ކޮންމެ މީލާދީ އަހަރަކުވެސް މުސްލިމުން ފާހަގަކުރަނީ ދެ އީދެވެ. އެއީ ރަމަޟާން މަހުގެ ރޯދ ހިފުމަށްފަހު އަންނަ ފިތުރު އީދާއި، ހައްޖުގެ މާތް އަޅުކަމާ ގުޅިފައިވާ އަޟްޙާ އީދެވެ.
ނަމަވެސް، ކުރިއަށް އޮތް 2039 ވަނަ އަހަރަކީ މުޅި އިސްލާމީ އުންމަތަށްވެސް ވަރަށް ޚާއްޞަ އަދި މަދުން ނޫނީ ބައްދަލުނުވާ ފަދަ ތާރީޚީ ކަންތައްތަކެއް ފެނިގެންދާނެ އަހަރެކެވެ. ސަބަބަކީ އެ އަހަރުގެ ތެރޭގައި މުސްލިމުން ތިން އީދެއް ފާހަގަކުރަން ޖެހުމެވެ.
މި އާދަޔާޚިލާފު ބަދަލު ދިމާވާ މައިގަނޑު ސަބަބަކީ މީލާދީ ކަލަންޑަރާއި ހިޖުރީ ކަލަންޑަރު ބިނާވެފައިވާ ގޮތުގެ ހުރި ތަފާތުތަކެވެ. އަހަރެމެން ދިރިއުޅުމުގެ ކަންކަމުގައި ބޭނުންކުރާ މީލާދީ ކަލަންޑަރު ބިނާވެފައިވަނީ އިރަށެވެ.
އެހެންނަމަވެސް، އިސްލާމީ ހިޖުރީ ކަލަންޑަރު ބިނާވެފައިވަނީ ހަނދުގެ ބުރުތަކަށެވެ. ހަނދު ދުނިޔެ ވަށާ ބުރުޖަހާ ގޮތުން، ހަނދު ފެނުމުން ފެށިގެން ބުރު ފުރިހަމަވުމަށް ނަގަނީ ގާތްގަނޑަކަށް 29 ނުވަތަ 30 ދުވަހެވެ. މީގެ ސަބަބުން ހިޖުރީ އަހަރެއްގައި ހިމެނެނީ 354 ނުވަތަ 355 ދުވަހެވެ. މިއީ މީލާދީ އަހަރަކަށްވުރެ ގާތްގަނޑަކަށް 10 ނުވަތަ 11 ދުވަސް މަދު އަދަދެކެވެ.
މި ދުވަސްތަކުގެ ތަފާތުގެ ސަބަބުން، ކޮންމެ މީލާދީ އަހަރަކުވެސް އިސްލާމީ މުނާސަބަތުތައް އަންނަ ތާރީޚު 11 ދުވަސް ކުރިއަށް ޖެހެއެވެ.
މިގޮތަށް ބަދަލުވަމުން ގޮސް، ކޮންމެ 33 އަހަރަކުން އެއްފަހަރު މީލާދީ އެއް އަހަރެއްގެ ތެރެއަށް ހިޖުރީ ކަލަންޑަރުގެ ބައެއް ދުވަސްތައް ދެފަހަރަށް ތަކުރާރުވެއެވެ.
އަންނަ 2039 ވަނަ އަހަރު ދިމާވަނީ މިފަދަ ނާދިރު ދަނޑިވަޅަކާއެވެ. އެގޮތުން އެ އަހަރުގެ ތެރޭގައި މުސްލިމުން ދެ ފަހަރު ޙައްޖުގެ މާތް އަޅުކަން އަދާކުރާނެއެވެ. މީގެ އިތުރުން، ބަރަކާތްތެރި އަރަފާތް ދުވަސްވެސް އެއް އަހަރެއްގެ ތެރޭގައި ދެ ފަހަރު އަންނާނެއެވެ.
މިއީ މުޅިން އަލަށް ދިމާވާ ކަމެއް ނޫނެވެ. މީގެ ކުރިން 2000 ވަނަ އަހަރުވެސް މިފަދަ ގޮތަކަށް އެއް މީލާދީ އަހަރެއްގެ ތެރޭގައި ތިން ޢީދު އައިސްފައިވެއެވެ. މީގެ އިތުރުން، މި ފަލަކީ ބަދަލުތަކުގެ ސަބަބުން ބަރަކާތްތެރި ރަމަޟާން މަސްވެސް އެއް އަހަރެއްގައި ދެ ފަހަރު އަންނަ ފަހަރު އާދެއެވެ. އެގޮތުން ކުރިއަށް އޮތް 2030 ވަނަ އަހަރު މުސްލިމުން އެއް އަހަރެއްގެ ތެރޭގައި ދެ ރަމަޟާން މަހު ރޯދަ ހިފާނެއެވެ.
މިއީ ކަލަންޑަރުގެ ހިސާބުތަކުން ފެންނަ ވަރަށްވެސް ޝައުޤުވެރި، އަދި ކާއިނާތުގެ ފުރިހަމަ ރޭވުންތެރިކަން ހާމަކޮށްދޭ ރީތި މިސާލެކެވެ. ޔަގީނުންވެސް 2039 ވަނަ އަހަރަކީ އިސްލާމީ އުންމަތަށް ވަރަށް ބޮޑު އުފާވެރިކަމަކާއި ބަރަކާތެއް ގެނެސްދޭނެ، ތާރީޚީ ގޮތުން ޚާއްޞަ އަހަރަކަށް ވެގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު