ހައުސިންގް މިނިސްޓްރީގެ ކޯޑިނޭޓަރެއްގެ މަޤާމުގައި މަސައްކަތްކުރެއްވި، ލ. ދަނބިދޫ، ނިރިލި، އަލްމަރްޙޫމް ޢަބްދުﷲ ޝަރީފް އަވަހާރަވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ އާއިލާއަށް ތަޢުޒިޔާ ފޮނުއްވައިފިއެވެ.
ޢަބްދުﷲ ޝަރީފް އަވަހާރަވުމާ ގުޅިގެން މީސްމީޑިއާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މަރުޙޫމްގެ އާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުޢާކުރައްވައި، ތަޢުޒިޔާ ފޮނުއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައި ޢަބްދުﷲ ޝަރީފަކީ ލ.ދަނބިދޫގެ ކަތީބުކަމާއި، ހިންގުމުގެ ދާއިރާގެ އެކި މަޤާމުތަކުގައި ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި، މަސައްކަތަށް ހީވާގި ބޭފުޅެއްކަމަށް ފާހަގަކުރަށްވާފައިވެއެވެ. ޚާއްޞަކޮށް ދައުލަތަށް އޭނާ ކޮށްދެއްވި އަގުހުރި ޚިދުމަތްތަކުގެ ހަނދާން އެމަނިކުފާނު އައުކުރެއްވިއެވެ.
ޢަބްދުﷲ ޝަރީފް އަވަހާރަވީ މިއަދުގެ ވަގުތެއްގައެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 69 އަހަރެވެ. މަރުޙޫމްގެ މައްޗަށް ކަށުނަމާދު ކޮށްފައިވަނީ މިއަދުގެ ޢަޞްރު ނަމާދަށްފަހު އާސަހަރާ މިސްކިތުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓު ނިންމަވާލެއްވީ، މަރުޙޫމް ޢަބްދުﷲ ޝަރީފަށް މާތްﷲގެ ތަނަވަސް ރަޙުމަތާއި ފުއްސެވުން މިންވަރުކުރައްވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި ދުޢާ ކުރަށްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު