މި ހިނގާ މެއި މަހުގެ މުސާރަ އާއި އިނާޔަތްތައް މި މަހުގެ 28 ވާ ބުރާސްފަތި ދުވަހާއި 31 ވާ އާދިއްތަ ދުވަހު މުވައްޒަފުންނަށް ޖަމާވާނެކަމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް އިން މިއަދު ހާމަކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން މިކަން ހާމަކޮށްފައިވަނީ، މި އަހަރުގެ ބޮޑު އީދު ބަންދަށް މުވައްޒަފުންގެ މުސާރަ ޖަމާވެފައިނުވާތީ، އެކަމުގެ ކަންބޮޑުވުން ބައެއް މުވައްޒަފުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ. އެކަމާ ގުޅިގެން މާލީ ވުޒާރާގެ އޮފިޝަލަކު މީޑިއާތަކަށް ވިދާޅުވެފައި ވަނީ، މުސާރަ ދޫކުރުމަށް ނިންމާފައިވާ ތާރީޚުތަކަކީ އީދު ބަންދާ ގުޅިގެން ބޭންކުތައް ހުޅުވާފައި ހުންނާނެ ވަގުތުތަކަށް ރިއާޔަތް ކުރުމަށްފަހު ކަނޑައަޅާފައިވާ ދުވަސްތަކެއް ކަމަށެވެ.
އީދު ބަންދާ ގުޅިގެން ސަރުކާރުގެ އޮފީސްތައް މި މަހުގެ 22 އިން ފެށިގެން ބަންދުކޮށްފައިވާއިރު، އޮފީސްތައް އަލުން ހުޅުވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 31 ވަނަ ދުވަހުއެވެ. މި ބަންދު ދުވަސްތަކުގެ ތެރެއިން ބޭންކުތައް ހުޅުވުމަށް ހަމަޖެހިފައިވަނީ ހަމައެކަނި އަންނަ ބުރާސްފަތި ދުވަސް ކަމަށްވާ މެއި 28 ގައެވެ.
ދައުލަތުގެ މާލިއްޔަތު ގަވާއިދުގައިވާ ގޮތުގެ މަތިން، ކޮންމެ މަހެއްގެ މުސާރަ ދޫކުރަންޖެހެނީ އެ މަހެއްގެ ރަސްމީ ބަންދު ނޫން ފަހު ތިން ދުވަހުގެ ތެރޭގައެވެ. ފިނޭންސް މިނިސްޓްރީން ބުނީ މާލިއްޔަތު ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން، މުސާރަ ދޫކުރުމަށް ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ސަރުކާރުން މުސާރަ ދޫކުރުމުގެ ކަންކަން ކުރިއަށް ގެންދާނެ ކަމަށެވެ.
އެހެންކަމުން، މެއި މަހުގެ މުސާރަ އާއި އިނާޔަތްތައް ދައުލަތުގެ މުވައްޒަފުންނަށް ލިބިގެންދާނީ މި މަހުގެ 28 އަދި 31 ވަނަ ދުވަހުގައެވެ.

ކިޔުންތެރިންގެ ހިޔާލު