ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މުވައްޒަފުންގެ އަދަދު އިންތިހާއަށް އިތުރުވެ، ކުންފުނީގެ މާލީ ހާލަތު ދަށްވެފައިވާތީ، ކުންފުނި ހަމަމަގަށް އެޅުވުމަށްޓަކައި "ރައިޓް ސައިޒް" ކުރަން ޖެހިފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު އަފީފް ހުސައިން ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި އަފީފް ހާމަކުރެއްވި ގޮތުގައި، މިހާރު އެ ކުންފުނީގައި 8،000 އެއްހައި މުވައްޒަފުން މަސައްކަތް ކުރަމުންދާއިރު، މިއީ ކުންފުނީގެ އޮޕަރޭޝަނަލް މިންގަނޑަށް ބަލާއިރު ބޭނުންވާ މިންވަރަށްވުރެ އެތައް ގުނައެއް އިތުރު އަދަދެކެވެ. އެހެންކަމުން، ކުންފުނީގެ އޮނިގަނޑު އިސްލާހުކޮށް، މަސައްކަތުގެ ފެންވަރަށް ބަލައި ބަދަލުތަކެއް ގެނައުމަކީ މިވަގުތަށް ކޮންމެހެން ކުރަންޖެހިފައިވާ ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.
"މި މަސައްކަތުގެ ތެރެއިން އަޅުގަނޑަށް ފާހަގަކުރެވުނީ ރަނގަޅުކުރެވިދާނެ ވަރަށް ގިނަ ކަންކަން އެބަހުރިކަން. އެންމެ ފުރަތަމަ ކަމަކަށް ކުންފުނި ރައިޓް ސައިޒް ކުރުމުގެ މަސައްކަތް އެބަކުރަންޖެހޭ،" އަފީފް ވިދާޅުވިއެވެ.
ކުންފުނީގެ މިހާރުގެ ހާލަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން އެމްޑީ ވިދާޅުވީ، ފެނަކައިގެ މާލީ ހާލަތު އޮތީ ވަރަށް ދަށްކޮށް ކަމަށާއި، ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ބޭނުންވާ އެންމެ އަސާސީ ތަކެތީގެ ސްޓޮކްވެސް އެކަށީގެންވާ ވަރަށް ނެތް ކަމަށެވެ. އަދި ކުންފުނީގެ މާޒީގައި ކަންކަން ހިނގާފައިވާ ގޮތުން، އޮޑިޓްތަކާއި އެހެނިހެން އިދާރާތަކުން ކުރި ތަހުގީގުތަކުން އިސްލާހުކުރަންޖެހޭ ބައިވަރު މައްސަލަތަކެއް ފާހަގަކުރެވިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އަފީފް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ކުންފުނީގެ އޮނިގަނޑު އިސްލާހުކުރުމުގެ މައިގަނޑު މަގުސަދަކީ ރައްޔިތުންނަށް ދެމެހެއްޓެނިވި ގޮތެއްގައި، އިތުބާރުހުރި ޚިދުމަތެއް ފޯރުކޮށްދިނުމެވެ. އަދި މަސައްކަތުގެ ދާއިރާގައި އެންމެ އެކަށޭނަ ގޮތުގައި މަސައްކަތްކުރާ މުވައްޒަފުންނާއި، މަސައްކަތް ނުކުރާ މުވައްޒަފުން ވަކިކޮށް، ކުންފުނީގެ އުފެއްދުންތެރިކަން އިތުރުކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"ވަރަށް ގިނަ ކަންކަން އިސްލާހުކޮށްގެން ނޫނީ ކުންފުނި ދެމެހެއްޓެނިވި މަގެއްގައި ރައްޔިތުންނަށް ބޭނުންވާ ހިދުމަތް ފޯރުކޮށްދިނުމުގައި، ރައްޔިތުންގެ އިތުބާރު އޮންނަ ކުންފުންޏެއްގެ ގޮތުގައި ހިންގުމަށް ދަތިވާނެކަން އަޅުގަނޑަށް ފާހަގަކުރެވެނީ،" އަފީފް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު