ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ ކުރީގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި)
ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ ކުރީގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި)
ރާއްޖޭގައި ކުރިމަތިލީ ޑިމޮކްރެސީގެ ބޮޑު އިސްލާހީ ހަރަކާތް ނުވަތަ ސްޓްރަގަލްގެ ތެރެއިން ހަށިގަނޑަށް އެންމެ ފާރުކޮޅެއް ވެސް ނާރާ، އެއްވެސް ގުރުބާނީއެއް ވެފައިނުވާ މީހުން، މިއަދު "ކުކުޅަށްވުރެ ބިސްދޮށިވެގެން" އުޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެއީ ލަދުނެތްކަމުގެ ދިރިހުރި މިސާލެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ ކުރީގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.





އިންތި މިހެން ވިދާޅުވީ އެކްސް ގައި ކުރެއްވި ޕޯސްޓެއްގައެވެ. އޭނާ ވަނީ ޑިމޮކްރެސީއަށްޓަކައި ގިނަ ބަޔަކު ވީ ގުރުބާނީތަކަށް އިޝާރާތް ކުރައްވައި، އެ ދުވަސްވަރު އެއްވެސް ހިއްސާއެއް ނެތް ނަމަވެސް، މިއަދު މަސްރަހުގެ ކުރިއަށް އަރައި، ކަންކަން ނިންމުމުގައި ބާރުގަދަވާން އުޅޭ ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ނަމަވެސް، މި ޕޯސްޓުގައި އިންތި ވަކި ހާއްސަ ބޭފުޅެއްގެ ނަމެއް ހާމަކުރައްވާފައެއް ނުވެއެވެ.

އިމްތިޔާޒް ފަހުމީ އަކީ ރާއްޖެއަށް ޑިމޮކްރެސީ ގެނައުމަށާއި، ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށްޓަކައި ސިޔާސީ މައިދާނުގައި ފާހަގަކޮށްލެވޭ ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ އަދި އެކި ފަހަރުމަތިން އަނިޔާލިބި، ހައްޔަރުވެސް ކުރެވުނު ބޭފުޅެކެވެ.

އެހެންކަމުން އޭނާގެ މި ޝުއޫރަކީ ސިޔާސީ މަސްރަހުގައި މިހާރު ހިނގަމުންދާ ބައެއް ބަދަލުތަކާ ގުޅިގެން ފާޅުކުރެއްވި ހިތްހަމަނުޖެހުމެއް ކަމަށް ބެލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު