އައްޑޫ އީދި ސަމާ 2026 ގެ ފޯރިގަދަ ހަރަކާތްތަކުގެ ތެރެއިން، މިއަދު ހަވީރު މަރަދޫގައި ބާއްވާ ހާއްސަ އާއިލީ ހަވީރަށް ހުރިހާ ތައްޔާރީތަކެއް ވެނިމިއްޖެއެވެ. މަރަދޫ ބަނދަރު ސަރަހައްދުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ހަރަކާތަކީ އާއިލާތަކަށާއި ކުޑަކުދިންނަށް އުފާވެރި ވަގުތުތަކެއް ހޭދަކޮށްލެވޭނެ ގޮތަށް ފަރުމާކޮށްފައިވާ ހަރަކާތެކެވެ.
މިއަދު ހަވީރު 4:00 އިން 6:00 އަށް ކުރިއަށްދާ މި ހަވީރުގައި ތަފާތު ކުޅިވަރުތަކާއި، ކާބޯތަކެތީގެ އިތުރުން އެކި ބާވަތްތަކުގެ މުދާ ލިބެން ހުންނާނެ ސްޓޯލްތައް ހުންނާނެއެވެ. މިއީ އާންމުކޮށް ބާއްވާ އާއިލީ ހަވީރުތަކާ ހިލާފަށް، ވަރަށް ގިނަ ސަޕްރައިޒްތަކެއް ހިމެނޭ ގޮތަށް ރާވާފައިވާ ފުރިހަމަ ހަރަކާތެކެވެ.
މި ހަވީރުގެ އެންމެ ހާއްސަ އެއް ބަޔަކީ ޒިޔާރަތްކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިޔަކަށް ދިނުމަށް ހަމަޖެހިފައިވާ އުމްރާ ދަތުރެވެ. މީގެ އިތުރުން، އެންޓްރަންސް ޓިކެޓާއެކު ނަގާ ގުރުއަތުން ހޮވޭ ފަރާތްތަކަށް އަގުބޮޑު އިނާމުތަކާއި، ކޭޝް ޕްރައިޒް ވައުޗާތަކުގެ އިތުރުން އެކި ކަހަލަ ގިފްޓް ވައުޗާތައް ލިބިގެންދާނެއެވެ.
މި ހަރަކާތާ ގުޅޭގޮތުން ވާހަކަދައްކަވަމުން މިކަމުގައި އިސްކޮށް ހަރަކާތްތެރިވާ ޝައުޒަން ވިދާޅުވީ، މިއީ ހަމައެކަނި އުމްރާ ދަތުރެއް ދޭ ހަވީރެއް ނޫން ކަމަށާއި، މުޅި ހަވީރު ރާވާލެވިފައިވަނީ އާންމުންނަށް ވަރަށް ގިނަ ފައިދާހުރި އަދި އަގުބޮޑު އިނާމުތަކެއް ލިބޭނެ ފަދަ ގޮތަކަށް ކަމަށެވެ.
އިންތިޒާމުކުރާ ފަރާތުން މައުލޫމާތު ދޭ ގޮތުގައި، ހަވީރު ފެށުމުގެ މާ ކުރިންވެސް ގިނަ ބަޔަކު ކިއު ހަދާނެ ކަމަށް ބެލެވޭތީ، ގަޑި ޖެހުމުގެ ކުރިން ހުރިހާ ބޭފުޅުންވެސް ބަނދަރު ސަރަހައްދަށް ވަޑައިގަތުމަކީ މުހިންމު ކަމެކެވެ. މަރަދޫގައި ބާއްވާ އީދު ހަރަކާތްތަކަކީ އަބަދުވެސް ތަފާތު ފޯރިއެއް ހުންނަ ހަރަކާތްތަކަކަށް ވާއިރު، މިއަދުގެ މި ހަވީރު ވެގެންދާނީ އެހެން އަހަރުތަކާ ހިލާފަށް ވަރަށް ފުރިހަމަ، ގިނަ ސަޕްރައިޒްތަކެއް ފެނިގެންދާނެ ހަރަކާތަކަށެވެ.
މިއަދު ހަވީރު މަރަދޫ ބަނދަރު ސަރަހައްދުން ބާއްވާ މި އުފާވެރި އާއިލީ ހަވީރުގައި ބައިވެރިވުމަށް އައްޑޫގެ ހުރިހާ ރައްޔިތުންނަށް އިންތިޒާމުކުރާ ފަރާތުން ވަނީ ދައުވަތު އަރުވާފައެވެ.

ކިޔުންތެރިންގެ ހިޔާލު