އަފްޣާނިސްތާނުގައި ވެރިކަންކުރާ ތާލިބާން ސަރުކާރުން އަލަށް އެކުލަވައިލި އާއިލީ ގާނޫނުގެ ސަބަބުން، އެ ގައުމުގެ އަންހެން ކުދިންނާއި އަންހެނުންގެ ހައްގުތަކާ މެދު ބައިނަލްއަގުވާމީ މުޖުތަމައުގެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވާން ފަށައިފިއެވެ. މި އައު ގާނޫނުގެ ދަށުން، ކައިވެނިނުކޮށް ތިބޭ "ބިކުރުވެރި" އަންހެން ކުދިންގެ ހިމޭންކަމަކީ ކައިވެންޏަށް އެއްބަސްވުން ކަމަށް މާނަކުރަން ނިންމުމާ ގުޅިގެން ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މި އައު ގާނޫނުގެ ސަބަބުން ކައިވެނިކުރުމުގެ އުމުރު ފުރާ އެންމެ ނުވަ އަހަރަށް ތިރިވެގެންދާތީ، މިއީ ކުޑަކުދިންގެ ކައިވެންޏަށް ނުސީދާގޮތެއްގައި ހުއްދަދީ މަގުފަހިކުރުން ކަމަށް ބުނެ، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުންނާއި ދުނިޔޭގެ ބޮޑެތި ބާރުތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މި ނިންމުމުގެ ސަބަބުން އަފްޣާނިސްތާނުގެ އަންހެނުންނާއި އަންހެން ކުދިންގެ އަސާސީ ހައްގުތައް އިތުރަށް ހަނިވެ، ހިމާޔަތްތެރިކަން ގެއްލިގެންދާނެ ކަމަށް މުހައްލިލުން ބުނެއެވެ.
މި ނިންމުން ދިފާއުކުރައްވައި ވާހަކަދައްކަވަމުން ތާލިބާނުންގެ ތަރުޖަމާނު ޒަބީހުﷲ މުޖާހިދު ވިދާޅުވީ، ކައިވެނީގެ ހުށަހަޅުމަކީ އަންހެން ކުއްޖަކު ލަދުގަނެ ނުވަތަ ޖެހިލުންވެދާނެ ކަމެއް ކަމަށާއި، އެފަދަ ހާލަތެއްގައި ކައިވެންޏަށް ގަބޫލުކަން ހާމަކޮށް ފާޅުގައި ބަސްބުނަން އެ ކުއްޖަކަށް އުނދަގޫވެދާނެ ކަމަށެވެ. ބައިނަލްއަގުވާމީ މީޑިއާ ރިޕޯޓުތަކުން ބުނާގޮތުގައި، އޭނާ އިތުރަށް ބަޔާންކުރެއްވީ އެފަދަ ހާލަތްތަކުގައި އަންހެނުންގެ ހިމޭންކަން ބެލެވޭނީ ކައިވެންޏަށް ރުހުން ދިނުން ކަމުގައެވެ. ނަމަވެސް، މި ހުއްޖަތަކީ މަޖުބޫރުންނާއި ނުރުހުމުގައި ކުރެވޭ ކައިވެނިތަކަށް ގާނޫނީ ސިފައެއް ދިނުމަށް ދައްކާ ބަހަނާއެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ.
މި ގާނޫނާ ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިއްބެވި އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ފަރާތްތަކުން ދަނީ މިކަމާ ދެކޮޅަށް އަޑުއުފުލަމުންނެވެ. އދ. ގެ ކަމާބެހޭ އިދާރާތަކުން ބުނާގޮތުގައި، އުމުރުން އެންމެ ނުވަ އަހަރުގެ ކުދިންނަށް ކައިވެނީގެ ރުހުން ދެވޭނެ ކަމަށް ކަނޑައެޅުމަކީ ކުޑަކުދިންނަށް ކުރެވޭ ބޮޑު ބޭއިންސާފެކެވެ. މީގެ އިތުރުން، އަންހެން ކުދިންގެ ހިމޭންކަން އެއީ ރުހުން ކަމަށް ބެލުމަކީ، އެކުދިންނަށް ލިބިގެންވާ އަމިއްލަ އިޚްތިޔާރާއި "ނޫނެކޭ" ބުނުމުގެ ހައްގު މުޅިން ނިގުޅައިގަތުން ކަމަށާއި، މިފަދަ ގާނޫނުތަކުގެ ސަބަބުން އަފްޣާނިސްތާނުގެ އަންހެން ކުދިންގެ މުސްތަގުބަލު މުޅިން އަނދިރިވެ، ތައުލީމާއި ސިއްހީ ހައްގުތަކުން އެކުދިން މަހުރޫމުވެގެންދާނެ ކަމަށްވެސް އެފަރާތްތަކުން ބުނެއެވެ.
ތާލިބާނުން 2021 ވަނަ އަހަރު އަލުން ވެރިކަމަށް އައި ފަހުން، އަންހެނުންގެ ހައްގުތައް ހަނިކުރުމަށް ގިނަ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. އޭގެ ތެރޭގައި އަންހެން ކުދިން ސާނަވީ އަދި މަތީ ތައުލީމު ހާސިލުކުރުން މަނާކުރުމާއި، ގިނަ ވަޒީފާތަކުން އަންހެނުން ދުރުކުރުން ހިމެނެއެވެ. މިހާރު ތައާރަފުކުރި އާއިލީ ގާނޫނަކީ އަންހެނުން މުޖުތަމައުން އެކަހެރިކޮށް، އެމީހުންގެ ހައްގުތައް ފިއްތާލުމަށް އެޅި އިތުރު ފިޔަވަޅެއްގެ ގޮތުގައި ބައިނަލްއަގުވާމީ މުޖުތަމައުން ސިފަކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު