މީސްމީޑިއާގެ އެންމެ ބޮޑު އެއް މަންސަ ކަމަށްވާ ފޭސްބުކްގައި ދައުރުވަމުންދާ ޕޯސްޓުތަކަށް ކޮމެންޓުކުރި އިޓަލީގެ ގިނަ އަދަދެއްގެ ރައްޔިތުން، މަހުދީ މިދުނިޔެއާ ވަކިވެދިއުމުގެ ސަބަބުން އެއާއިލާއަށް ލިބުނު ނިކަމެތިކަމުން އެމީހުންނަށް ލިބުނު ފުން ހިތާމަޔާއި ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.
މި ހިތާމަވެރި ހާދިސާއާ ގުޅިގެން އިޓަލީގެ އާންމު ރައްޔިތުންގެ މެދުގައި ބޮޑު ސަމާލުކަމެއް ލިބިފައިވާއިރު، ގިނަ ބަޔަކު ދަނީ މަހުދީއަކީ އިންސާނިއްޔަތުކަމާއި ހިތްހެޔޮކަމުގެ ލާމަސީލު މިސާލެއްގެ ގޮތުގައި ސިފަކުރަމުންނެވެ.
އެމީހުންގެ ކޮމެންޓުތަކުގައި މަހުދީއަށް ހެޔޮ ދުއާ ރައްދުކުރަމުން، އޭނާ ކޮށްދީފައިވާ ހިދުމަތްތަކަށާއި އޭނާގެ ކިބައިގައި ހުރި މާތް ސިފަތަކަށް ނުހަނު ބޮޑަށް ތައުރީފުކޮށްފައިވެއެވެ. އޭނާގެ ކުއްލި ވަކިވުމަކީ މުޅި މުޖުތަމައަށްވެސް ފޫނުބެއްދޭނެ ވަރުގެ ބޮޑު ގެއްލުމެއް ކަމަށް އިޓަލީގެ އާންމުން ދަނީ ބުނަމުންނެވެ.
ކޮމެންޓް ކުރި އިޓަލީގެ އެހެން ރައްޔިތަކު ބުނި ގޮތުގައި މަހުދީ އެހާ ފުނަށް ފީނަން ދިވެހި ސަރުކާރުން ފުރަތަމަ ހުއްދަ ދީގެންވެސް ނުވާނެއެވެ. ނުވަތަ އެދިގެން ވެސް ނުވާނެ ކަމަށެވެ.
މީގެ އިތުރުން، މި ހިތާމަވެރި ދަނޑިވަޅުގައި މަހުދީގެ އާއިލާއަށް ކުރިމަތިވެފައިވާ ނިކަމެތިކަމާއި އެކަނިވެރިކަމުން އަރައިގަތުމަށްޓަކައި، އިޓަލީ ސަރުކާރުގެ އެހީތެރިކަން ކޮންމެހެންވެސް ބޭނުންވާނެ ކަމަށް ގިނަ ބަޔަކު ވަނީ ފާހަގަކޮށްފައެވެ.
އާންމުންގެ ހިޔާލުތައް ހުރިގޮތުން، މަހުދީގެ ވަކިވުމާއެކު އޭނާގެ އާއިލާ ބާކީވިޔަނުދީ، އެމީހުންގެ މާލީ އަދި އިޖުތިމާއީ ކަންކަން ބެލެހެއްޓުމަކީ އިޓަލީ ސަރުކާރުން އިސްކަންދޭންޖެހޭނެ ޒިންމާއެކެވެ.
"މަހުދީގެ އާއިލާއަށް އެހީތެރިވުމަކީ ހަމައެކަނި އިންސާނީ ވާޖިބެއް ނޫން، އެއީ މިވަގުތު އިޓަލީ ސަރުކާރުން ކޮންމެހެންވެސް އުފުލަންޖެހޭނެ ރަސްމީ ޒިންމާއެއް." އިޓަލީގެ ރައްޔިތަކު ބުންޏެވެ.
އިޓަލީގެ އާންމުން އެގައުމުގެ ސަރުކާރަށް ގޮވާލަމުންދަނީ، ލަސްކުރުމެއްނެތި އެ އާއިލާއަށް ބޭނުންވާނެ ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދީ، އެމީހުންގެ ހިމާޔަތް ކަށަވަރުކޮށްދިނުމަށެވެ. އެހެންކަމުން މި މައްސަލައިގައި އިޓަލީގެ ކަމާބެހޭ ފަރާތްތަކުން އަޅާނެ ފިޔަވަޅުތަކަކަށް މިހާރު ގިނަ ބަޔަކު ދަނީ އިންތިޒާރު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު