މެދުއިރުމަތީގައި އުފެދިފައިވާ ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖެއަށް ފަތުރުވެރިން އަންނަ މިންވަރު ކުޑަކޮށް ދަށްވުމަށްފަހު، މި ހިނގާ މަހުގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަމަށް އަނެއްކާވެސް ކުރިއެރުމެއް ލިބެމުންދާކަން ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި މަހުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 2.6 އިންސައްތަ އިތުރުވެފައެވެ. އެގޮތުން މި މަހުގެ މިހާތަނަށް ޖުމްލަ 122,548 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާއިރު، މިއީ ދުވާލަކު އެވްރެޖްކޮށް 6,286 ފަތުރުވެރިންގެ ރޭޓެކެވެ.
ފަތުރުވެރިކަމުގެ ދާއިރާގެ ތަޖުރިބާކާރުން ފާހަގަކުރާ ގޮތުގައި، ފަތުރުވެރިން އަންނަ މިންވަރު އަލުން މައްޗަށް ދާން ފެށި މައިގަނޑު ސަބަބަކީ ބައިނަލްއަގުވާމީ ބޮޑެތި އެއަރލައިންތަކުން ރާއްޖެއަށް ކުރާ ދަތުރުތައް އަލުން ފެށުމެވެ. ވަކިން ހާއްސަކޮށް، މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން މެދުކަނޑާލާފައި އޮތް ގަތަރު އެއަރވޭސް އާއި އެމިރޭޓްސްގެ ދަތުރުތައް އަލުން ފެށުމަކީ ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވުމަށް ލިބުނު ބޮޑު ބާރެކެވެ.
މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ މާކެޓްތަކަށް ބަލާއިރު، އެއްވަނައިގައި އުޅެނީ ޗައިނާއެވެ. އެ ގައުމުން މިހާތަނަށް 141,339 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.
ޗައިނާގެ އިތުރުން ރަޝިއާ، އިނގިރޭސިވިލާތް، އިޓަލީވިލާތް އަދި ޖަރުމަނުވިލާތަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުތަކެވެ.

ކިޔުންތެރިންގެ ހިޔާލު