ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުންނަ ކަނޑު އަޑީގެ ހޮހަޅުތައް ބަލައި ފާސްކުރުމަކީ ޑައިވަރުންގެ މެދުގައި މަޤްބޫލު، ނަމަވެސް އެހާމެ ނުރައްކާތެރި ކަމެކެވެ.
ކޭވް ޑައިވިންގެ ތާރީޚަށް ބަލާއިރު، މިހާތަނަށް ދުނިޔޭގައި ގިނަ އަދަދެއްގެ ނުރައްކާތެރި ހާދިސާތައް ވަނީ ހިނގާފައެވެ. އެގޮތުން ބައެއް މީހުންވަނި ދުނިޔެ ދޫކޮށްފައެވެ. އޭގެ ތެރޭގައި 2018 ވަނަ އަހަރު ތައިލެންޑުގެ ތަމް ލުއަންގް ހޮހަޅައިގައި ތާށިވި ކުދިން ސަލާމަތްކުރުމުގެ ބޮޑު އޮޕަރޭޝަނާއި، އެކި ގައުމުތަކުގެ ފުން ހޮހަޅަތަކުގައި މަގުއޮޅިގެންނާއި އޮކްސިޖަން ހުސްވެގެން ދުނިޔޭގެ ފެންވަރުގެ ކޭވް ޑައިވަރުން ފުރާނަދޫކޮށްލަންޖެހުނު ހާދިސާތައް ހިމެނެއެވެ.
ބޮޑެތި ކަނޑުތަކުގެ އަޑީގައި ހުންނަ ހޮހަޅަތަކަށް ވަނުމަކީ އާދައިގެ ޑައިވިންއާ ޚިލާފަށް، ކުއްލިއަކަށް މައްޗަށް އަރަން ބޭނުންވިޔަސް މައްޗަށް އެރޭނެ މަގެއް ނޯންނަ، އަދި ކުޑަކުޑަ ލޮޅުމަކުންވެސް ފެންގަނޑު ކިލަނބުވެ ލޮލަށް ނުފެންނަވަރަށް ނުސާފުވެ ފުރާނައަށް ނުރައްކާތެރި ހާލަތެއް މެދުވެރިވެދާނެ ކަމެކެވެ.
މިފަދަ ހާދިސާތަކުގެ ތާރީޚަށް އާ ބޮޅެއް އިތުރުވެގެންދިޔައީ ފަހުގެ ތާރީޚެއްގައި ދިވެހިރާއްޖޭގައި ހިނގާދިޔަ އެންމެ ހިތާމަވެރި އަދި އެންމެ ނުރައްކާތެރި ޑައިވިން ހާދިސާއިންނެވެ.
ވޭތުވެދިޔަ މޭ 2026 ގައި ވ. އަތޮޅު އަލިމަތާ ކައިރީގައި ހުންނަ ފުން ހޮހަޅައަކަށް ދިޔަ އިޓަލީގެ ތަޖުރިބާކާރު 5 ޑައިވަރުން ވަނީ ނިޔާވެފައެވެ. މީގެ ތެރޭގައި ޔުނިވަރސިޓީގެ ޕްރޮފެސަރުންނާއި މެރިން ބަޔޮލޮޖިސްޓުން ހިމެނެއެވެ.
މި މީހުން ހޯދުމުގެ ނުރައްކާތެރި އޮޕަރޭޝަންގައި، އެހީތެރިވެދިން ދިވެހި ސިފައިންގެ (އެމްއެންޑީއެފް) ކޯސްޓްގާޑުގެ ހިތްވަރުގަދަ ޑައިވަރެއް ކަމަށްވާ ސާޖަންޓް މޭޖަރ މުޙައްމަދު މަހުދީ ވެސް ވަނީ ޑިކޮމްޕްރެޝަން (ޑީކޯ) ބަލީގައި ޝަހީދުވެފައެވެ. މިއީ ރާއްޖޭގެ ޑައިވިން ތާރީޚުގައިވެސް އެއްފަހަރާ އެންމެ ގިނަ މީހުން މަރުވި ހާދިސާއެވެ.
ފަހުން ކުރެވުނު ތަޙުޤީޤުތަކުންނާއި ހަށިގަނޑުތައް ނެގި ފިންލޭންޑުގެ މާހިރުން ހާމަކުރި ގޮތުގައި، އިޓަލީގެ ޑައިވަރުންނަށް ދިމާވީ ހޮހަޅައިގެ ތެރޭގައި އުފެދުނު "ވެލީގެ ފާރެއްގެ ކުށްހީ"އެކެވެ.
ހޮހަޅައިން ބޭރަށް ނުކުންނަން އުޅުމުގެ ތެރޭގައި، ހޮހަޅައިގެ ތެރޭގައި ހުރި ވެލިގަނޑެއްގެ ސަބަބުން ނުކުންނަން އޮތް ރާސްތާ ބަންދުވެފައިވާ ފާރެއްގެ ގޮތުގައި ސިފަވެ، އެމީހުންނަށް ދެވުނީ އަނެއް ފަރާތުގައި އޮތް ބަންދު ކޮރިޑޯއަކަށެވެ.
އެ ސަރަހައްދުން ނުކުމެވޭނެ އެއްވެސް މަގެއް ނެތުމުގެ ސަބަބުން، އަދި 50 އަށްވުރެ ގިނަ މީޓަރުގެ ފުންމިނުގައި އާދައިގެ ރެކްރިއޭޝަނަލް އިކުއިޕްމަންޓް ބޭނުންކުރުމުގެ ސަބަބުން، އޮކްސިޖަން ހުސްވެގެން އެ އެންމެން ހޮހަޅައިގެ ތެރޭގައި ތާށިވެ މަރުވީއެވެ.
މި ހާދިސާއާ ގުޅިގެން ދުނިޔޭގެ ޑައިވިން މާހިރުން ދަނީ ކޭވް ޑައިވިންގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރުމަށް ގޮވާލަމުންނެވެ. ރާއްޖޭގައި ފަތުރުވެރިންނަށް ޑައިވް ކުރެވޭނެ އެންމެ ފުންމިނަކީ 30 މީޓަރު ކަމަށް ކަނޑައަޅާފައި އޮތް ނަމަވެސް، މި ޑައިވަރުން 60 އެއްހާ މީޓަރު އަޑިއަށް ދިޔަ ސަބަބު ދިވެހި އަދި އިޓަލީގެ އިދާރާތަކުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.
މި ހާދިސާއަކީ ފެނުގެ އަޑީގެ ހޮހަޅަތަކަށް ވަނުމުގައި ބޭނުންކުރަންޖެހޭ ޚާއްޞަ ސާމާނާއި، ތަމްރީނާއި، އަދި ގަވާއިދުތަކަށް ފުރިހަމައަށް ބޯލެނބުމުގެ މުހިންމުކަން މުޅި ދުނިޔެއަށް އަލުން ހަނދާންކޮށްދިން ހިތާމަވެރި ފިލާވަޅެކެވެ.

ކިޔުންތެރިންގެ ހިޔާލު