އިޓަލީގެ ޑައިވަރުންތަކެއް މަރުވި ހިތާމަވެރި ހާދިސާ ހިނގި ވ. އަތޮޅު އަލިމަތާ ކައިރީގައި އޮންނަ ކަނޑު އަޑީގެ ހޮހަޅައިގެ އެކްސްކްލޫސިވް ވީޑިއޯ ފުރަތަމަ ފަހަރަށް އާންމުކޮށްފިއެވެ.
މި ވީޑިއޯ އާންމުކޮށްފައި ވަނީ ރޭ ރާއްޖެ ގަޑިން 12 ޖެހި އިރު "ރައިނިއުސް" އިންނެވެ. މިއީ މި މަހުގެ 22 ވަނަ ދުވަހު އެ ހޮހަޅައިގެ ޖުމްލަ 6 ފޮޓޯއެއް އާންމުކުރުމަށްފަހު، އޭގެ ހަ ދުވަސް ފަހުން އާންމުކުރި ވީޑިއޯއެކެވެ.
މި ވީޑިއޯއަކީ ”ޑޭން ޔޫރަޕް ފައުންޑޭޝަން“ ގެ އެހީތެރިކަމާއެކު ހަށިގަނޑުތައް ނެގުމުގެ އޮޕަރޭޝަނުގައި ހަރަކާތްތެރިވި ފިންލޭންޑްގެ ރެސްކިއު ޓީމުގެ ޑައިވަރުން ނަގާފައިވާ ވީޑިއޯއެކެވެ.
މި އޮޕަރޭޝަނުގައި ބައިވެރިވި ރެސްކިއު ޑައިވަރު ސާމީ ޕަކަރިނެން އިއްޔެ މީޑިއާއަށް މައުލޫމާތު ދެމުން ބުނީ، މަރުވި ޑައިވަރުންގެ ހަށިތައް ފެނުނީ ޗާޓުގައި ނެތް، އަދި ދާން ނުޖެހޭ ފަދަ ނުރައްކާތެރި ފުން ހިސާބަކުން ކަމަށެވެ. ގާތްގަނޑަކަށް 60 މީޓަރު އަޑީގައިވާ މި ހޮހަޅައިގެ ތެރެއަށް އެމީހުން ވަދެފައިވާކަން އެނގުނީ ވެލިގަނޑުގައި ހުރި ނިޝާންތަކަކުން ކަމަށް އޭނާ ކިޔައިދިނެވެ. އަދި ކުރިމަގުގައި މިފަދަ ހިތާމަވެރި ހާދިސާތައް ހިނގުން ހުއްޓުވުމަށްޓަކައި އެ ހޮހަޅަ ރަނގަޅަށް މެޕްކުރުމަށް އަލުން ރާއްޖެ އަންނާނެ ކަމަށްވެސް ސާމީ ބުންޏެވެ.
މި ހާދިސާގައި ޖުމްލަ ފަސް މީހަކު ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ ޖެނޯއާ ޔުނިވަރސިޓީގެ ޕްރޮފެސަރެއް ކަމަށްވާ މޮނިކާ މޮންޓެފަލްކޯން (51އ) އާއި، އޭނާގެ ދަރިފުޅު ޖިއޯޖިއާ ސޮމަކަލް (23އ) އާއި، ރިސާޗަރ މުރިއެލް އޮޑެނީނޯ (31އ) އާއި، ފެޑެރީކޯ ގުއަލްޓިއޭރީ (30އ) އެވެ. މީގެ އިތުރުން ”ޑޫކް އޮފް ޔޯކް“ ސަފާރީގެ އިންސްޓްރަކްޓަރު ޖިއާންލޫކާ ބެނެޑެޓީ (44އ) ވެސް ވަނީ މި ހާދިސާގައި މަރުވެފައެވެ.
މަރުވި މީހުންގެ ވަގުތީ އޮޓޮޕްސީ ރިޕޯޓުތައް ދައްކާ ގޮތުން އެމީހުން މަރުވާން މެދުވެރިވީ ގެނބިގެން ނުވަތަ ހަށިގަނޑަށް ބޭނުންވާ އޮކްސިޖަން ނުލިބިގެންނެވެ. މި ހާދިސާއާ ގުޅިގެން އިޓަލީގެ ރޯމް ޕްރޮސެކިއުޓާސް އޮފީހުން ދަނީ މީހުން މަރުވުމުގައި އެއްވެސް ފަރާތެއްގެ އިހުމާލެއް އޮތްތޯ އިތުރަށް ތަހުގީގު ކުރަމުންނެވެ.
މި ހާދިސާގެ ތެރެއިން އިތުރު ފުން ހިތާމައެއް ލިބިގެންދިޔައީ، ގެއްލުނު ޑައިވަރުން ހޯދުމުގެ ނުރައްކާތެރި ސަލާމަތީ އޮޕަރޭޝަންގައި އުޅެނިކޮށް، ދިވެހި ސިފައިންގެ (އެމްއެންޑީއެފް) އެންމެ ތަޖުރިބާކާރު އެއް ޑައިވަރު ކަމަށްވާ ސްޓާފް ސާޖަންޓް މުހައްމަދު މަހުދީ ނިޔާވުމާ ގުޅިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު