ފޯބްސް މެގަޒިންއިން ހޮވާ "ފޯބްސް 30 އެންޑަރ 30 އޭޝިއާ 2026" ގެ "ދަ އާޓްސް" ކެޓަގަރީން ދިވެހި އާޓިސްޓް އަދި ޒުވާން ވިޔަފާރިވެރިޔާ ރާޔާ މަންޞޫރު ޖާގަ ހޯދައިފިއެވެ.
މިއީ އޭޝިއާ ސަރަޙައްދުގައި ފާހަގަކޮށްލެވޭ ޒުވާން ކާމިޔާބު ފަރާތްތަކުގެ ރޭންކިންގްގައި ރާއްޖޭގެ ނަން ބޮޑުވަމުން އަންނަކަން ހާމަކޮށްދިން، އަދި ދިވެހި އުފެއްދުންތެރިކަމަށް ލިބުނު ބޮޑު ފަޚުރެކެވެ.
ރާޔާ އަކީ އޭނާގެ ދައްތަ ރާނިޔާ މަންޞޫރާ އެކު 2015 ވަނަ އަހަރުން ފެށިގެން "އޮއިވާލި އާޓް ޝޮޕް" ހިންގަމުން އަންނަ އެ ވިޔަފާރީގެ އެއް ފައުންޑަރެވެ. އޮއިވާލި އާޓް ޝޮޕަކީ ސައްތައިން ސައްތަ ދިވެހި ކުރެހުންތަކާއި ފަރުމާތައް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފޯރުކޮށްދެމުން އަންނަ، ބައިނަލްއަޤްވާމީ ގޮތުން ބަލައިގަނެފައިވާ މަޤްބޫލު ލައިފްސްޓައިލް ބްރޭންޑެކެވެ. މި ބްރޭންޑް އިތުރަށް ފުޅާކުރުމުގެ ގޮތުން 2024 ޖެނުއަރީ މަހު ސިންގަޕޫރުގެ އާޓްސް އެންޑް ކަލްޗަރަލް ހަބެއް ކަމަށްވާ އެރަބް ސްޓްރީޓްގައި ވެސް ވަނީ އެ ފިހާރައިގެ އައުޓްލެޓެއް ހުޅުވާފައެވެ.
އިޤްތިޞާދީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވާ ރާޔާ އަކީ އަމިއްލައަށް ކުރެހުން ދަސްކޮށްގެން މަސައްކަތްކުރާ ކާމިޔާބު އާޓިސްޓެކެވެ. އޭނާގެ ކުރެހުންތަކުން އެބްސްޓްރެކްޓް، އެކްސްޕްރެޝަނިސްޓް އަދި ކޮންޓެމްޕަރަރީ ސްޓައިލްތައް އެކުލެވިގެންވާ ތަފާތު ސިފަތަކެއް ފެނިގެންދެއެވެ. ކުރެހުމުގެ ކުރީކޮޅު ރާއްޖޭގެ ކަނޑުގެ ދިރުންތަކަށް ބިނާކޮށް މަސައްކަތް ކުރި ނަމަވެސް، ފަހަކަށް އައިސް އޭނާގެ ފަންނުވެރިކަން ވަނީ ހަކަތައާއި، ހަރަކާތްތެރިކަމާއި، އިހުސާސްތައް ދައްކުވައިދޭ ފަދަ ކުލަގަދަ އަދި ޖެހިލުންކުޑަ ސްޓައިލްތަކަކަށް ބަދަލުވެފައެވެ.
ރާޔާގެ މި ހިތްގައިމު ކުރެހުންތައް ބޮޑެތި މުއައްސަސާތަކުގައި ދައްކާލެވިފައިވާއިރު، އޭގެ ތެރޭގައި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގެ ޓީއެމްއޭ ވީއައިޕީ ލައުންޖް ފާހަގަކޮށްލެވެއެވެ.
ފޯބްސް އޭޝިއާގެ އެޑިޓޯރިއަލް ޑައިރެކްޓަރު ރާނާ ވެހްބޭ ވަޓްސަން ވިދާޅުވި ގޮތުގައި، 11 ވަނަ އަހަރީ އެޑިޝަނެއްގެ ގޮތުގައި ނެރުނު މި ލިސްޓުން ދައްކުވައިދެނީ މި ސަރަޙައްދުގެ ވިޔަފާރިއާއި ސަގާފަތަށް ޖެނެރޭޝަން ޒީގެ ޒުވާނުން ފޯރުވަމުންދާ ނުފޫޒާއި ބާރެވެ. މި ލިސްޓް ބަހާލެވިފައިވަނީ އާޓްސް، އޭއައި، އެންޓަޓެއިންމަންޓް އެންޑް ސްޕޯޓްސް، އަދި ފައިނޭންސް ހިމެނޭހެން ޖުމްލަ 10 ކެޓަގަރީއަކަށެވެ. އަދި ކޮންމެ ކެޓަގަރީއަކުން ވެސް އޭޝިއާ ޕެސިފިކް ސަރަޙައްދުގެ އެންމެ އުފެއްދުންތެރި 30 ޒުވާނުން ހޮވާފައިވެއެވެ. މިއަދު މާލެއާއި ސިންގަޕޫރުގައި އޮއިވާލި އާޓް ޝޮޕް ހިންގަމުން އަންނައިރު، އެ ބްރޭންޑުން އަންނަނީ ދިވެހިވަންތަ ކުރެހުންތަކާއި ފަރުމާތައް ހިމެނޭ އޮރިޖިނަލް ކުރެހުންތަކާއި، ހޯމް ފްރެގްރެންސް، ފޮތީގެ ބާވަތްތަކާއި ލައިފްސްޓައިލްގެ ތަފާތު އުފެއްދުންތައް ބާޒާރަށް ނެރެމުންނެވެ.
ރާޔާއަށް ލިބުނު މި ބައިނަލްއަޤްވާމީ ކުރިއެރުމަކީ ރާއްޖޭގެ ކްރިއޭޓިވް އިކޮނޮމީ (އުފެއްދުންތެރި އިޤްތިޞާދު) އާއި ސަގާފީ އުފެއްދުންތައް ބޭރުގެ މާކެޓްތަކަށް ނެރުމާ ބެހޭގޮތުން ބަހުސްތައް ވަރުގަދަވެފައިވާ ދަނޑިވަޅެއްގައި ލިބުނު ބޮޑު ކާމިޔާބީއެކެވެ. މިހާރަކަށް އައިސް ރާއްޖޭގެ އާޓިސްޓުންނާއި، ޑިޒައިނަރުން އަދި އުފެއްދުންތެރި ޒުވާން ވިޔަފާރިވެރިން އަންނަނީ ދިވެހި ފަންނުވެރިކަމަށް ދައުލަތުގެ މުއައްސަސާތަކުގެ އެހީތެރިކަމާއި ބައިނަލްއަޤްވާމީ މައިދާނުގައި ފުރުޞަތުތައް ހޯދައިދިނުމަށް ވަކާލާތު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު