އަޟްޙާ ޢީދުގެ މުނާސަބަތާ ގުޅުވައިގެންރާއްޖޭގެ ބައެއް ރަށްރަށުގައި ބާއްވަމުންދާ "މަށިމާލި" ޕެރޭޑް ތަކަށް ކުރީގެ ބަންޑާރަ ނައިބު އަލްއުސްތާޛާ ޢާއިޝަތު ޢާޒިމާ ޝަކޫރު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
ޢާޒިމާ ޝަކޫރު މިއަދު ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ، އެހެން މީހުން މިކަމާ މެދު ދެކޭގޮތެއް އެނގިވަޑައިނުގެންނެވި ނަމަވެސް، މަށިމާލި ޕެރޭޑުގެ ސަބަބުން މުޅި ރާއްޖެއިން ފެންނަމުންދާ އީދުގެ އުފާވެރި އިޖުތިމާއީ ރޫހު މުޅިން ޚަރާބުވެގެންދާ ކަމަށް އެކަމަނާ އަށް ގަބޫލުކުރެއްވޭ ކަމަށެވެ.
"އީދަކީ އާއިލީ އަދި މުޖުތަމައުގެ ގުޅުން ބަދަހިކޮށްދޭ މުނާސަބަތެކެވެ. އަދި ކޮންމެ ރަށެއްގައިވެސް މި އުފާވެރިކަމުގައި އެންމެން ބައިވެރިވަމުންދެއެވެ،" އީދުގެ އަސްލު މަގުސަދަށް އަލިއަޅުއްވާލައްވަމުން އާޒިމާ ވިދާޅުވިއެވެ.
އާޒިމާ އިތުރަށް ވިދާޅުވީ މިއީ ހަމައެކަނި އެކަމަނާގެ އަމިއްލަ ޚިޔާލެއް ކަމަށެވެ.
އަޟްޙާ އީދާ ދިމާކޮށް ރާއްޖޭގެ ބައެއް ރަށްރަށުގައި ބާއްވާ މަށިމާލި ޕެރޭޑްތަކަކީ ފަހަކަށް އައިސް ގިނަ ބައެއްގެ ސަމާލުކަން ހުއްޓެމުންދާ ހަރަކާތެކެވެ. އެގޮތުން ކޮންމެ އަހަރެއްގެ ބޮޑު އީދާ ދިމާކޮށް ހދ. ކުޅުދުއްފުށީގައި ކުލަގަދަކޮށް ބާއްވަމުން އަންނަ މަށިމާލި ޕެރޭޑް މިއަދު ވަނީ ކުރިއަށް ގެންގޮސްފައެވެ. ގިނަ ބައެއްގެ ބޮޑު ސަމާލުކަމެއް ލިބުނު މިފަހަރުގެ ޕެރޭޑުން ވެސް، ސިޔާސީ މަސްރަހަށް އަމާޒުކޮށް ތައްޔާރުކޮށްފައިވާ ތަފާތު ގިނަ މާލިތަކެއް ވަނީ ދައްކާލާފައެވެ.
މި ޕެރޭޑްގައި އާންމުކޮށް ގެނެސްދީފައި ވަނީ މި ދުވަސްވަރު ގައުމުގައި އެންމެ ހިނގާ، އަދި ރައްޔިތުންގެ މެދުގައި އެންމެ ބޮޑަށް ދެކެވޭ ވާހަކަތަކެވެ. އެގޮތުން ގައުމީ އަދި ސިޔާސީ އެކި ކަންކަން މާލިތަކެއްގެ ސިފައިގައި ވަރަށް ތަފާތު ގޮތަކަށް ސިފަކޮށްދީފައިވެއެވެ. ނަމަވެސް، މި ހަރަކާތުގެ ސަބަބުން އީދުގެ ސަގާފީ އަދި އިޖުތިމާއީ ރޫހަށް ބުރޫއަރާ ކަމަށް ބުނެ، މުޖުތަމައުގެ ބައެއް ފަރާތްތަކުގެ މެދުގައި ދަނީ ޚިޔާލުތަފާތުވުންތައް އުފެދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު