13 ރަށެއްގައި 15 މެގަވޯޓުގެ ސޯލާ ޕީ.ވީ. ސަބް ޕްރޮޖެކްޓް ހިންގަން އެއްބަސްވުމެއްގައި ސޮއިކުރުން--
13 ރަށެއްގައި 15 މެގަވޯޓުގެ ސޯލާ ޕީ.ވީ. ސަބް ޕްރޮޖެކްޓް ހިންގަން އެއްބަސްވުމެއްގައި ސޮއިކުރުން--
13 ރަށެއްގައި 15 މެގަވޯޓުގެ ސޯލާ ޕީ.ވީ. ސަބް ޕްރޮޖެކްޓް ހިންގަން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއީ އެންވަޔަރަމަންޓް މިނިސްޓްރީއާއި ސްޓެލްކޯ އަދި ފެނަކައި އަރައިޒް އިނިޝިއޭޓިވްގެ ދަށުން ހިންގާ މަޝްރޫއެކެވެ. އެ މަޝްރޫއު މިއަދު ހަވާލުކުރީ ސީނޯ ސޯއާރ ހައިބްރިޑް ޓެކްނޮލޮޖީއާއެވެ.

މި އެއްބަސްވުންތަކުގެ ދަށުން، ލ. އަތޮޅު ކްލަސްޓާ (ލޮޓް 1) އާއި މައިގަނޑު ސަރަހައްދީ ހަބްތައް (ލޮޓް 2) ހިމެނޭ 13 ރަށެއްގައި ސޯލާ ޕީ.ވީ. ސަބް ޕްރޮޖެކްޓް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. ވޯލްޑް ބޭންކް، ސީ.ޓީ.އެފް. އޭ.އައި.އައި.ބީ.، އަދި މީގާ ފަދަ މާލީ އިދާރާތަކުން ފަންޑުކޮށް، 20 އަހަރުގެ ޑީ.ބީ.-އެފް.އޯ.އޯ.ޓީ. ފްރޭމްވޯކެއްގެ ތެރެއިން ކުރިއަށްގެންދާ މި މަޝްރޫއަކީ ދިވެހިރާއްޖޭގެ އިޔާދަކުރަނިވި ހަކަތައިގެ ކެޕޭސިޓީ އިތުރުކުރުމަށް ވަރަށް މުހިންމު ފިޔަވަޅެއްކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެއެވެ.

ހައުސިން މިނިސްޓްރީ އިން ބުނީ މި މަޝްރޫއު އެއްކޮށް ނިމި އޮޕަރޭޝަނަށް އައިސްފިނަމަ، ދިވެހިރާއްޖޭގެ ޖުމްލަ ސޯލާ ކެޕޭސިޓީ 34 މެގަވޮޓަށް އިތުރުވެގެންދާނެ ކަމަށާއި އަދި އެއާއެކު 2025 ވަނަ އަހަރާ ހަމައަށް ރާއްޖޭގައި އިޔާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓުގެ ޖުމްލަ އިންސައްތަ 24 އަށް އަރާނެކަމަށެވެ.

"މީގެ ސަބަބުން، ކޮންމެ އަހަރަކު އެތެރެކުރާ ޑީސަލުގެ އަދަދު 15 މިލިއަން ލީޓަރު ކުޑަވެ، ގައުމަށް އަހަރަކު 180 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެއެވެ. މި މަޝްރޫއަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ 33 އިންސައްތައިގެ އިޔާދަކުރަނިވި ހަކަތައިގެ އަމާޒު ހާސިލުކުރުމަށް ދެވޭ ވަރަށް ބޮޑު އެއްބާރުލުމެކެވެ." މިިނިސްޓްރީން އިތުރަށް ބުންޏެވެ.



ކިޔުންތެރިންގެ ހިޔާލު