އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ، ފަލަސްތީނުގެ ޣައްޒާގެ 70 އިންސައްތަ ސަރަހައްދު އިޒްރޭލު ސިފައިންގެ ބާރުގެ ދަށަށް ގެނައުމަށް އަމުރުކޮށްފިއެވެ. މިއީ 2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އެއްބަސްވި ހަނގުރާމަ ހުއްޓާލުމުގެ މާއްދާތަކާ ކަނޑައެޅިގެން ޚިލާފަށް، އިޒްރޭލުން ހިންގާ ބޮޑު އިސްތިޢުމާރީ ހަރަކާތެކެވެ.
ހުޅަނގު އައްސޭރީގައި ބޭއްވި ކޮންފަރެންސެއްގައި ވާހަކަދައްކަމުން ނަތަންޔާހޫ ބުނީ، މިހާރުވެސް ޣައްޒާގެ 60 އިންސައްތަ ސަރަހައްދު އޮތީ އިޒްރޭލުގެ ބާރުގެ ދަށުގައި ކަމަށާއި، އަމާޒަކީ ފިޔަވަޅަކުން ފިޔަވަޅަކަށް ކުރިއަށް ގޮސް، އެ އަދަދު 70 އިންސައްތައަށް އިތުރުކުރުން ކަމަށެވެ. އިޒްރޭލުގެ ޗެނަލް 12 އިން ދެއްކި ވީޑިއޯއެއްގައި، ހަމާސް "ފިއްތާލުމަށް" ކުރާ މަސައްކަތުގެ ތެރެއިން މުޅި ޣައްޒާގެ 100 އިންސައްތަ ހިފުމަށް ބައެއް ފަރާތްތަކުން ގޮވާލުމުން، ނަތަންޔާހޫ ބުނީ އެކަން ކުރާނީ ތަރުތީބުން ކަމަށާއި، ފުރަތަމަ ފިޔަވަޅަކީ 70 އިންސައްތަ ހިފުން ކަމަށެވެ.
އެމެރިކާ މެދުވެރިވެގެން 2025 ވަނަ އަހަރު އެކުލަވާލި އެއްބަސްވުމުގެ ދަށުން، އިޒްރޭލު ސިފައިން ތިބެންޖެހެނީ "ޔެލޯ ލައިން" ގެ ނަމުން ނަންދެވިފައިވާ ބޯޑަރެއްގެ ފަހަތުގައެވެ. އެއީ ޣައްޒާގެ ގާތްގަނޑަކަށް 53 އިންސައްތަ ސަރަހައްދެވެ. ނަމަވެސް، އެހީދޭ ޖަމިއްޔާތަކަށް ލިބިފައިވާ ޗާޓުތަކުން ދައްކާގޮތުގައި، މިދިޔަ އޭޕްރީލް މަހުން ފެށިގެން އިޒްރޭލުން ވަނީ އެއްބަސްވުމާ ޚިލާފަށް ޣައްޒާގެ 64 އިންސައްތަ ސަރަހައްދަށް އަތްގަދަކޮށްފައެވެ.
މިކަމާ ގުޅިގެން ހަމާސްއިން ތުހުމަތުކުރާ ގޮތުގައި އިޒްރޭލުން ދަނީ ސިއްރިއްޔާތުގައި ބޯޑަރު ރޮނގުތައް ފަހަތަށް ޖައްސައި، ބާރުގެ ބޭނުންކޮށްގެން އާ އިންތަކެއް ކަނޑައަޅަމުންނެވެ. މި ނުރައްކާތެރި ފިޔަވަޅުގެ ސަބަބުން، ކުރިންވެސް ހާލުގައި ޖެހިފައިވާ 2 މިލިއަނެއްހާ ފަލަސްތީނު ރައްޔިތުން، އިތުރަށް ކުޑަ ސަރަހައްދަކަށް ފިއްތާލެވި، އިންސާނީ ބޮޑު ކާރިސާއެއް ކުރިމަތިވާނެ ކަމުގެ ބިރު ވަނީ އިންތިހާއަށް ބޮޑުވެފައެވެ.
ޣައްޒާގެ އިތުރުން، އިޒްރޭލުން ވަނީ ލުބުނާނުގެ ދެކުނުގެ ބޮޑު ސަރަހައްދެއް "ހަނގުރާމައިގެ ސަރަހައްދެއް" ކަމަށް އިއުލާނުކޮށްފައެވެ. އަދި ޒަހްރާނީ ކޯރުގެ އުތުރަށް ދިއުމަށް އެ ސަރަހައްދުގެ ރައްޔިތުންނަށް ވަނީ އަމުރުކޮށްފައެވެ. މިއީ ޙިޒްބުﷲ އާ ދެކޮޅަށް ވަރުގަދަ ހަމލާތަކެއް ދޭނެ ކަމުގެ އިންޒާރަކަށް ފަހު އެޅި ފިޔަވަޅެކެވެ. މިކަމުގެ ސަބަބުން އީދު ބަންދުގެ ތެރޭގައި އެތައް ހާސް ބަޔަކު ވަނީ ގެދޮރު ދޫކޮށް ރައްކާތެރި ސަރަހައްދުތަކަށް ހިޖުރަކުރަން ޖެހިފައެވެ.
ނަތަންޔާހޫގެ ސަރުކާރުން ބުނަނީ މި ހަރުކަށި ފިޔަވަޅުތަކަކީ އިޒްރޭލުގެ ސަލާމަތަށް މަޖުބޫރު ކަންކަން ކަމަށެވެ. ނަމަވެސް، ފަލަސްތީނުގެ އޮފިޝަލުންނާއި އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ބުނަމުންދަނީ، މިއީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުންތައް މުގުރާލައި، ފަލަސްތީނުގެ ބިންތައް ދާއިމީކޮށް ފޭރިގަތުމަށް ކުރާ މަސައްކަތެއް ކަމަށެވެ. މި އަމަލުތަކުގެ ސަބަބުން މުޅި މެދުއިރުމަތީގެ މަޝްރަހު އިތުރަށް ގޯސްވެ، ނުރައްކާތެރި ހަނގުރާމައަކަށް މަގުފަހިވަމުންދާ ކަމަށް މަޝްރަހު ދިރާސާކުރާ މުހައްލިލުން އިންޒާރުދެއެވެ.

ކިޔުންތެރިންގެ ހިޔާލު