ފޮޓޯ: ވީޑިއޯއިން ކެޕްޗަރ ކޮށްފައި
ފޮޓޯ: ވީޑިއޯއިން ކެޕްޗަރ ކޮށްފައި
އަރިއަތޮޅު އުތުރުބުރީ ރަސްދޫ ކައިރިން ދަތުރުކުރަމުންދިޔަ ލޯންޗެއް ފަރަށް އަރައި، ދިޔަވެ އަޑިއަށްދަނިކޮށް އޭގައި ތިބި 20 މީހުން ސަލާމަތްކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ 2026 މެއި 30 ވަނަ ދުވަހުގެ ދަންވަރު 01:45 އެހާކަންހާއިރު، ކޮންސްޓަންސް ހަލަވެލި ރިސޯޓް ކައިރިންނެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ލޯންޗު ފަރަށް އަރައި ފަޅައިގެން ދިއުމުގެ ސަބަބުން ކަމަށް މައުލޫމާތު ލިބެއެވެ.

މި ހާދިސާ ހިނގުމާ ގުޅިގެން ލޯންޗުގެ ވެރިފަރާތުން ވަނީ ވަގުތުން އެ ސަރަހައްދަށް އިތުރު ލޯންޗެއް ފޮނުވާފައެވެ. އަދި ދިޔަވަމުންދިޔަ ލޯންޗުގައި ތިބި 20 މީހުން ވަނީ އެހީތެރިކަމަށް ދިޔަ ލޯންޗަށް ރައްކާތެރިކަމާއެކު ބަދަލުކޮށްފައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާއިރު، ސަލާމަތްކުރި އެންމެންގެ ހާލުވެސް ރަނގަޅު ކަމަށްވެއެވެ.

މި ހާދިސާގެ ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު، އެންމެ ބޮޑަށް ފާހަގަކުރެވުނު އެއް ކަމަކީ ލޯންޗުގައި ތިބި މީހުން ލައިފްޖެކެޓް އަޅާފައި ނުވާކަމެވެ. ރާއްޖޭގައި ކަނޑުދަތުރުފަތުރު ކުރުމުގައި ލައިފްޖެކެޓް އެޅުމަކީ ބަލިކަށިކަމެއްގެ ގޮތުގައި ދެކޭ ނުރައްކާތެރި ސަގާފަތެއް އޮތްކަން މި ހާދިސާއިން އަނެއްކާވެސް ވަނީ ހާމަވެފައެވެ.



ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ލައިފްޖެކެޓް އެޅުމުގެ އާދަ އަށަގަންނުވަން ޖެހޭއިރު، މިއީ އުޅަނދުފަހަރުގެ ކެޕްޓަނުންނާއި ފަސިންޖަރުންވެސް ޒިންމާދާރުކަމާއެކު އަމަލުކުރަންޖެހޭ ކަމެކެވެ.

ފުހުހުން ބުނީ، މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލައި، މި މައްސަލަ އިތުރަށް ތަހްގީގް ކުރަމުންދާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު