ފުވައްމުލަކު ހޯދަޑު އަވަށު ނީލޯފަރުމަގު
ފުވައްމުލަކު ހޯދަޑު އަވަށު ނީލޯފަރުމަގު
ފުވައްމުލަކު ހޯދަޑު އަވަށު ނީލޯފަރުމަގު މިފަހަރުގެ ބޮޑު އީދާ ދިމާކޮށް މުޅިން ތަފާތު ގޮތަކަށް ފަވައިލައި، ހިތްގައިމު މަންޒަރެއް ދައްކާލައިފިއެވެ.

އެ އަވަށުގެ "ޕެރިސް ސިޓީ" ސަރަހައްދުގެ ޒުވާނުންތަކެއް އިސްނަގައިގެން ކުރިއަށް ގެންދިޔަ މި ހަރަކާތުގައި، ގިނަ ބަޔަކު އާންމުކޮށް ދަތުރުކުރާ އެ މަގުގެ ގާތްގަނޑަކަށް 500 ފޫޓުގެ ސަރަހައްދެއްގައި ވަނީ އެކި ކުލަކުލައިގެ 500 އެއްހާ ކުޑަ އެލުވާފައެވެ.



ފުވައްމުލަކު ހޯދަޑު އަވަށުގައި ކުލަކުލައިގެ ކުޑަތަކުން މަގު ނަލަކޮށްލައިފި: ގިނަ ބައެއްގެ ސަމާލުކަން އެ ސަރަހައްދަށް!


މިއީ މާލެ ފިޔަވައި ރާއްޖޭގެ އެހެން ރަށެއްގެ މަގެއްގައި މިހާ ގިނަ އަދަދަކަށް ކުޑަ އެލުވައިގެން ޒީނަތްތެރިކުރި ފުރަތަމަ ފަހަރު ކަމަށް ވާއިރު، މި އާދަޔާ ހިލާފު ރީތި މަންޒަރާއެކު އެ ސަރަހައްދު ވަނީ މުޅި ރަށުގައި ވެސް އެންމެ މަގުބޫލު އެއް ސަރަހައްދަށް ވެފައެވެ.

މި ހިތްގައިމު ކުޑަތަކުގެ ސަބަބުން އެ ސަރަހައްދަށް ވަނީ އާންމުންގެ ބޮޑު ސަމާލުކަމެއް ލިބިފައެވެ. އެގޮތުން ފުވައްމުލަކަށް ޒިޔާރަތްކުރާ ފަރާތްތަކުގެ އިތުރުން ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ކޮންމެ ދުވަހަކު ވެސް އެ މަގަށް ޖަމާވެ، ހަނދާނީ ފޮޓޯތައް ނަގައި އީދުގެ އުފާވެރި މާހައުލު ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުންދެއެވެ.

ރަށުގެ ޒުވާނުންގެ މި ފުރިހަމަ އިސްނެގުމާއެކު، ނީލޯފަރުމަގު މިއަދު ފެންނަނީ ކުލަގަދަ އަދި އެހާމެ ދިރުުން ހުރި ތަނެއްގެ ގޮތުގައެވެ.



ކިޔުންތެރިންގެ ހިޔާލު