިލާތަކުގެ އާމްދަނީއާއި ޚަރަދުތަކަށް އަލިއަޅުއްވާލައްވަމުން ނަޝީދު ވިދާޅުވީ، އެވްރެޖްކޮށް ކޮންމެ ގެއަކަށް 20،000 އާއި 30،000 ރުފިޔާއާ ދެމެދުގެ އަދަދެއް ވަންނަ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ. ނަމަވެސް، ތެލާއި، ކަރަންޓާއި، ފެނުގެ ޚިދުމަތްތަކުގެ އަގުތައް މިހާރު ހުރި ނިސްބަތުން 20،000 ރުފިޔާއަކީ ދިރިއުޅުމުގެ ޚަރަދުތައް ދެކޮޅުޖެއްސޭނެ މިންވަރެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެހެންކަމުން، އެމްޑީޕީގެ އަދި އެމަނިކުފާނުގެ އަމާޒަކީ ރައްޔިތުންގެ ދިރިއުޅުމުގެ ޚަރަދުތައް ދެކޮޅުޖެއްސުމަށްޓަކައި، އަތްމަތި ތަނަވަސްކޮށްދީ، އާމްދަނީ ބޮޑުކޮށްދިނުމުގެ މަސައްކަތް ކޮށްދިނުން ކަމަށް ނަޝީދު ވިދާޅުވިއެވެ.
" އިރާދަކުރެއްވިއްޔާ ކުރިއަށް މި އޮތް 5-6 އަހަރު ތެރޭގައި ތިބޭފުޅުންގެ ޖީބަށް ވަންނަ އެއްޗެއް އަޅުގަނޑުމެން (އެމްޑީޕީގެ) ސިޔާސަތުތަކުގެ ސަބަބުން ދެގުނަވާނެ ވިޔަފާރިތަކެއް އަޅުގަނޑުމެން ގެނެސްދޭނަން، އެމްޑީޕީ އަކީ އަބަދުވެސް މި ރާއްޖެ އަށް ބަދަލެއް ގެނެސްދޭނެ ޕާޓީއަކީ، އެމްޑީޕީއަކީ މިރާއްޖޭގައި އޮތް ވަރުގަދަ މުވައްސަސާ އެއް އެ މުވައްސަސާއަކީ މި ދެންނެވި ބާވަތުގެ ކަންކަން ކުރެވޭނެ މުވައްސަސާ އެއް" ހޯރަފުށީގެ ރައްޔިތުންނާއި މުޚާތަބު ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު