އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ހޮވިވަޑައިނުގެންފިނަމަ، އިތުރަށް ކުރައްވާނެ ކަމެއް ނޯންނާނެ ކަމަށާއި، ދެން ހުންނަވާނީ މަޑުމަޑުން ގޭގައި ކަމަށް އެ މަގާމަށް ވާދަކުރައްވާ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ، އެމްޑީޕީގެ ޗެއާޕާސަން ކަމުގެ ކެމްޕޭނަށް ފ.ބިލެއްދޫއަށް ވަޑައިގެން އެ ރަށުގައި ތިބި އެ ޕާޓީގެ މެމްބަރުންނާއެކު ބޭއްވި ބައްދަލުވުމެއްގައެވެ.
މެމްބަރުންނާ މުޚާތަބުކުރައްވައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ، އިންތިޚާބުން ނާކާމިޔާބުވެއްޖެ ނަމަ، މިހާރު މި ކުރައްވާ ގޮތަށް ރަށްރަށަށް ވަޑައިގެން ނޫޅުއްވާނެ ކަމަށެވެ.
"އަޅުގަނޑު ހަމަ އޮށޯވެލައިގެން މުންޑެއް އަދެގެން އޮންނާނީ ފޮތެއް ކިޔަން،" ނަޝީދު ވިދާޅުވިއެވެ.
މިބައްދަލުވުމުގައި ރައީސް ނަޝީދު ވަނީ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބުން ނާކާމިޔާބުވި ނަމަވެސް، ޕާޓީ ދޫކޮށްލައްވައި ވަޑައިނުގަންނަވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެޕާޓީގެ މެމްބަރުންނަށް ދެއްވާފައެވެ.
އާންމު މެންބަރަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީއަކީ އެތައް ބައެއްގެ ބޮޑެތި ގުރުބާނީތަކަކާއެކު އުފެއްދި ޕާޓީއެއް ކަމަށެވެ. އަދި ޕާޓީން ވަކިކޮށް، ބޭރުކޮށްނުލާހާ ހިނދަކު އެމްޑީޕީގައި ސާބިތުވެ ހުންނަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑުގެ ގައިން ތަނެއް ކަނޑާލި ނަމަވެސް އަންނާނީ ރީނދޫ ލޭ. އެމްޑީޕީ މީހެއްގެ ގޮތުގައި ނޫނީ މަރުވެގެންދާކަށް ވެސް ބޭނުމެއް ނޫން،" އެމްޑީޕީއަކީ އަބަދުވެސް އެންމެ ލޯބިވާ ޕާޓީކަން ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ އެމަނިކުފާނަށް އެންމެ މުހިންމު ކަމަކީ އަމިއްލަފުޅަށް ވެރިކަން ލިބިވަޑައިގަތުމެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި އެމަނިކުފާނުގެ މައިގަނޑު އަމާޒަކީ އަދި ބޭނުންފުޅަކީ ކުރިއަށް އޮތް ތަނުގައިވެސް އެމްޑީޕީ ވެރިކަމަށް ގެނައުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ފޯރިގަދަވެފައިވާއިރު، މި އިންތިޚާބުގައި ރައީސް ނަޝީދާއި ވާދަކުރައްވަނީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމެވެ. އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ޖޫން މަހުގެ 12 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު